ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
30 Apr 2024
ތުރުކީގެ އަސްކަރީ ބޯޓެއް ރާއްޖެއަށް
އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، ދިވެހި ރާއްޖެއާ ތުރުކީއާ ދެމެދު ގުޅުން ހަރުދަނާކޮށް އެއްބާރުލުން އިތުރުކުރަމަށް، ހެޔޮއެދުމުގެ ދަތުރެއްގައި ތުރުކީގެ ކަނޑުމަތީ ސިފައިންގެ ބޯޓު ޓީ.ސީ.ޖީ ކިނާލިއަޑާއަށް ރާއްްޖެއިން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.
29 Apr 2024
މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާއާއި ޔޫރަޕަށް މިއަހަރު ފަހުކޮޅޮ ފަށަނީ
މިރޭ ބޭއްވި "އަހާ" ފޯރަމްގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ, ވައިޑް ބޮޑީ އެއާކްރާފްޓް ރާއްޖެ ގެނެސް، ރެޖިސްޓްރީ ބަދަލުކޮށް ކަންކަން ކުރުމަކީ ވަރަށް ވަގުތު ނަގާ ކަމެއް ނަމަވެސް މި އަހަރު އޮކްޓޯބަރު ނުވަތަ ނޮވެމްބަރު ތެރޭގައި ޗައިނާއާއި ޔޫރަޕަށް ދަތުރުތައް ފަށާނެ ކަމަށެވެ.
29 Apr 2024
ހުޅުމާލޭގައި ގުރޫޕް މާރާމާރީއެއް ހިންގާ ދެމީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެނީ
ހުޅުމާލޭ ފޭސް 1 ގައި ގްރޫޕް މާރާމާރީއެއް ހިންގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިމާރާމާރީ ހިންގާފައިވަނީ އިންޑިޔާގެ ބަޔަކާއި ދިވެހިންގެ ބަޔަކާ ދެމެދުއެވެ.
29 Apr 2024
ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމަވައިފި
ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
29 Apr 2024
ހުރިހާ ބިދޭސީންގެ ފޮޓޯއާއި ފިންގަރޕްރިންޓް ނެގުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށަނީ
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ޢަމަލީ މަސައްކަތް އަންނަމަހު ފަށަން ހަމަޖެހިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
29 Apr 2024
އުރީދޫ އިން ޓިކްޓޮކާއެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި
އުރީދޫ އިން ޓިކްޓޮކާއެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފިއެވެ. އުރީދޫން ބުނިގޮތުގައި، ޗައިނާގެ ބައިޓްޑާންސް ކުންފުނިން ހިންގަމުން އަންނަ މީސްމީޑިޔާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކާ އެކީ ހެދި ޕާޓްނަޝިޕްގެ ސަބަބުން އުރީދޫ ނެޓްވޯކުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ ހަލުވި ސްޕީޑެއްގައި ޓިކްޓޮކް ބޭނުންކޮށް، ސްޓްރީމް ކުރެވޭނެއެވެ. އަދި ޓިކްޓޮކުގައި ކޮންޓެންޓް އުފައްދާ ޝެއަރ ކުރުމަށް ފަސޭހަވެ، ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެން އަންނާނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.
29 Apr 2024
އދ. މަހިބަދޫގައި އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ޤާއިމުކޮށްފި
އދ. މަހިބަދޫގައި އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ޤާއިމުކޮށްފިއެވެ. މިއަދު ސްޓެލްކޯ އިން ވިދާޅުވީ ދއ. މަހިބަދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެރަށުގައި އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ޤާޢިމުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަހިބަދޫގެ ކަރަންޓު ވިއުގަ ކުރިން ހުރި ލޯ-ވޯލްޓޭޖު ނެޓްވޯކުން މިހާރު ވަނީ މީޑިއަމް-ވޯލްޓޭޖު ނެޓްވޯކަކަށް ބަދަލުކުރެވިފައިކަމަށެވެ.
29 Apr 2024
އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކްގެ 200 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިފި
އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކްގެ 200 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިފިއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދި ވިދާޅުވީ، އައްޑޫގެ ފޯ-ލޭން ޑިއުޓަރ ލިންކުގައި ތާރު އެޅުމުގެ މަސައްކަތް މި މަހު 18 ވަނަ ދުވަހު ފެށިފައިވާކަމަށާއި އަދާ ހަމައަށް 200 މީޓަރުގެ ސަރަހައްދުގައި ތާރު އަޅާ ނިމިފައިވާކަމަށެވެ.
