ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
30 Jul 2024
ލ. އަތޮޅުގައި " އޮޕަރޭޝަން ކުރަނގި " ގެ ޢަމަލީ މަސައްކަތް ފަށައިފި
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ލ. އަތޮޅުގައި "އޮޕެރޭޝަން ކުރަނގި"ގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ.
29 Jul 2024
އައްޑޫ ސިޓީގައި ދިހަ މެގަވޮޓުގެ ފްލޯޓިން ސޯލާ ނިޒާމެއް އަޅަން އިންވެސްޓަރުން ހޯދަނީ
އައްޑޫ ސިޓީގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕަވަރ ނިޒާމެއް ޤާއިމުކުރުމަށް އިންވެސްޓަރުން ހޯދަން އިއުލާންކޮށްފި އެވެ. އެގޮތުން، ލޮޓް 1 ގެ ދަށުން 2 މެގަވޮޓްގެ ފްލޯޓިންގ ސޯލާ ޕެނަލް ސ. މަރަދޫ ހާބަރ އަދި ސ. ހުޅުމީދޫ ސެންޓްރަލް ހާބަރގައި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށާއި ލޮޓް 2 ގެ ދަށުން 8 މެގަވޮޓްގެ ފްލޯޓިންގ ސޯލާ ޕެނަލް ސ. ހިތަދޫ ޕޯޓް އޭރިއާގައި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
29 Jul 2024
ރަށްރަށުގައި ހޮސްޕިޓަލް އެޅުމަށް ކުވޭތު ފަންޑުން 150 މިލިއަން ރުފިޔާގެ ލޯނެއް
"ސްމޯލް އައިލޭންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް"ގެ ނަމުގައި ރާއްޖޭގެ ކުދި ރަށްރަށުގެ ސިއްހީ ހިދުމަތް ރަނގަޅުކުރަން ހިންގާ މަޝްރޫއުއަށް ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުވޭތް ފަންޑް) އިން 3،000،000 ކުވައިތީ ދީނާރު (150 މިލިއަން ދިވެހި ރުފިޔާ)ގެ ދިނުމަށް ދިވެހި ސަރުކާރާއި ކުވޭތް ފަންޑާ ދެމެދު ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
29 Jul 2024
ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ އީމެއިލްތަކެއް ޑިލީޓްކޮށްލި މައްސަލައެއް ބަލަނީ
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ރަސްމީ އީމެއިލްތަކެއް ޑިލީޓުކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަން ތަޙްޤީގުކުރަން ފަށައިފިއެވެ. އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހެޅީ މި މަހު 25 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީންކަމށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
29 Jul 2024
އީރާން ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް ނައިބް ރައީސް އީރާނަށް ވަޑައިގެންފި
ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އައު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑރ. މަސްއޫދު ޕެޒެޝްކިއަންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް ވަޑައިގެންފައިވާ ކަމަށެވެ.
29 Jul 2024
“ވެލްކަމް އިންޑިއާ” ރޯޑްޝޯގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު ފައިސަލް އިންޑިއާއަށް ފުރާވަޑައިގެންފި
"ވެލްކަމް އިންޑިއާ ރޯޑްޝޯ 2024" ގައި ބައިވެރިވެވަޑައިގަތުމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް އިބްރާހިމް އިންޑިއާގެ ވެރިރަށް ދިއްލީއަށް ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ.
27 Jul 2024
"މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ މެންސް އޯޕެން ޑިވިޝަންގެ އެއްވަނަ ސްމައިލީއަށް
ދިވެހި ސާފް ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތް "މުލީކޮޅު ރާޅުގަނޑު" މުބާރާތުގެ މެންސް އޯޕެން ޑިވިޝަންގެ ޗެމްޕިއަންކަން އިސްމާއިލް ރަޝީދު (ސްމައިލީ) ހޯދައިފިއެވެ.
27 Jul 2024
ސަރުކާރުގެ އަމާޒަކީ ކުންފުނިތައް ހަރުދަނާކޮށް ޒަމާނީކުރުން :ވަޒީރު ސަޢީދު
ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ކުންފުނިތައް ޒަމާނީ ފެންވަރަށް ބަދަލުކުރުން ކަމަށާއި، އެކަން އެމަގަށް ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
27 Jul 2024
މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
މިއަދު ފުލުހުންނާއި ކަސްޓަމްސް އިން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު ކޮންމެ މަހަކުވެސް 10 ކިލޯ އަށް ވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
27 Jul 2024
މީހަކަށް ބިރުދައްކައި ފޭރުނު މައްސަލައެއްގައި ދެމީހުން ހައްޔަރުކޮށްފި
ފުލުހުން މިއަދު ހާމަ ކުރެއްވި ގޮތުގައި، މީހަކަށް ބިރުދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދުމަށްފަހު، އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލަ ފުލުހުންނަށް ހުށަހެޅީ މި ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން އެކަކު 30 ދުވަހުގެ މުއްދަތަކަށް، އަދި އަނެކަކު 60 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
27 Jul 2024
ހުޅުމާލޭގައި ބަސް ދަތުރުކުރާ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފި
އާރްޓީއެލް ބަސްތަކުގެ ތެރެއިން ހުޅުމާލޭގައި ދުއްވާ ބައެއް ބަސްތަކުގެ ރޫޓުތަކަށް ބަދަލު ގެނެސްފިއެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ 27 ޖުލައި 2024 ވަނަ ދުވަހުން ފެށިގެން، ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފައިވާތީއެވެ.
