ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ)-- ފޮޓޯ/މަޖިލިސް
ހަބަރު
12 Dec 2023 | 14:00
ކުރީގެ އެޑިޔުކޭޝަން މިނިސްޓަރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައި އެމައްސަލަ ބެލުމަށް އެދިވަޑައިގެންފި!

ކުރީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ކުރައްވައިފި އެވެ. 

2024 ވަނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓް ދިރާސާކުރުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ، ނިމިދިޔަ އަހަރުގައިވެސް 50 ބިލިއަން ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އޭނާގެ ދާއިރާއަށް ކޮށްދިނުމަށް އެ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ހާސިލްވެފައި ނުވާ ކަމަށް މޮސްޓާ ވިދާޅުވި އެވެ. 

އެޑިއުކޭޝަން ސެކްޓާގައި ޖަހާފައި އިން ނޮޅިވަރަންފަރު އައު ސުކޫލުގެ ޢަމަލީ މަސައްކަތެއް ނުފެށޭ. އެކަމު 50 ބިލިއަން ރުފިޔާ ހުސްވެގެން ގޮއްސި. ދައުލަތުގެ ރައީސުލްޖުމްހޫރިއްޔާ ވިޔަސް މިނިސްޓަރުން ވިޔަސް ޖަވާބުދާރީވާން އެބަޖެހޭ އެ ރުފިޔާއަށްވީ ކިހިނެއްތޯ؟ 50 ބިލިއަނަަށް އެރީ އަޅުގަނޑުމެންގެ ދާއިރާއަށް މި އަދަދު ޖަހައިގެން. އެހެންވީމާ އެއަށް ވީގޮތެއް އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. މަޖިލިސް މެންބަރުންނަށް އެނގެންޖެހޭނެ. ދިވެހި ރައްޔިތުންނަށް އެނގެންޖެހޭނެ. 

އެހެންކަމުން، ފާއިތުވި އަހަރުގެ ބަޖެޓުގައި ނޮޅިވަރަންފަރަށް ކޮށްދެއްވުމަށް ބަޖެޓުގައި ހިމަނާފައި ހުރި ކަންކަމަށްވީ ގޮތެއް މަޖިލީހުގެ ރިޔާސަތުންވެސް ބަލަންޖެހޭ ކަމަށް މޮސްޓާ ވިދާޅުވި އެވެ. އަދި ނޮޅިވަރަންފަރު ނަމުގައި ބަޖެޓްގައި ކަންކަން ހިމެނުމަށް ފަހު އެ ރަށަަށް ކަންކަން ނުކޮށްދީ، އެ ފައިސާ ޚަރަދު ކުރީ ކޮން ދާއިރާއެއްގެ ކުރިއެރުމަށްތޯވެސް ބަލަންޖެހޭ ކަމަށް މޮސްޓާ ވިދާޅުވި އެވެ. 

އަބަދުވެސް މިދައްކަނީ ދައުލަތުން ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ. އެހެންވީމާ އަޅުގަނޑު ހަމަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ގޮވާލަން، ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އަށް ކޮރަޕްޝަންގެ ތުހުމަތު ކޮށް މިއަށްވީ ގޮތެއް، މި ފައިސާއަށް، ނޮޅިވަރަންފަރު އައު ސްކޫލެއް އަޅަންވީ ފައިސާ ކޮންތާކަށްތޯ އައިޝަތު ޢަލީ ލީ. ކުރީގެ ޕްލޭނިންގ މިނިސްޓަރު އަޅުގަނޑުމެން ދާއިރާއަށް މަގު ހަދަން ލީ ލާރިއަށް ކިހިނެއްތޯ ހެދީ. އެކަން ސާފުކޮށްދޭން ޖެހޭނެ. ކުރީގެ ހެލްތު މިނިސްޓަރު ނަސީމް، އަޅުގަނޑުމެން ދާއިރާއަށް ވެއާ ހައުސް އަޅަން ދިން ލާރިއަށް ކިހިނެއްތޯ ހެދީ. 

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ)

މޮސްޓާ ވިދާޅުވީ ބަޖެޓް ފޮތުގައި ކަންކަން ލިޔެފައިވީ ނަމަވެސް އެކަންކަން އަމަލީ ގޮތުން ނުފެންނަ ނަމަށ ބެޖެޓަށް ތާއިދު ނުކުރެވޭނެ ކަމަށެވެެ. އަދި ރައްޔިތުން ބޭނުންވަނީ ލިޔެފައި އޮންނަ ތަރައްގީ ނޫން ކަމަށާ، އެހެނެއް ކަމަކު އަތް ލެވޭ، ލޮލަށް ފެންނަ ތަރައްގީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.