29 Apr 2024
ސިވިލް ސާވިސް އިން ވަކިވެފައި ތިބި ފަރާތްތަކަށް އަލުން ވަޒީފާއާ ގުޅޭނެ މަގުފަހިކޮށްދޭން ނިންމަވައިފި
އެކި ސަބަބުތަކާ ހުރެ ސިވިލް ސާވިސްއިން ވަކިވެފައިވާ މުވައްޒަފުންނަށް އަލުން ވަޒީފާއަށް އައުމަށް މަގުފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިގޮތަށް ނިންމަވާފައިވަނީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށްފަހު އެވެ..
28 Apr 2024
އއ.ހިމަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިންމާލައިފި
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވީ ހިމަންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި އެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
28 Apr 2024
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓިރްކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
28 Apr 2024
ސިފްކޯ ހިޔާ ފްލެޓްތައް ކުއްޔަށް ދޭނަމަ އަތުލާނަން: އެމްއެންޑީއެފް
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިފްކޯ ފްލެޓްތައް ދޫކޮށްފައިވާ މީހުންނާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެތަންތަން ކުއްޔަށް ދޫކުރުމަކީ މަނާ ކަމެއް ނަމަވެސް އެޕާޓްމަންޓުތައް ކުއްޔަށްދޭ މައްސަލަ އެމްއެންޑީއެފްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
28 Apr 2024
ދަ ޑިމޮކްރެޓްސްގެ ހަރުގެ ހުސްކުރަނީ
އާޓިފިޝަލް ބީޗުގައި ހުރި، ދަ ޑިމޮކްރެޓްސް ގެ ހަރުގެ ހުސްކުރަން ފަށައިފިއެވެ. ޑިމޮކްރެޓްސްއިން ހާމަކުރެއްވި ގޮތުގައި "ހައުސް އޮފް ޑިމޮކްރެޓްސް" ގެ ނަމުގައި ހުޅުވާފައި ހުރި އެ ހަރުގަ ހުސްކުރަނީ ބިމުގެ ވެރި ފަރާތުން އެތަން ބޭނުންވެގެން، އެތަން ހުސްކުރަން އެންގުމުންނެވެ.
28 Apr 2024
އެފްޑީސީއިން ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފިއެވެ. ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު މެންދުރުފަހު އެފްޑީސީއިންވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
28 Apr 2024
އޮކްސިޖަން ނުލިބިގެން މީހަކު ނިޔާވިކަމަށް ބުނާ މައްސަލަ ތަޙްޤީގުކުރަން ފަށައިފި
އޮކްސިޖަން ނުލިބިގެން ތ.ކިނބިދޫގެ ދުވަސްވީ މީހަކު ނިޔާވި މިއްސަލަ ސިއްޙީ ކަންތައްތަކާ ބެހޭ ވުޒާރާއިން ތަޙްޤީގުކުރަން ފަށައިފިއެވެ.
27 Apr 2024
މެޑިސިން ކިޔަވާ ކުދިންނަށް ދެރަގޮތެއް ނުވާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފަ: އެމްއެންޔޫއެސްޔޫ
މިރޭ އެމްއެންޔޫއެސްޔޫ އިން ނެރުނު ބަޔާނެއްގައި ވަނީ 26 އޭޕްރީލް ވީ ހުކުރު ދުވަހުގެ ރޭ 20:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އފީހުގެ ކަމާބެހޭ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށާ މި ބައްދަލުވުމުގައި ސަރުކާރުން، މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާފައިވާކަމަށެވެ.
27 Apr 2024
ދިގުމުއްދަތަކަށް ޚިދުމަތްކުރާ ސިފައިންނަށް ދޭ ގެދޮރު މިލްކުކޮށްދިނުމަށް ވަނީ ނިންމާފަ: ޑިފެންސް މިނިސްޓަރ
ދިގު މުއްދަތަކަށް ޚިދުމަތްކުރާ ސިފައިންނަށް ދޫކުރާ ގެދޮރު މިލްކުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
27 Apr 2024
ނުރައްކާތެރި ކެމިކަލެއް އެކުލެވޭތީ 'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑުގެ ހަވާދު ވިއްކުން މަނާކޮށްފި
'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފިއެވެ. މިއަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީން ނެރުނު ބަޔާނެއްގައިވަނީ، އިންޑިއާގެ އުފެއްދުމެއްކަމުގައިވާ 'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތަކުގައި 'އެތެލިން އޮކްސައިޑް' ހުރިކަމަށް ބުނެ ސިންގަޕޯރ ފުޑް އެޖެންސީ އަދި ހޮންކޮންގގެ ސެންޓަރ ފޮރ ފުޑް ސޭފްޓީން ވަނީ އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައި ކަމަށެވެ. އެހެންކަމުން އެ އޮތޯރިޓީއިން ވަނީ އެ ދެ ބްރޭންޑުގެ ބާވަތްތައް ބާޒާރުން ނެގުމަށް އަންގާފައެވެ.