27 Jul 2024
ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
މިއަދު ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރިޔަށްގެންދިޔަ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމްސްއިން ބުނީ މި މަހުގެ 24 ވަނަ ދުވަހު އަބޫދާބީ މަގުން ރާއްޖެއައި ޕާކިސްތާނު މީހަކު ބަލާފާސްކުރުމުން، 2.12 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
25 Jul 2024
ތިނަދޫގައި މުޒާހަރާ ރޭވުމުގައި އުޅުނު ބަންގްލަދޭޝް މީހުން ޑީޕޯޓުކުރަން ނިންމައިފި
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ބަންގްލަދޭޝްގެ ދާޚިލީ މައްސަލައަކާ ގުޅިގެން ތިނަދޫގައި ކުރި މުޒާހަރާ ރޭވުމުގައި އުޅުނު މީހުން ހައްޔަރުކޮށް، ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
25 Jul 2024
އެމްޕީއެލްގެ ސީއީއޯ އާއި ޑިޕާޓްމަންޓްތަކުގެ ވެރިން ބަނދަރުގެ މަސައްކަތްތަކުގައި ބައިވެރިވެއްޖެ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އާއި ޑިޕާޓްމަންޓްތަކުގެ ވެރިން މިއަދު ބަނދަރުގެ މަސައްކަތްތަކުގައި ސީދާ ބައިވެރިވެ، މުވައްޒަފުންގެ މަސައްކަތް ގާތުން ބަލައި، އެ މުވައްޒަފުންގެ ބުރަ މަސައްކަތަށް ތަޢުރީފުކޮށްފިއެވެ.
25 Jul 2024
އިންޑިއާ ސަފީރު މަޖިލީހުގެ ރައީސް އަބްދުއްރަޙީމާ ބައްދަލުކުރައްވައިފި
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝްރީ މުނު މަހާވަރް، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
25 Jul 2024
ސަރުކާރުން ޓެކްސީ ލައިނެއްގެ ޚިދުމަތް ފަށަން ނިންމައިފި
ސަރުކާރުން ޓެކްސީ ލައިނެއްގެ ޚިދުމަތްދޭން ފަށަން ނިންމައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިކަން އިޢުލާންކޮށްފައިވަނީ، ރޭ މާލެ ފަހި ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގައެވެ.
24 Jul 2024
ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތަޙްޤީގުކުރާ ޤަވާއިދަށް ބަދަލުގެނެސްފި
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތް މައްސަލަ މަޖިލިސް މަރުހަލާގެ ތެރެއިން ތަޙްޤީގުކުރާ ޤަވާއިދަށް ބަދަލު ގެނެސްފިއެވެ. މަޖިލީހުގެ ގަވާއިދު ނިންމައި އާއްމު ކޮމިޓީން ފޮނުވި ރިޕޯޓުގައި މި ބަދަލުތަކާ ގުޅިގެން ބުނެފައި ވަނީ، އެކަންތައްތަައް ބަދަލުކުރީ، ކުރިން ގަވައިދުގައި ކަނޑައަޅާފައިވާ ވަގުތުތަކާއި މުއްދަތުތަކަކީ އެކަށީގެންވާ މުއްދަތުތަކެއް ކަމަށް ކޮމިޓީގެ މެންބަރުންނަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
24 Jul 2024
އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން
އެމްޑީޕީގެ ނައިބު ރައީސް ކަމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން އައްޔަންކޮށްފި އެވެ. ނައިބު ރައީސް ކަމަށް ހިސާން އައްޔަން ކޮށްފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
24 Jul 2024
މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް "މާލެ ފަހި" ޕްރޮގްރާމް އިފްތިތާޙްކުރައްވައިފި
މާލެ ސަރަޙައްދުގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ފެށި "މާލެ ފަހި" އިފްތިތާޙްކޮށްދެއްވައިފިއެވެ. މާލެ ފަހި ޕްރޮގްރާމަކީ މާލެ ސަރަޙައްދުގައި، ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.
