މެމްބަރު ނަޝީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
26 Oct 2023 | 10:30
ޣައްޒާ ފިޔަވައި މުޅި ދުނިޔެ މިއޮތީ އިޒްރާއިލްގެ އަޅުވެތިކަމުގައި: މެމްބަރު ނަޝީދު

ފަލަސްތީނުގެ ގައްޒާ ފިޔަވައި މުޅި ދުނިޔެ މި އޮތީ އިޒްރާއިލްގެ އަޅުވެތިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެ އެވެ. 

މޮސްޓާ މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އިޒްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް އޮކްޓޫބަރު މަސްތެރޭ ވަރުގަދަކޮށްފައިވާއިރު، އެ ހަމަލާތަކުގައި ފަލަސްތީނުގެ 5000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދީ، އެ ގައުމުގައި ހިނގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް މުޅި ދުނިޔެ ފެއިލްވެފައިވާއިރު، އެކަމަށް އިޝާރާތްކުރައްވާ މަޖިލީހުގައި ވާހަކަދައްކަވަމުން މޮސްޓާ ވިދާޅުވީ ފަލަސްތީނުގެ ގައްޒާ ފިޔަވައި މުޅި ދުނިޔެ އޮތީ އިޒްރާއިލްގެ އަޅުވެތިކަމުގައި ކަމަށެވެ. 

"މިއަދު ގައްޒާ ފިޔަވައި މުޅި ދުނިޔެ އޮތީ އިޒްރާއިލްގެ އަޅުވެތިކަމުގައި"

އެކަން ފާހަގަކުރައްވާ މޮސްޓާ ވިދާޅުވީ ފަލަސްތީނު މިނިވަންކުރެވޭނީ ވަރަށް ވަރުގަދަ ޖިހާދެއް ކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ޖިހާދުގެ ވާހަކައަކީ ދައްކަން ނުކެރޭ ވާހަކައަކަށް ހަދާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 

ފަލަސްތީނު މިނިވަންކުރާ ވާހަކަ އެކި ޖަލްސާތަކާއި ކޮންފަރެންސްތަކުގައި ދެއްކިދާނެ ކަމަށާއި، އެ ގައުމަށް އިޒްރާއިލް ހުއްޓުމެއްނެތި ހަމަލާތައް ދީ، ގައުމު ސުންނާފަތި ކުރަމުން އެ ގެންދަނީ އެ ވާހަކަތައް ދައްކަދައްކާ ތިއްބައިކަން ހަނދާންކޮށްދެއްވާ މޮސްޓާ ވިދާޅުވީ މުސްލިމު ގައުމަށް އެކަތިގަނޑަކަށްވެ ވަރުގަދަ ޖިހާދެއް ކޮށްގެން ނޫން ގޮތަކަށް ފަލަސްތީނު މިނިވަން ނުކުރެވޭނެ ކަމަށެވެ. 

ފަލަސްތީން މިނިވަން ކުރުމަށްޓަކައި މުސްލިމު ގައުމުތައް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުން މުހިންމުކަން ދީނީ އިލްމުވެރިން ވެސް ގެންދަވަނީ ފާހަގަކުރައްވަމުން ނެވެ. 

އޭގެ އިތުރުން ކެރި ކުޅަދާނަކަން ލިބިގެންދާ މިންވަރަކުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުސްލިމެއްގެ ހައިސިއްޔަތުން ކުރުން ލާޒިމްކަމެއްކަން އެ ފަރާތްތައް ފާހަގަކުރައްވަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.