27 Apr 2024
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިތުރަށް ތަރައްޤީކުރުމާ ގުޅޭ ގޮތުން ކުވައިތާއެކު މަޝްވަރާ ކޮށްފި
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިތުރަށް ތަރައްޤީކުރުމާއި ގުޅޭ ގޮތުން ކުވައިތާއެކު މަޝްވަރާކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދުއެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ, ޒަކާތު ހައުސް ތަރައްޤީ ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ޑރ. މާޖިދު ސުލައިމާން އަލްއާޒިމީއާ، އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.
27 Apr 2024
ވައިކަރަދޫ ފަޅުތެރޭ މުށިމަސްތައް މަރުވެ ކުނިވާ މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ ވުޒާރާތަކާ މަޝްވަރާ ކުރާނަން - އާދަމް ޝަރީފު
ވައިކަރަދޫ ފަޅުތެރޭ މުށިމަސްތައް މަރުވެ ކުނިވާ މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ ވުޒާރާތަކާ މަޝްވަރާ ކުރާނަނެކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ވައިކަރަދޫފަޅުތެރޭ މުށިމަސްތައް މަރުވާމައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލއި ސަރުކާރާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުންމައުލޫމާތު އެއްކުރައްވާފައިވާކަމަށެވެ. އަދިމި މައްސަލަ ހައްލު ކުރުމަށް ކަމާބެހޭވުޒާރާތަކާ މަޝްވަރާ ކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
27 Apr 2024
ކެމްޕެއިން އޮފީހެއްގައި ހުޅުޖެހިކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 10 ދުވަސް
ކެމްޕެއިން އޮފީހެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް މިއަދު ކްރިިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ. ކްރިމިނަލް ކޯޓުގެ ބަންދު ޢަމުރުގައި ބުނެފައިވަނީ އޭނާކެމްޕެއިން އޮފީހުގައި ރޯކޮށްލި ކަމުގެ ހެކި ހުށަހަޅާފައިވާކަމަށެވެ. އެ މީހާއަށް ލިބިފައިވާޒަޚަމްތަކަށް ފަރުވާ ހޯދުމަށްކުޅުދުއްފުށީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހުއްޓާ އެހެންރަށަކަށް ގޮސް ފަރުވާ ހޯދާފައިވާ ކަމަށްވެސް ފުލުހުންނާ ހަވާލާދީ ޢަމުރުގައި ބުނެފައިވެއެވެ.
27 Apr 2024
ބީއެމްއެލްއިން ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ. ފާހަގަ ކޮށްލެވޭމުވައްޒަފުންނަށް އެވޯޑު ދީފައިވަނީ ރޭ ކްރޮސްރޯޑުގައި ބޭއްވި، ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ އަހަރީ އިނާމު ދިނުމުގެ ހަފްލާގައެވެ.
27 Apr 2024
ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގެ 4 ގެއަކަށް ގެންލުންވެ އެ ގޭތަކުގައި ދިރިއުޅޭ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި
ނޭޝަނަލަ ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ރޭ ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީގައި ފެންބޮޑުވެ ބައެއްގޭގެއަށް އަސަރުކުރަމުންދާ ކަމަށެވެ. އަދި 4 ގެއެއްގައި ދިރިއުޅެން ދަތިވާވަރަށް ފެންބޮޑުވެ، އެގޭގައި ދިރިއުޅޭ އައިލާތައް ވަގުތީ ހިޔާތކައް ބަދަލުކުރިމުގެ މަސައްކުރަމުން ދާކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.
