ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
05 May 2024
އިންޑަސްޓްރިއަލް ވިލެޖަށް ކުނިއަޅާ މީހުންނާމެދު ފިޔަވަޅު އަޅާނީ
މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ޤަވާއިދާ ޚިލާފަށް ކުނިއަޅާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯއިން ބުނެފައިވަނީ، ޤަވާއިދާ ޚިލާފަށް ތަންތަނަށް ކުނިއަޅާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށެވެ. އަދި ޤަވާއިދާ ޚިލާފަށް ހިންގާ އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެމްކޯ އިން ވަނީ އިލްތިމާޒު ކުރައްވާފައެވެ.
05 May 2024
ޑިފެންސް މިނިސްޓަރ ޣައްސާން، އެމެރިކާގެ އިސް ކޮމާންޑަރަކާ ބައްދަލަުކުރައްވައިފި
މިއަދު ދިފާޢީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ވަޒީރު ޣައްސާން މައުމޫނު ވަނީ، އެމެރިކާގެ މަންޓާނާ ނޭޝަނަލް ގާޑްސްގެ އެޑްޖުޓެންޓް ޖެނެރަލް ޖޯން ޕީޓާ ހްރޮނެކް(ދެވަނަ) އާއި އޭނާގެ ޓީމާ ބައްދަލުކުރައްވާފައެވެ.
04 May 2024
މުވައްޒަފުން ތައްޔާރުކުރި ލޯގާއާއެކު ފަހި ދިރިއުޅުން ރީބްރޭންޑް ކޮށްފި
މުވައްޒަފުން ތައްޔާރުކުރި ލޯގާ އިފްތިތާހުކޮށް ފަހި ދިރިއުޅުން ރީބްރޭންޑް ކޮށްފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވީ އެ ކޯޕަރޭޝަންގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. ލޯގޯ އިސްތިތާހުކޮށްފައިވަނީ އެ ކޯޕަރޭޝަނުގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފުލާގައެއެވެ.
04 May 2024
މިއަދު ބޭއްވި ބައި-އިލެކްޝަނުން 4 ގޮނޑި ޕީއެންސީއަށް
މިއަދު ކުރިއަށް ގެންދިޔަ 6 ކައުންސިލެއްގެ ބައި-އިލެކްޝަންގެ ތެރެއިން ޕީއެންސީއިން ވަނީ 4 ގޮނޑި ކާމިޔާބު ކޮށްފައެވެ. ބާކީ ދެގޮނޑިން އެއް ގޮނޑި އެމްޑީޕީއިން ކާމިޔާބު ކުރި އިރު ދަ ޑިމޮކްރެޓްސް އިން ވަނީ ފުރަތަމަ ފަހަރަށް އިންތިޚާބެއް ކާމިޔާބުކޮށް ގޮނޑިއެއް ހޯދާފައެވެ.
04 May 2024
މ.މަޑުއްވަރީ ކައުންސިލްގެ ރައީސަށް އާޒިމް - އިންތިޚާބެއްގައި ޑިމޮކްރެޓްސް އަށް ލިބުނު ފުރަތަމަ މޮޅު
މ. މަޑުއްވަރީ ކައުންސިލް ރައީސްގެ ގޮނޑި ޑިމޮކްރެޓސްގެ ކެނޑިޑޭޓް މުޙައްމަދު އާޒިމް އަލީ (ޓޮޓީ) ކާމިޔާބުކޮށްފިއެވެ. މިއަދު ބޭއްވި މ. މަޑުއްވަރީ ކައުންސިލް  ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިޚާބު ޑިމޮކްރެޓްސްގެ ކެނޑިޑޭޓް މުހައްމަދު އާޒިމް އަލީ (ޓޮޓީ) ކާމިޔާބު ކޮށްފައިވަނީ ދެން އެ ގޮނޑިއަށް ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓް އަބްދުالله އަލީ ގެ މައްޗަށް ކުރިހޯއްދަވައި، 50 ވޯޓުގެ ތަފާތަކުންނެވެ. މިއީ ދަ ޑިމޮކްރެޓްސް އުފެއްދިފަހުން މިހާތަނަށް ވާދަކުރި އިންތިޚާބުތަކުގެ ތެރެއިން އެ ޕާޓީގެ ކެނޑިޑޭޓަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
04 May 2024
ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް ބިލްތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްޑީ ފަހުމީ
ރަމަޟާން މަހުގެ ފެނާއި ކަރަންޓު ބިލުތަކުގައި ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުން ދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. މިރޭ ހުސައިން ފަހުމީ އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް ޢާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ތަންފީޒުކޮށްފައި ކަމަށެވެ.
