މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު-- ފޮޓޯ/މަޖިލިސް
ހަބަރު
18 Dec 2023 | 11:46
ދައުރުވަމުންދާ އާއްމު މިންގަނޑާ ޚިލާފް ވީޑިއޯ އާއި ގުޅިގެން ޕީޖީ ވަކީލަށް ފިޔަވަޅު އެޅުމަށް ކުއްލި މައްސަލައެއް!

ދައުރުވަމުންދާ އާއްމު މިންޑަނޑުތަކާއި ޚިލާފް ވީޑިއޯ އަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލަކަށް ކުރާ ތުހުމަތުތަކާއި ގުޅުވައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފިއެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދު (މޮސްޓާ)  ހުށައެޅުއްވި އެކުއްލި މައްސަލައިގައި ގޮވާލާފައި ވަނީ އިސްލާމް ދީނާއި ރާއްޖޭގެ އާންމު މިންގަނޑާ ހިލާފު މަންޒަރުތައް ފެންނަ ވީޑިއޯއެއް ދައުރުވަމުންދާތީ، ޝަރީއަތުން ކަނޑައަޅާފައިވާ އަދަބު ވީޑިއޯ އިން ފެންނަ ވަކީލަށް ދިނުމަށެވެ.

މައްސަލަ މަޖިލީހަށް ހުށައަޅުއްވަމުން މޮސްޓާ ވިދާޅުވީ، ދައުލަތުގެ ޕްރޮސެކިއުޓަރެއް، ދިނާއި ޚިލާފު އަދި އާއްމު އަޚްލާޤީ މިންގަނޑާއި ޚިލާފަށް އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާއިރު، އެފަދަ އަމަލުތައް ދިވެހި މުޖުތަމައުގައި އިތުރުވެ ހުއްޓުވޭނެ ފިޔަވަޅެއް ނޭޅި އެއީ އާދައިގެ ކަންކަމަށް އެފަދަކަންކަން ވަމުންދާ ކަމަށެވެ.

އަދި އެ ވީޑިއޯގައި ފެންނަނީ ދައުލަތުގެ "އިސް ވަކީލެއް" ކަމަށާއި އޭނާއަށް އެއްވެސް ތަފާތު ކުރުމެއް ނެތި އަދަބު ދޭންޖެހޭނެ ކަމަށެވެ.

މޮސްޓާގެ މިކުއްލި މައްސަލަ ވަނީ 18 މެމްބަރުންގެ ވޯޓުން މަޖިލީހަށް ބަލައިގެންފައެވެ.

ނަމަވެސް މިމައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެއްވީ މަޖިލީހުގެ އެންމެ ތިން މެމްބަރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.