ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
31 Mar 2024
މަރޗް މަހުގެ ފެނާއި ކަރަންޓު ބިލަށް "ރަމަޟާންމަހުގެ ޑިސްކައުންޓް"
މި އަހަރުގެ މާރިޗް މަހުގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބިލުކުރައްވާއިރު ކޮންމެ ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރެއްވުމަށް ނިންމަވާފައިވާކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.
30 Mar 2024
އަމިއްލައަށް ޤާއިމުކުރެވެން ހުރި ކަންކަން އަމިއްލައަށް ޤާއިމުކުރުމަކީ މުސްތަޤުބަލަށްޓަކާ އެޅޭނެ އެންމެ ވަރުގަދަ ބިންގާ - ރައީސް
އަމިއްލައަށް ޤާއިމުކުރެވެން ހުރި ކަންކަން އަމިއްލައަށް ޤާއިމުކުރުމަކީ ރައްޔިތުންގެ މުސްތަޤުބަލަށްޓަކާ އެޅޭނެ އެންމެ ވަރުގަދަ ބިންގާ ކަމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
29 Mar 2024
ޓޫރސްޓުންނަށް ޚިދުމަތްދިނުމަށް ނެރެވުނު އެނދުގެ އަދަދު އިތުރުވެއްޖެ
ވޭތުވެ ދިޔަ މަހުގައި ޓޫރސްޓުންނަށް ޚިދުމަތްދިނުމަށް ނެރެވުނު އެނދުގެ އަދަދު އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ. މިނިސްޓްރީއިން ވިދާޅުވިގޮތުގައި، ހަމަ އެކަނި މި މަހު 62،206 އެނދު އޮޕެރޭޝަނަށް ނެރެވިފައި ވާއިރު، މިއީ، މިދިޔަ މަހާ އަޅާ ބަލާއިރު 263 އެނދުގެ ކުރިއެރުމެކެވެ.
29 Mar 2024
އަނެއްކާވެސް މުޙްޔިއްދީން ސުކޫލުން ޣައްޒާއަށް އެހީ ފޯރުކޮށްދީފި
އަނެއްކާވެސް މުޙްޔިއްދީން ސުކޫލްގެ ދަރިވަރުން، ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދީފިއެވެ. އައިއޭސީ އިން ހާމަ ކުރެއްވި ގޮތުގައި މުޙްޔިއްދީން ސުކޫލުގެ ދަރިވަރުން އިސްނަގައިގެން މިއަދު ވަނީ ޣައްޒާގެ ރައްޔިތުންނަށް 50000 ރުފިޔާ ހަދިޔާ ކޮށްފައެވެ. ސުކޫލު ދަޢުރަކީ ކުދިންގެ ހިތުގައި އިންސާނީ ލޯބި އަށަގަންނަ އެންމެ މުހިންމު މަރުޙަލާ ކަމަށާއި، ޓީޗަރުންނާއި ބެލެނިވެރިންގެ އެއްބާރުލުން މިފަދަ ޙަރާކަތްތަކުގައި ލިބުމަކީ، ކުދިންނަށް ލިބޭ އިތުރު ހިއްވަރެއް ކަމަށްވެސް އައިއޭސީއިން ވިދާޅުވެފައި ވެއެވެ.
28 Mar 2024
ޗައިނާ ސަރުކާރުން ރާއްޖެއަށް 10 އުޅަނދު ހަދިޔާ ކުރައްވައިފި
ޗައިނާ ސަރުކާރުން ރާއްޖެއަށް 10 އުޅަނދު ހަދިޔާ ކުރައްވައިފިއެވެ. ޗައިނާގެ ޝަންޑޮންގ ޕްރޮވިންސުގެ ފަރާތުން ހަދިޔާ ކުރެއްވި 10 އުޅަނދު ހަވާލުކުރެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް، ޕަބްލިކް ވަރކްސްގެ ފަރާތުން މި ހަދިޔަލާއި ހަވާލުވެލެއްވީ، މިނިސްޓަރ އާދަމް ޝަރީފެވެ.
28 Mar 2024
ފިތުރު ޒަކާތުގެ ގޮތުގައި ފުރަތަމަ ދިހައެއްގައި 1.5 މިލިއަނަށްވުރެ ގިނަ ފައިސާ
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީއިން ހާމަ ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގައި 1,599,113 (އެއްމިލިޔަން ފަސްލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ތޭރަ ރުފިޔާ) ރުފިޔާ ލިބިފައިވެއެވެ.
28 Mar 2024
ހުޅުމާލޭގައި "އިސްރަށްވެހިންގެ ނާދީ" ތަރައްޤީކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
ހުޅުމާލޭގައި "އިސްރަށްވެހިންގެ ނާދީ" ތަރައްޤީ ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.