04 May 2024
މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ފަށައިފި
މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 5 ފަރާތަކާ ގުޅިގެން، މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން ދާ ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ވިލެޖް ސާފުކުރަމުން ދަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ) އަދި، ދިވެހި ފުލުހުންގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ގުޅިގެންނެވެ.
04 May 2024
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ޑީޕޯޓުކުރުމުގެ މަސައްކަތް ފަށައިފި
މިއަދު މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައި ކަމަށެވެ. އަދި އިމިގްރޭޝަނާއި ގުޅިގެން ފުލުހުން ދަނީ އެ މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
02 May 2024
ސިނާއީ ބޭނުމަށް ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި
މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޢާންމުކުރައްވާފައިވާ ނޫސްބަޔާނުގައި ވަނީ ތިލަފުށީގެ 1 ވަނަ ފިޔަވައްސާއި 2 ވަނަ ފިޔަވަހިން، ސިނާޢީ މަސައްކަތްތަކަށް ޚާއްސަކޮށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތައް ވިއްކުމަށް ހަމައެކަނި ދިވެހިންނަށް ހުޅުވާލާ ކަމަށެވެ. މިގޮތުން ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަށާއި ކުންފުނިތަކަށްވެސް ވަނީ ހުޅުވާލާފައެވެ.
02 May 2024
އޯ.އައި.ސީގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، ޑރ.ޝަހީމް ގަމްބިއާއަށް
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ގަމްބިއާ އަށް ފުރާވަޑައިގެންފިއެވެ. ޑރ.ޝަހީމް މި ސަމިޓުގައި ބައިވެރިވުމަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ޚާއްސަ މަންދޫބުގެ ގޮތުގައެވެ.
02 May 2024
ޑރ. ރަމްޝާ ނިޔާވުމުންރައީސް ޑރ. މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޑރ. ރަމްޝާ ނިޔާވުމާ ގުޅިގެން ތަޢުޒިޔާ ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޚިދުމަތްތެރި އަދި ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވި ޚަބަރު އަޅުގަނޑު އެމަނިކުފާނު އަޑުއެހީ ފުން ހިތާމަޔާ އެކުގައި ކަމަށެވެ. އަދި މަރްޙޫމާ ޑރ. ރަމްޝާއަށް ﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ޑރ. މުޢިއްޒުވަނީ ދުޢާ ކުރައްވާފައެވެ.
02 May 2024
ފަރަންސޭސި ވިލާތާއެކު ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށް މަޝްވަރާކުރައްވައިފި
ފަރަންސޭސިވިލާތާއި ރާއްޖެއާއި ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ގުޅުންތައް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފއިވަނީ މިއަދު ރާއްޖޭގެ އެކޮނޮމިން މިނިސްޓަރ މުހައްމަދު ސަޢީދާއި ފަރަންސޭސި ވިލާތުގެ ސަފީރު ޖީން-ފްރާންސުއާ ޕެކްޓޭ އާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
02 May 2024
ރޯދަމަހުގެ ބިލްތަކަށް ލުއި ނުލިބޭ މައްސަލަ ޙައްލުކުރަން ރައީސް ޑރ.މުޢިއްޒު އަންގަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ.
02 May 2024
ވިޔަފާރި ރެޖިސްޓްރޭޝަން މަރުހަލާ އަވަސްކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ މަރުހަލާ އަވަސްކޮށް، ރަނގަޅު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
02 May 2024
ރަމަޟާން މަހުގެ ޑިސްކައުންޓް ދޭނަން: އެމްޑީ ފަހުމީ
މިއަދު ސްޓެލްކޯއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ⁦‪ޑރ. މުޙައްމަދު މުޢިއްޒު‬⁩ ގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި ކަމަށެވެ.
02 May 2024
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ޑރ.ރަމްޝާ ނިޔާވެއްޖެ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މެޑިކަލް އޮފިސަރެއްގެ މަޤާމު އަދާކުރެއްވި ޑރ. ރަމްޝާ އައިމިނަތު ނިޔާވެއްޖެއެވެ.ޑރ. ރަމްޝާ ނިޔާވެފައިވަނީ ބެންކޮކްގައި، ކެންސަރަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ.