24 Jul 2024
ގުރައިދޫ ފަޅު ކައިރިން ވެލި ނަގަމުންދާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
ކ.ގުރައިދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި، ވަނީ އެރަށުގެ ހުޅަނގު ފަރާތު ފަޅުކައިރިން ބިން ހިއްކުމަށް ވެލި ނެގުމުގެ ސަބަބުން ތިމާވެށްޓަށާއި ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުންތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
24 Jul 2024
ދިވެހިރާއްޖެއަށް އަސަރުކުރާ މައްސަލަތަކާ ގުޅޭ ދިރާސާތައް ކުރުމަށް އައު މަރުކަޒެއް އުފައްދައިފި
ދިވެހިރާއްޖެއަށް އަސަރުކުރާނެ އަދި ކޮށްފާނެ އެކިއެކި ދާއިރާތަކުގައި، ބައިނަލްއަޤްވާމީ އަދި ޤައުމީ މައްސަލަތަކާއި ސިޔާސަތުތަކާ ބެހޭ ގޮތުން ޢިލްމީ އަދި ފަންނީ ދިރާސާތައް ކުރުމަށް އައު މަރުކަޒެއް އުފައްދައިފިއެވެ. މި މަރުކަޒަކީ "މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ސްޓަޑީޒް" (ޕޮލިސީ އެމްވީ) ނަމުގައި ޖުލައި މަހުގެ ކުރީކޮޅު އުފައްދާފައިވާ މަރުކަޒެކެވެ.
24 Jul 2024
އެހީ ފޯރުކޮށްދިނުމަށް އެހީ ޖަމިއްޔާއިން "އަސާސީ 365" މަޝްރޫޢު ފަށައިފި
އެހީ ޖަމިއްޔާއިން ޙާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް "އަސާސީ 365" ނަމުގައި އައު މަޝްރޫޢެއް ފަށައިފިއެވެ.
24 Jul 2024
އަލީ ޒާހިރު, އެމްސީބީއަށް 2.3 މިލިއަން ރުފިޔާ ދައްކަން ޖެހޭ: ސުޕްރީމް ކޯޓު ހުކުމް
ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
24 Jul 2024
ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާ ނިޒާމް ކިނބިދޫގައި ޤާއިމްކޮށްފި
ތ. ކިނބިދޫގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ ނިޒާމެއް ޤާއިމްކޮށް ބޭނުންކުރަން ފަށައިފިއެވެ. ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި މި ނިޒާމާއެކު ދުވާލަކު 200 ކިލޯގްރާމްގެ ފަނާވާ ޒާތުގެ ކުނި ޕްރޮސެސްކޮށް ކާދަށް ބަދަލުކުރެވޭނެ ބަޔޯ ވޭސްޓް ޓްރީޓްމަންޓް ސިސްޓަމެއް ޤާއިމްކުރެވިފައިވެއެވެ. އޭގެ ސަބަބުން އެންމެ 15 މިނެޓުގެ ތެރޭގައި ރޯ ކޮމްޕޯސްޓް ހެދި، 10 ދުވަހުގެ ތެރޭގައި ފުރިހަމައަށް ފައްކާވެފައިވާ ކާދު އުފެއްދޭނެއެވެ.
23 Jul 2024
ރައީސް ޞާލިޙުގެ ދަތުރުފުޅެއްގެ ޚަރަދުތަކުގެ ތަފްސީލު ހާމަކުރަން ބަންޑާރަ ނައިބުގެ އޮފީހުން ލަފާދީފި
ބަންޑާރަ ނާއިބު އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބޭރު ދަތުރުފުޅަކާ ގުޅޭ ޚަރަދުތަކުގެ މަޢުލޫމާތު ހާމަކުރުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން އަނބުރާ ގެނައުމަށް އެ އޮފީހުން ވަނީ ނިންމާފައެވެ.
23 Jul 2024
ޒުވާނުން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އާ ދެމެދު، ޒުވާނުންގެ ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.
23 Jul 2024
މާލެ އަދި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމަށް ޗައިނާއާއެކު އެއްބަސްވުމަކަށް
ކޮންސްޓްރަކްޝަން މިނިސްޓްރީން އެކސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސީޑްކާ)ގެ ޗެއަރމަން ލޫ ޒަހާއުއީއެވެ.
23 Jul 2024
އެއަރ އެރޭބިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ
އެއަރ އެރޭބިއާއިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. އެއަރ އެރޭބިއާ އިން މިއަދު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޮކްޓޯބަރު 27 ވަނަ ދުވަހުން ފެށިގެން ޝާރުޖާއިން މާލެއަށް ކޮންމެ ދުވަހަކު އެއް ފްލައިޓް އޮޕަރޭޓް ކުރާނެ ކަމަށެވެ.
23 Jul 2024
ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނަގަނީ
ފުލުހުން މައުލޫމާތު ދެއްވިގޮތުގައި، ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށާފައިވަނީ އިއްޔެއެވެ. މި މަސައްކަތުގެ ތެރެއިން އިއްޔެ އެކަނި ވެސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހަތަރު ފުރޮޅުލީ 10 އުޅަނދު ނަގާފައިވާކަމަށް ފުލުހުން ބުނެއެވެ.
22 Jul 2024
ފިޔޯރީ އަލަ އޮޅު ދަނޑުގައި އަލިފާން ރޯވެއްޖެ
ގދ.ފިޔޯރީގެ އަލަ އޮޅު ދަނޑުގައި އަލިފާން ރޯވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 6 ޖެހިއިރުއެވެ.