މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު-- ފޮޓޯ/މަޖިލިސް
ހަބަރު
19 Nov 2023 | 16:03
އިސްރާއީލު ޕާސްޕޯޓް މަނާ ކުރާގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅައިފި!

އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާވާގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހަޅުއްވާފައިވަނި ނޮޅިވަރަމް ދާއިރާގެ މެންނަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. 

މޮސްޓާ އެ އިސްލާހުގައި ހުށަހަޅުއްވާ ސަބަބެއް ކަމަށް ވިދާޅުވީ، އިޒްރޭލުން އެކިއެކި އިސްލާމީ ގައުމުތަކަށް، ހާއްސަކޮށް ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި، ހަނގުރާމައާ ގުޅުމެއްނެތް މުސްލިމް އެތައް ބަޔަކު ޝަހީދުވެ, އެ ހަމަލާތަކުގައި ގައްޒާގެ އަސާސީ ހިދުމަތްތައް ބަންދުކޮށް، ހޮސްޕިޓަލްތަކާއި، ސްކޫލުތަކާއި، ރެފިއުޖީ ކޭމްޕުކޮށް ސުންނާފަތިކޮށް، އިންސާނިްޔަތާ ހިލާފު އެތައް އަމަލުކުތަކެއް ހިންގަމުންދާތީ ކަމަށެވެ. 

އަދި ހަރުކަށި ޔަހޫދީންގެ އެ އަމަލުތައް ކުށްވެރުކޮށް، އެއްވެސް ގޮތަކުން އިޒްރޭލަށް އެހީއަކަށް ވެދާނެ އެންމެހާ ކަންކަން ހުއްޓުވުމަށްޓަކައި އަރަބި އެކި ގައުމުތަކުންނާއި ރާއްޖެ ވެސް ހިމެނޭ، އޯއައިސީ ގައުމުތަކުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އެކި ފިޔަވަޅުތައް އަޅާފައިވާތީ، ރާއްޖެއިން ވެސް އެ ގައުމުތައް ނަމޫނާއެއް ކަމަށް ދެކި، އިޒްރޭލު ރައްޔިތުން ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް އިސްލާހު ހުށަހަޅުއްވާ ކަމަށް މޮސްޓާ ވިދާޅުވި އެވެ.

މޮސްޓާ ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއެއްގެ އާއްމު ރައްޔިތުން އެ ރައްޔިތުންގެ ދާއިރާގެ މެންބަރު އަރިހުގައި އެ ބިލަށް ތާއީދުކޮށްދެއްވުމަށް އެދުމަށް ދަންނަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.