ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
05 Dec 2023 | 15:45
ފެނަކައިން ގިނަ ވަޒީފާ ދީފަހުރީ ނޮވެމްބަރު 17 އަށް ކޮންޓުރެކްޓް ހަމަވާގޮތަށް: ނަޝީދު

ފެނަކަ ކޯޕަރޭޝަނުން ގިނަ ބަޔަކަށް ވަޒީފާތައް ދީފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 17 އަށް އެ މުވައްޒަފުންގެ ވަޒީފާގެ ކޮންޓުރެކްޓު ހަމަވާގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެ އެވެ. 

މޮސްޓާ މިފަދައިން ވިދާޅުވެފައި ވަނީ ސިޔާސީ ނޫން ވަޒީފާތަކުން އާންމު ވަކި ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދާ ޚިލާފަށް ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާ ކަމަށް ބުނެ ހުށައަޅާފައިވާ ކުއްލި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

މޮސްޓާ ވިދާޅުވީ ފެނަކައިން ދިން ގިނަ ވަޒީފާތަކަކީ އުސޫލުން ބޭރުން، އެ ކުންފުނީގެ ހިއުމަން ރިސޯސް (އެޗްއާރު) ޕޮލިސީއާއި ޚިލާފަށް ދީފައިވާ ވަޒީފާތަކެއް ކަމަށެވެ. 

އޭގެ ތެރެއިން ގިނަ ވަޒީފާތަކަކީ ރިޔާސީ އިންތިޚާބާއި ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ރަށްރަށުން ތާއީދުއޮތްކަން ދެއްކުމަށްޓަކައި، ސިޔާސީ ބޭނުމުގައި ދީފައިވާ ވަޒީފާތަކެއްކަމަށް މޮސްޓާ ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެ ވަޒީފާތައް ދީފައި ވަނީ ކޮންޓްރެކްޓު އުސޫލުން ކަމަށާއި، ގިނަ ވަޒީފާތަކުގެ ކޮންޓްރެކްޓު ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާ ޑރ މުހައްމަދު މުއިއްޒު ކުރެއްވި ދުވަސް، ނުވަތަ މިއަހަރުގެ ނޮވެމްބަރު މަހުގެ 17 އަށް ހަމަވާގޮތަށް ކަމަށެވެ. 

މީ ނިމިދިޔަ ސަރުކާރުން ވަރަށް ހީލަތްތެރިކަމާއެކު ކޮށްފައިވާ ކަމެއް ކަމަށާއި، ބޭނުމަކީ ކޮންޓްރެކްޓު އުސޫލުން ދީފައިވާ ވަޒީފާތަކުން މީހުން ވަކިވާއިރު، އެ ހުރިހާ އިލްޒާމެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެޅުވުންކަމަށް މޮސްޓާ ވަނީ ވިދާޅުވެފަ އެވެ. 

"ކޮންޓުރެކްޓް ހަމަވާގޮތަށް އިންނަނީ ނޮވެމްބަރު 17 ވަނަ ދުވަހާއި ހަމަޔަށް. އޭރުން ކުށްވެރިވާނީ މި ސަރުކާރުތާ. ޑރ މުއިއްޒުގެ ސަރުކާރުން މީނާ ވަޒީފާއިން ކަނޑާލައިިފި. އެކަމަކު ކޮންޓްރެކްޓް ހަމަވާގޮތަށޭ ވަޒީފާތައް ދީފައި ހުރީ"

މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު 

މޮސްޓާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެލެއްވި ގޮތަށް، ހައްގު ގޮތުގައި ދީފައި ހުރި ދާއިމީ ވަޒީފާތަކުން އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް މީހަކު ވަކިކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. 

ފެނަކަ ކުންފުންޏަކީ ނިމިދިޔަ ސަރުކާރުން ކޮރަޕްޝަންގެ ހާއްޔަކަށް ހަދާފައިވާ ތަނެއް ކަމަށާއި، އެ ކުންފުނިން ނާޖާއިޒް މާލީ މަންފާ ހޯދައިގެން އޭރުގެ މެނޭޖިން ޑިރެކްޓަރު މިއަދު އުޅުއްވަނީ އަގުބޮޑު ދިރިއުޅުމެއް ކަމަށް މޮސްޓާ ވިދާޅުވި އެވެ. 

އެހެންކަމުން ފެނަކަ ކުންފުނީގެ މުވައްޒަފުން ވަޒީފާއިން ކަނޑަނީ މި ސަރުކާރުން ކަމަށް ބުނެ ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މޮސްޓާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.