މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ-- ފޮޓޯ: މަޖިލިސް
ހަބަރު
09 Nov 2022 | 13:24
މިދާ ގޮތަށް ދަންޏާ 2023 ވަނަ އަހަރު 50 ބިލިއަން ޚަރަދުވާނެ: މެންބަރު ނަޝީދު

ސަރުކާރުން ޚަރަދުކުރާ މިންވަރު މިދާ ގޮތަށް އިތުރު ވަމުންދާނަމަ އަންނަ 2023 ވަނަ އަހަރު 50 ބިލިއަން ޚަރަދުވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިހާރު ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 35 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މޮސްޓާ ވަނީ 2020 ވަނަ އަހަރުން ފެށިގެން ދައުލަތުން އަންދާޒާ ކުރި ބަޖެޓާއި، އެ އަހަރުގައި ޚަރަދުވި މިންވަރުގެ ތަފްސީލް ހާމަކޮށްދެއްވާފައެވެ. 

"ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓު އެތައް މިލިއަނަކުން ޑެފިސިޓް ވެގެން މިދަނީ. ދާއިރު މިއީ ކޮން ކަންތައްތަކެއް ކޮށްގެންތޯ؟ 2020 ވަނަ އަހަރަށް ދައުލަތުން ލާފަކޮށްފައި ފޮނުވީ 37 ބިލިއަން. ޚަރަދުވި ކަމަށް މި އިންނަނީ 30 ބިލިއަން. ކޮވިޑާއި ގުޅިގެން. 2021 ވަނަ އަހަރަށް 34 ބިލިއަން ދައުލަތުން ލަފާކޮށްފައި ފޮނުވި. ޚަރަދުވި ކަމަށް މި އިންނަނީ 37 ބިލިއަން. 2022 ވަނަ އަހަރަށް 36 ބިލިއަން، 42 ބިލިއަން ޚަރަދުވި ކަމަށް. މި އަހަރު އަޅުގަނޑުމެންނަށް މީނީ 42 ބިލިއަން. އަޅުގަނޑުމެން މި ލަފާ ކުރަނީ  މިގޮތަށް ދާކަމަށް ވެއްޖެއްޔާ 2023 ވަނަ އަހަރު 50 ބިލިއަނުގެ ބަޖެޓެއް ޚަރަދުވާނެކަމަށް." 

މެންބަރު މުހައްމަދު ނަޝީދު 

މޮސްޓާ އިތުރަށް ވިދާޅުވީ، ނޮޅިވަރަމް ސުކޫލުގައި މަލްޓި ޕާޕަސް ހޯލު ހެދުމުގެ މަސައްކަތަށް ދެ މިލިއަން އަންނަ އަހަރުގެ ބަޖެޓުގައިވެސް ޖަހާފައިވާ ކަމަށާ، އަދި މިދިޔަ އަހަރު އެ ހޯލުގެ ޕްރީ ޓެންޑަރިންގ ގެ މަސައްކަތަށް ނުވަ ލައްކަ ބަޖެޓް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެކަމުގެ އެއްވެސް އަމަލީ މަސައްކަތެއް އަދިވެސް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނޮޅިވަރަމް ސުކޫލަށް އިތުރު 12 ކްލާސްރޫމް ބޭނުންވާއިރު އެކަން ބަޖެޓުގައި ނުހިމަނައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 5 ކްލާސްރޫމަކީ މިހާރުވެސް ނިމިފައިވާ ކްލާސްރޫމް ތަކެއް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން މޮސްޓާ ވިދާޅުވީ، ސަރުކާރުން ބަޖެޓް ފާސްކޮށްފައިވަނީ އެއްވެސް ވަރަކަށް ރައްޔިތުންނާއި މަޝްވަރާ ނުކޮށް ކަމަށާ، ބަޖެޓުގެ ކަންކަމުގައި، މަސައްކަތްތައް ކުރިއަށްދަނީ މަޖިލީހުން ހޮވާ ލެވިފައިވާ "ސީނިއާ މެންބަރުން" ތަކެއް ލައިގެން ކަމަށެވެ. އަދި އެ މެންބަރުން ބަޖެޓު ކުރަމުންދަނީ އެ ބޭފުޅުން ހިމެނޭ ދާއިރާއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

.

ކޮމެންޓް
ރަށުގޮލާ
ކަލޭ މާމޭ ރައްކާކުރި ލާރި އަތުލޭގެންތަ ޚަރަދު ކުރަނީ. ގޮނުއަނގަ
09 Nov 2022
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.