25 Apr 2024
އޭސީސީގެ މަސައްކަތްތައް އަވަސްކުރުމަށް "ކާތިބު" އެޕް އިފްތިތާހުކޮށްފި
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތް އަވަސްކުރުމަށް، "ކާތިބު" ނަމަކަށް ކިޔާ އެޕްލިކޭޝަނެއް އިފްތިތާހު ކޮށްފިއެވެ. އޭސީސީގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތް ކަމުގައިވާ ކާތިބު އެޕްލިކޭޝަނަކީ އޭސީސީ އިން ކުރިއަށްގެންދާ ތަޙުގީގުތަކާ ގުޅުންހުރި ބަޔާންތަކާއި ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަނެކެވެ.
25 Apr 2024
ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ވިހިވަނަ އިންތިހާބަށް ކެމްޕެއިންކުރުނުގެ ތެރޭގައި ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
25 Apr 2024
މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން މައި ކެމްޕަހަށް ބަދަލުކުރިޔަސް ކިޔެވުމަކަށް ބުރޫއެއް ނާރާނެ - އެމްއެންޔޫ
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބޭސްވެރިކަން ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން މައި ކެމްޕަހަށް ބަދަލުކުރި ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ކަމަށް އެމްއެންޔޫ އިން ބުނެފިއެވެ. އެމްއެންޔޫއިން މި ފަދައިން ބުނެފައިވަނީ އެމްއެންޔޫއިންއިން ބޭސްވެރިކަން ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ދެ ފަންގިފިލާ ހުސްކުރަން އެންގުމާ ގުޅިގެންނެވެ.
25 Apr 2024
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންއެފް ރަޖިސްޓަރ ކޮށްދީފި
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) ރަޖިސްޓަރ ކޮށްދީފިއެވެ. އިލެޝަން ކޮމިޝަނުން ޕީއެންއެް ކޮށްދެއްވައިފިކަން އިޢުލާން ކުރެއްވީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މަލީހު ވަނީ ޕީއެންއެފްގެ ރަޖިސްޓްރީ ހިއްސާ ކުރައްވާފައެވެ.
25 Apr 2024
ދެ ކެނޑިޑޭޓަކަށް ލިބުނު ވޯޓުގެ ޢަދަދު ކައިރިވުމަކީ އަލުން ގުނަން ޖެހޭ ސަބަބެއް ނޫން - ފުއާދު ތައުފީގު
ދެ ކެނޑިޑޭޓަކަށް ލިބުނު ވޯޓުގެ ޢަދަދު ކައިރިވުމަކީ ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ. ރައްޔިތުން މަޖިލީހުގެ ވިހިވަނަ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފުއާދު ވިދާޅުވީ އީސީއިން ދެކޭގޮތުގައި ވޯޓު ފޮށްޓެއް އަލުން ގުނަން ޖެހެނީ ވޯޓުލާއިރު ނުވަތަ ގުނާއިރު ޤާނޫނާ ޚިލާފު ޢަމަލެއް ހިނގައިގެން ނުވަތަ ވޯޓު ގުނުމުގެ ތެރޭގައި ޝައްކު އުފެދޭ ކަމެއް ހިނގައިގެން ކަމަށެވެ.
24 Apr 2024
އެސްއީޒެޑްގެ ފުރަތަމަ ހުއްދަ: މާލޭ ސަރަހައްދުގައި ފްލޯޓިން ސޯލާ ނިޒާމެއް ޤާއިމުކުރަނީ
މާލޭ ސަރަހައްދުގައި ފްލޯޓިން ސޯލާ ނިޒާމެއް ޤާއިމުކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ދޫކުރާ ފުރަތަމަ ހުއްދަ ދޫކޮށްފިއެވެ. އިއާދަކުރަނިވި ހަކަތައުފެއްދުމުގެ މަޤުސަދުގައި ހިންގާ މި ބިޔަ މަޝްރޫޢު ދަށުން މާލޭ ސަރަހައްދުގައި 150 މެގަވޮލްޓްގެ ފްލޯޓިން ފޮޓޯ ވޯލްޓިކް (ޕީވީ) އިންޖީނުގެއެއް އަޅާ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައްވެސް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Apr 2024
މާޗު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރި
މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބު ދައްކައިފިއެވެ. ކަސްޓަމްސްގެ ތަފާސްހިސާބު ދައްކާގޮތުގައި މިދިޔަ މާޗު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ މާޗުމަހާ އަޅާބަލާއިރު މިއީ 4 އިންސައްތަ އިތުރު ޢަދަދެކެވެ.