ތުރުކީގެ ކަނޑުމަތީ ސިފައިންގެ ބޯޓު ޓީ.ސީ.ޖީ ކިނާލިއަޑާ ރާއްޖެގައި
ހަބަރު
30 Apr 2024 | 16:46
ތުރުކީގެ އަސްކަރީ ބޯޓެއް ރާއްޖެއަށް

ތުރުކީގެ އަސްކަރީ ބޯޓެއް ރާއްޖެއަށް ބަނދަރުކޮށްފިއެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، ދިވެހި ރާއްޖެއާ ތުރުކީއާ ދެމެދު ގުޅުން ހަރުދަނާކޮށް އެއްބާރުލުން އިތުރުކުރަމަށް، ހެޔޮއެދުމުގެ ދަތުރެއްގައި ތުރުކީގެ ކަނޑުމަތީ ސިފައިންގެ ބޯޓު ޓީ.ސީ.ޖީ ކިނާލިއަޑާއަށް ރާއްްޖެއިން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި އުޅަނދު ބަނދަރުކޮށްފައި އޮތީ މާލެ ސަރަހައްދުގައެވެ.

ޓީސީޖީ ކިނަލިއަޑާ އަކީ ތުރުކީގެ ކަނޑުމަތީ ސިފައިންގެ އެޑާ ކްލާސް އޭއެސްޑަބްލިއު ކޯވެޓްސްގެ ހަތަރު ވަނަ އުޅަނދެވެ. 

ޓީ.ސީ.ޖީ ކިނާލިއަޑާ ތުރުކީން ފުރާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު، ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ މުއްދަތަށް ދަތުރުކުރުމަށެވެ.

ޖަޕާނަށް ދަތުރުކުރަމުން ދާ މަގުމަތީގައި އެ ޓީ.ސީޖީ. ކިނާލިއަޑާ ސައުދީ ޢަރަބިއްޔާ އާއި ޖިބޫޓީގައިވެސް ވަނީ މަޑުޮށްފައެވެ.. އަދި މި ދަތުރުގައި ޖަޕާނަށް ދިޔުމުގެ ކުރިން ދިވެހިރާއްޖޭގެ އިތުރުން ސޯމާލިއާ، ބަންގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލެންޑް، ޗައިނާ އަދި ދެކުނު ކޮރެއާ އަށް ވެސް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓީ.ސީ.ޖީ ކިނާލިއަޑާ އެނބުރި ތުރުކީއަށް ދާއިރު، ފިލިޕީންސް، ސިންގަޕޫރު، ސްރީލަންކާ، އިންޑިއާ، އޮމާން، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޕާކިސްތާން، ޖިބޫޓީ އަދި އުރުދުންގައި މަޑުކުރުމަށް ހަމަ ޖެހިފައިވާކަމަސް މައުލޫމާތު ލިބެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދަނީ ތުރުކީއާ ގުޅުން ބަދަހި ކުރުމަށް އެކިއެކި މަސައްކަތްތައް ކުއްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ، ތުރުކީވިލާތަށްކަން ފާހަގަ ކޮށްލެވެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށް ޑްރޯން ހޯދައްވާފައިވަނީވެސް ތުރުކީއިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.