މެމްބަރު މުހައްމަދު ނަޝީދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
03 Oct 2023 | 14:13
ނަޝީދަށް ބޮޑުވަޒީރުކަން ހޯދައިދޭން ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ: މޮސްޓާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ހުންނެވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގެ ބޮޑުވަޒީރުކަން ހޯދައިދޭން ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލެއް ނުކުރެވޭނެކަމަށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެ އެވެ. 

މެމްބަރު ނަޝީދު މިފަދައިން ވިދާޅުވެފައި ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ޤަރާރާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާއި ގުޅޭ މައްސަލައިގައި ބަހުސް ކުރައްވަމުން ނެވެ. 

އެގޮތުން މޮސްޓާ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރާ ވާހަކަ ބަޔަކު ފެށީ ސިޔާސީ ގޮތުން ވަކި ބޭފުޅަކަށް ބާރުވެރިކަން ހޯދައިދިނުމަށް ކަމަށެވެ. އަދި ވަކި ބޭފުޅެއްގެ އަތްޕުޅުން ބާރުތައް ގެއްލި ސިޔާސީ ގޮތުން ބަލިކަށިވުމުން ކަމަށެވެ. 

ނަޝީދު އިޝާރާތްކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. 

"ރިޔާސީ ނިޒާމެއްގެ ފުރަތަމަ ބުރުގައި ރައްޔިތުން ވޯޓުލާފައި، އިންތިޚާބުގެ ދެވަނަ ބުރަކާއި މި ދޭތެރޭން ދިވެހިރާއްޖޭގެ ނިޒާމު ބަދަލުކުރަންށޭ ކިޔައިގެން ސިޔާސީ މަންފާ ހޯދަން ސިޔާސީ ގޮތުން ތިމަންނާއަކީ މަންޑޭލާކަމަށް ހެދިގެން ދައުވާކުރި މީހަކު ސިޔާސީ ބާރުވެރިކަން ހޯދަންވެގެން މި ކުރަން އުޅޭ މަސައްކަތަކީ އަމިއްލަ އަންބޮޑިއަށް ބޮޑުކުރަން ކުރަން އުޅޭ ކަމެއް ފިޔަވައި އިތުރު އެއްވެސް ކަމެއް ނޫން"

މެމްބަރު މުހައްމަދު ނަޝީދު އަބްދުالله

މެމްބަރު ނަޝީދު ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ނޫނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާލަތަށް އެންމެ ރަނގަޅުވާނީ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައީސްއަށް އެއްބާރުލުން ދީގެން ގައުމުގެ ކަންކަން ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒަކީ ޤާބިލު ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގަވާފައިވާ ބޭފުޅަކަށް ވުމުން، ރައްޔިތުންގެ ނިންމުމަށް އިޚްތިރާމުކޮށް ޑރ މުއިއްޒަށް ފުރުސަތު ދެއްވުމަށް މެމްބަރު ނަޝީދު ވަނީ ގޮވާލައްވާފަ އެވެ. 

އޭގެ އިތުރުން ދައުލަތުގެ ނެތް ފައިސާއަކުން ނިޒާމީ ވޯޓުނެގުމަށް ޚަރަދުކުރަން ބައެއް ފަރާތްތަކުން ބާރުއަޅަމުންދާތީ އެކަމާއި އެތައް ސުވާލެއް އުފެދޭކަމަށް މެމްބަރު ނަޝީދު ވަނީ ވިދާޅުވެފަ އެވެ އަދި އެކަންކަން ހިތުހުރި ގޮތަކަށް ހިންގުމަށް ރައްޔިތުން ފުރުސަތުދީގެން ތިއްބަވާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ވެސް މެމްބަރު ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.