ވައިކަރަދޫ ފަޅުތެރޭ މުށިމަސްތައް ކުނިވެފައި - ފޮޓޯ: ފޭސްބުކް
ހަބަރު
27 Apr 2024 | 14:52
ވައިކަރަދޫ ފަޅުތެރޭ މުށިމަސްތައް މަރުވެ ކުނިވާ މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ ވުޒާރާތަކާ މަޝްވަރާ ކުރާނަން - އާދަމް ޝަރީފު

ވައިކަރަދޫ ފަޅުތެރޭ މުށިމަސްތައް މަރުވެ ކުނިވާ މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ ވުޒާރާތަކާ މަޝްވަރާ ކުރާނަނެކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ވައިކަރަދޫ ފަޅުތެރޭ މުށިމަސްތައް މަރުވާ މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލާއި ސަރުކާރާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު އެއްކުރައްވާފައި ވާކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް ކަމާބެހޭ ވުޒާރާތަކާ މަޝްވަރާ ކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހދ. ވައިކަރަދޫ ފަޅަކީ ޢާންމުކޮށްވެސް ގިނަ އަދަދެއްގެ މަސް ވަންނަ ފަޅެވެ. ޢާންމު ޙާލަތްތަކުގައި ފަޅަށް ފަތިިހު މަސްތައް ވަދެފައި އިރުއޮއްސެން ވާއިރަށް މަސްތައް ފަޅުތެރެއިން ނުކުމެއެވެ.

ނަމަވެސް ރޭ މަސްތައް ފަޅުތެރެއިން ނިކުންނަ ގަޑީގައި، ލޮނުގަނޑު އުފުލި މަސްތައް ފަޅުތެރޭގައި ތާށިވީއެވެ. އަދި އިރުއެރިއިރު ފަޅުތެރޭ އެތައް ހާސް މަހެއްވީ މަރުވެ ކުނިވެފައެވެ.

ވައިކަރަދޫ ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި ރަށު ޒުވާނުންނާއި ކައުންސިލް ގުޅިގެން ހެނދުނު މައްޗަށް އަރާފައިހުރި ބައި ވަނީ ސާފުކޮށްފައެވެ. އަދި މެންދުރު ފަހު އަނެއްކާ ވެސް އެކަމަށް ރަށު ރައްޔިތުންނަށް ގޮވާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.