މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ-- ފޮޓޯ: މަޖިލިސް
ހަބަރު
25 Sep 2022 | 15:45
މި ގައުމުގެ އަދުލު އިންސާފު ހަފުސްވެ ސަދޫމް އިންސާފަށް ވެއްޖެ: މެންބަރު ނަޝީދު

‏‏ދިވެހިރާއްޖޭގެ އަދުލުއިންސާފު ވަނީ ވީދި ހަފުސްވެ، ސަދޫމް އިންސާފަށް ވެފައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖޭގެ ގައުމީ ދިދައިގެ އެއްބައި އިރިފައިވާ ފޮޓޯއެއް ހިއްސާކުރައްވައި މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ހާލަތަކީވެސް ހަމަ އެ އިރައިގެން ގޮސްފައިވާ ގައުމީ ދިދައިގެ ހާލަތު ކަމަށެވެ. 

"ޢިޖުތިމާއީ ފޭރާން ވިދިވިދިގެން ގޮސްފައިވާއިރު އަދުލުއިންސާފުވެސް ވަނީ ވިދިވިދިގެން ހަފުސްވެ ސަދޫމް އިންސާފަށް ވެފައި." މޮސްޓާ ވިދާޅުވިއެވެ.

މިއާއެކު ގައުމުގެ ހާލަތު ބޮއްސުންލައިގެން ގޮސް އަދުލު އިންޞާފު، ސަދޫމް އިންސާފަށްވެ، އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް އަދަބު ނުދެވޭ އިރު، އަދިވެސް ރައްޔިތުން ހޭވެރިވާން ނުވޭތޯ މޮސްޓާ ވަނީ ސުވާލުކުރައްވާފައެވެ. އަދި ރާއްޖޭގެ ހާލަތު ހުރިގޮތުން، ވަތަނީ ގައުމީ ލޯބި ހުރި ކޮންމެ ލޮލަކުން މިއަދު ހަމަޔަގީނުންވެސް ކަރުނަ އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހި މުޖުތަމައު ގައި އެއްޖިންސުން ގުޅުން ހިންގުމާއި، ހަށި ވިއްކުމާއި، މަސްތުވާތަކެތީގެ މައްސަލަ ތަކާއި މާރާމާރީ އާއި އެނޫންވެސް އެތައް ކުށްތަކެއް އާއްމުވެ، ކުށް ކުރާ މީހުންނަށް ހައްގު އަދަބު ދިނުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ބުނެ ގިނަ ދިވެހިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