ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
27 Apr 2024 | 20:16
ދިގުމުއްދަތަކަށް ޚިދުމަތްކުރާ ސިފައިންނަށް ދޭ ގެދޮރު މިލްކުކޮށްދިނުމަށް ވަނީ ނިންމާފަ: ޑިފެންސް މިނިސްޓަރ

ދިގު މުއްދަތަކަށް ޚިދުމަތްކުރާ ސިފައިންނަށް ދޫކުރާ ގެދޮރު މިލްކުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ގިރިފުށީގައި ބޭއްވި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ 70 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ސިފައިންގެ ޚިދުމަތުގެ ތެރެއިން ޤައުމަށް ޚިދުމަތްކުރަމުން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ރިޓަޔަރމަންޓް އޭޖާ ހަމައަށް އާދެވިއްޖަ ނަމަ ރިޓަޔާރ ކުރާނީ އަނބިދަރިންނާއި، ކާފާ މާމަ ކުދިންނާއެކީ އަބުރުވެރި ދިރިއުޅުމުއް އުޅޭވޭ ޙާލެއްގަ. އެކަން ކަށަވަރު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި އޮތީ ސިފައިންގެ ތެރޭގަ ދިގުމުއްދަތަކަށް ޚިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުވާނެ ގޮތެއް ހަމަޖައްސަވައިދެއްވަން"

ރަސްމިއްޔާތުގައި ޣައްސާން ވިދާޅުވިއެވެ.

ރަސްމިއްޔާތުގައިވާހަކަ ދައްކަވަމުން ޣައްސާން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅުގެ ދަށުން ސިފައިންގެ ވަޒިފާއަކީ ސުކޫލު ނިންމާފައި ޒުވާނުންނަށް ކުރިއަށް ދާން ފަހިކޮށްދެވޭ މަގެއް ކަމުގައި ހަދައިދެއްވަން މަސައްކަތް ކުރައްވާ ކަމަށެވެ.

"އެމަނިކުފާނުގެ ވިސްނުންފުޅުގައި އޮތީ ދިވެހިސިފައިންގެ ޚިދުމަތަކީ ޒުވަނުންނަށް ކެރިއަރ ޕާތެއްގެ ގޮތުގަ ހަމަޖައްސަވައިދެއްވުން. އޭގެ މާނައަކީ ތި ޒުވާނުންނެކޭ އެއްފަދައިން ސުކޫލް ދައުރު ނިންމަވާ އެހެން ޒުވާނުންވެސް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެން އަސްކަރީ ނޫން ޤައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް، މިސާލަކަށް އިންޖިނޭރަކަށް ވާން ބޭނުން ކުއްޖެއް އިންޖީނެރިން ޑިގްރީއަށް، ޑޮކްޓަރަކަށްވާން ބޭނުން ކުއްޖެއް މެޑިސިން ހަދަން، ސްކޮކޮލާޝިޕްގެ ފުރުސަތުތައް ހޯދައިދެއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފަށްޓަވާފައި."

ޣައްސާން ވިދާޅުވިއެވެ.

މީގެއިތުރުން މިއަދުގެ ރަސްމިއްޔާތުގައި ޣައްސާންވަނީ ލަޝްކަރު ބަލާ ފާސްކޮށް ދެއްވުމަށްފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ. ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯހުން ޖުމުލަ 98 ދަރިވަރުން ދަސްވެނިވިއިރު ކޯހުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ، ޕްރައިވެޓް ހަމްނާ ރަޝީދެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2023 އޮކްޓޫބަރު 28 އިން ފެށިގެން ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ. މި ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.