މޮސްޓާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
13 Feb 2023 | 11:28
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރެވޭނެ ގޮތް ހޯދުމަށް ގޮވާލައިފި!

ދުނިޔޭގެ ބައެއް ގައުމުތަކެކޭ ވެސް އެއްގޮތަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ ގޮތްތަކެއް މަޖިލީހުން ހޯދުމަށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ގޮވާލައްވައިފި އެވެ. 

މޮސްޓާ މިފަދައިން ވިދާޅުވެފައި ވަނީ މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ފޮނުވާލެވޭގޮތަށް އެކުލަވާލާފައިވާ ގަވައިދު އިސްލާހުކުރުމަށް ގޮވާލާ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނެވެ. 

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކަނޑައަޅާފައިވާ އަދަބުތަކުން މިސާލު ނަންގަވަމުން މޮސްޓާ ވިދާޅުވީ އެންމެ ތަހުޒީބު ގައުމުތަކުގައިވެސް މަސްތުވާ ތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރާ ކަމަށެވެ. 

އެގޮތުން ސައުދިއަރަބިއްޔާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް އެކަން އެގޮތަށް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. 

މޮސްޓާ ވިދާޅުވީ މަސްތުވާ ތަކެތި އެތެރެކުރާ މީހުންނަށް އެކަށީގެންވާ އަދަބުތަކެއް ތަންފީޒު ކުރެވިގެން ނޫން ގޮތަކަށް އެކަންކަން ހައްލު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ތަންފީޒުކުރުމަށް ގަވައިދެއް ހެދުމުމުގެ މަސައްކަތް ކުރުމަށް މަޖިލީހުން އިސްނެގުމަށް މޮސްޓާ ވަނީ އެދިލައްވާފަ އެވެ.  

"ދުނިޔޭގައިވެސް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކުރީމަ މަރުގެ ހުކުމް އެބަ އިއްވާ. ސިންގަޕޫރު ތަންތާގައިވެސް މަރުގެ ހުކުމް އިއްވަނީ، ސައުދީއަރަބިއްޔާގަވެސް މަރުގެ ހުކުމް. ކީއްވެބާއޭ؟ ސިންގަޕޫރަކީ އިސްލާމީ ގައުމެއް ނޫން. ސައުދިއަރަބިއްޔާއަކީ އިސްލާމީ ގައުމެއް... މިތަނަކީ އިސްލާމީ ގައުމެއްގެ ނަމުގައި އިސްލާމީ ގައުމަކަށް ނުފެތޭގޮތަށް ގާނޫނުތައް ހަދާފައި އޮތްތަނެއް. މިތާ މަރުގެ އަދަބު ތަންފީޒުކުރަން ކެރޭނެތޯއޭ މި ގަރާރު ހުށައެޅި ފަރާތައްވެސް މިހާ ބޮޑެތި އަދަދުން.. އެކަމަށް ގޮވާލަން ވީ ނޫން ތޯ އޭ! މިގޮތަށް ގެންނަ މަސްތުވާ އެއްޗެހި ގެންނަ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރަން" 

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ)

މޮސްޓާ އިތުރަށް ވިދާޅުވީ މަސްތުވާ ތަކެއްޗަކީ ހަމައެކަނި ހިކި އެއްޗެހި، ނުވަތަ ޕެކެޓުތަކުގައި ބަންދުކޮށްފައި ހުންނަ އެއްޗެހިކަމަށް ކަނޑައަޅައި، އެވާހަކަ އެކަނި ދެއްކުމަކުންވެސް ނުފުދޭކަމަށެވެ. 

ދިވެހިރާއްޖޭގައި ބަނގުރާ އާންމުވަމުންދާއިރު، ބަނގުރާ އެތެރެކޮށް ވިޔަފާރި ކުރާ ފަރާތްތަކަކީ ބޮޑެތި އިއްޒަތްތެރިކަމަށް ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެއީ ހުއްޓުމަކަށް ގެންނަން ޖެހޭ ކަމެއް ކަމަށެވެ. ބަނގުރަލުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ގާނޫނުން އެއް ހަމައަކުން އަދަބު ކަނޑައަޅަން ޖެހޭ ކަމަށާއި، އެ ކަންކަން ހުއްޓުވިގެން ނޫނީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތް ކާމިޔާބު ނުވާނެކަމަށް މޮސްޓާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