ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް
21 Sep 2022 | 15:44
މީ އިސްލާމީ ގައުމެކޭ ބުނަން ލަދުގަންނަ ހިސާބަށް މިއަދު ގޮސްފި: މެންބަރު ނަޝީދު

ހަދީޘެއް ކިޔައިލީމަ އެމީހާ ޓެރަރިޒަމްގެ އަމަލެއް ކުރިކަމަށް ބަލާފަ ޖަލު ކުޑަގޮޅިއަށް ލާހިސާބަށް މި ގައުމުގެ ކަންތައް ދިޔައީމަ މީ އިސްލާމީ ގައުމެކޭ ބުނަން ލަދުގަންނަ ހިސާބަށް މިއަދު ގޮސްފި ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ގޮވާލައްވައިފި އެވެ.

މޮސްޓާ މިފަދައިން ވިދާޅުވެފައިވަނީ އިސްލާމީ ފަތުވާ މަޖިލިސް އެކުލަވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށައެޅުއްވި މައްސަލައަށް ވާހަކަދައްކަވަމުންނެވެ. 

އެ މައްސަލައަށް ބަހުސް ކުރައްވަމުން މޮސްޓާ ވަނީ ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ޝެއިޚް އާދަމް ނިޝާން ހައްޔަރު ކޮށް ޖަލަށް ސަބަބާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، ޝެއިޚް އެ މައްސަލާގައި ހައްޔަރު ކުރި ސަބަބެއް ކަމުގައި، ޝެއިޚް އެދުވަހު ގަލޮޅު ދަނޑު ކައިރީ ހުރެގެން ކިޔާފައިވާ ހަދީޘް ދައްކާފައިވާއިރު، އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް މޮސްޓާ ވިދާޅުވީ އެފަދަ ސަބަބުތަކާއި ހުރެ މިއީ 100 އިންސައްތަ މުސްލިމް ގައުމެކޭ ބުނަންވެސް ލަދުވެސް ގަންނަ ހިސާބަށް ގޮސްފި ކަމަށެވެ.

"ހަދީސެއް ކިޔައިލައި ތަކުބީރު ގޮވައިލީމަ އެމީހާ ޓެރަރިޒަމްގެ އަމަލެއް ކުރިކަމަށް ބަލާފަ ޖަލު ކުޑަގޮޅިއަށް ލާހިސާބަށް މި ގައުމުގެ ކަންތައް ދިޔައީމަ މީ އިސްލާމީ ގައުމެކޭ ބުނަން ލަދުގަންނަ ހިސާބަށް މިއަދު ގޮސްފި،"

މެންބަރު މުހައްމަދު ނަޝީދު 

މިއާއެކު މޮސްޓާ ވަނީ ޔޯގާ ހުއްޓުވި މީހުން ނުރައްކާތެރި މީހުންނަށް ހަދައި ޖަލަށް ލާފައިވާ އިރު، ދާދި ފަހުން އިސްލާމީ މަރުކަޒަށް ބޮޑު ކަމުދިޔަ މީހާއާއި މެދު ފިޔަވަޅު ނާޅާ ދޫކޮށްލާފައިވާތީ ސަރުކާރާށް ފާޑުވިދާޅުވެފައެވެ. އެއާއެކު، ދިވެހިރާއްޖެ ސެކިއުލަރ ގައުމަކަށް ހަދާން އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ވެސް މޮސްޓާ ވަނީ ގޮވާލާފައެވެ. 

"އެހެންވީމަ މި ހުރިހާ ކަމެއް މިގޮތަށް ބަދަލުކުރަމުން ގޮސް ސެކިއުލާ ގައުމަކަށް ރާއްޖެ ހަދަން މިކުރާ މަސައްކަތް މިއަދުން މިއަދަށް އެބަޖެހޭ ހުއްޓުވާލަން، އެ މަސައްކަތް ނުހުއްޓުވައިފި ކަމަށް ވެއްޖިއްޔާ ކުރިއަށް އޮތް 10 އަހަރު ނޫނީ 20 އަހަރު ތެރޭގައި މިގައުމު ހަމަ ތުރުކީއަށްވީ މަގުން އަންދަލުސްއަށް ދިޔަ މަގުން ގޮސް މިތަން ހަލާކުވެގެން ދާނެ."

މޮސްޓާ އިތުރަށް ވިދާޅުވީ، ރާއްޖެ ސެކިއުލަރ ގައުމަކަށް ހެދުމުގެ މަސައްކަތަކީ އަދުގެ ސަރުކާރުން ރާވައިގެން ކުރާ ކަމެއް ކަމަށެވެ. އެގޮތުން ކުދިން ތުއްތު އިރުން ސުރެ ތައުލީމީ ނިޒާމަށްވެސް ސެކިއުލަރ ނުފޫޒު ފޯރުވަމުންދާ ކަމަށާ، އަދި ޑިމޮކްރަސީގެ ނަމުގައި ތައުލީމީ ނިޒާމު ފުނޑާލައި އެތަނަށް "ލާދީނީ" އެތައް ބަޔަކު ވައްދައިގެން، އެމީހުން ކުރާ ކަންކަމަކީ ވަރަށް ކުޑަ ކަންކަން ކަމުގައި ދެއްކުމަށް މަސައްކަތް ކުރާ ކަމަށްވެސް މޮސްޓާ ވިދާޅުވި އެވެ.

ކޮމެންޓް
ާއަލީ
ވަރަަށް ތެދު ވާހަކަ ފުޅެއް.
21 Sep 2022
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