02 May 2024
މާފުށްޓާއި ގުރައިދޫއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ވަޒީރު އެދެރަށަށް ޒިޔާރަތްކުރައްވައިފި
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާފުށްޓާއި ގުރައިދޫއަށް ވާރޭވެހުމުގެ ސަބަބުން ލިބުނު ގެއްލުން ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު އިއްޔެ އެރައްތަކަށް ޒިޔާރާތް ކުރައްވާފައިވާ ކަމަށެވެ. އަދި މި ޒިޔާރާތުގައި އެ ވުޒާރާގެ އިސްވެރިންނާއެކު، ގެއްލުން ލިބުނު ގެތަކަށް ވަޒީރު ވަޑައިގަންނަވާ އާޢިލާތަކާއި ބައްދަލުކުރެއްވިކަންވެސް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
01 May 2024
ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ސްޓެލްކޯއިން ފަށަނީ
ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ފަށާނަނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ ވިދާޅުވީ މިހާރު ސްޓެލްކޯއިން ހިންގާ 33 ޕަވަރ ހައުސްގެ ތެރެއިން ބައެއް ރަށްތަކުގައި ރައްޔިތުންނާ ވަރަށް ކައިރީގައި، އަޑު ނުވަތަ ދުމުގެ އުނދަގޫ ވާ ހިސާބުގައި އިންޖީނުގެތައް އެބަހުރި ކަމަށެވެ. އަދި ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނު ގެތައް ދުރަށް ބަދަލު ނުކޮށް ހުރީ ބިން ނެތުމުން ކަމަށެވެ.
01 May 2024
ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި - ހީނާ
ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ މިހާރުހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެވެސް ފުރިހަމައަށް، ރައްޔިތުންނަށް ޚިދުމަތް ލިބޭގޮތަށް ސަރުކާރުން ތަރައްޤީކުރާނެކަމަށެވެ.
01 May 2024
އުރުދުން އިން އެހީ ހިފައިގެން ޣައްޒާއަށް ދިޔަ ދެ ގާފިލާއަކަށް އިސްރާއީލުގެ ވަޒަންވެރިން ހަމަލާދީފި
އުރުދުންގެ ހާރިޖީ ވުޒާރާއިން ވިދާޅުވީ މިއަދު ޣައްޒާއާ ދިމާއަށް ދަތުރުކުރަމުން ދިޔަ އުރުދުންގެ އިންސާނީ އެހީގެ ދެ ކޮންވޯއީއަށް އިސްރާއީލުގެ ބައެއް ވަޒަންވެރިން ހަމަލާދީފައިވާ ކަމަށެވެ.
01 May 2024
ޗައިނާގެ ހައިވޭއެއް ވެއްޓި މަދުވެގެން 24 މީހުން މަރުވެއްޖެ
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޗައިނާގެ ހައިވޭއެއްގެ ބައެއް ވެއްޓި، ހައިވޭއިން ދަތުރުކުރަމުންދިޔަ މީހުންގެ ތެރެއިން މަދުވެގެން 24 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
01 May 2024
މަސައްކަތްތެރިންގެ ހިތްވަރަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގާ - މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހު
ބައިނަލްއަޤަވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމާހު ވަނީ އެ ކުންފުނީގެ މަސައްކަތްތެރިންގެ ބުރަ މަސައްކަތާއި، ޚިދުމަތްތެރިކަމާއި، ޙިއްޞާއަށް ޝުކުރު ދަންނަވާފައެވެ. އަދި އެ ބޭފުޅުންގެ މަސައްކަތަކީ ކުންފުނީގެ ކާމިޔާބީގެ ބިންގާކަމަށެވެ.
01 May 2024
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް 24 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު 100،000 ރުފިޔާ އިން ޖޫރިމަނާކޮށް 24 އަހަރާއި 11 މަހާއި 13 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ/ ގަދަކޯޅީމާގެ، އަހުޒަރު އަހުމަދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މ. ސެސްނާ/ ފަސްވަނަ ފަންގިފިލާގެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ރައްކާކޮށް ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު އެވެ.
01 May 2024
ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ކުރީގެ ނައިބު ރައީސް ޖިހާދު އައްޔަނުކުރައްވައިފި
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ)ގެ ޗެއާޕާސަންގެ މަޤާމަށް، ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު އައްޔަންކުރައްވައިފިއެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމްއައިއެފްއެސްއޭ ގެ ގަވަނިން ބޯޑް އެކުލަވާލައްވާ ޗެއާ ޕާސަންއަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަނުކުރައްވާފައި ވާކަމަށެވެ. އަދި ވަޒީރު ވަނީ ޖިހާދަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ މާލީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ރައީސް ކުރައްވާ ތަސައްވަރު، ފުއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ.
01 May 2024
ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަޙްޤީގުކުރަނީ
ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އެއް ފުލުހުން ތަޙްޤީގުކުރަން ފަށައިފިއެވެ. ފުލުހުން މިރޭ މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ހުވަދުއަތޮޅާއި، ޏ. އަދި ސ. އަތޮޅުގައި ހިމެނޭ ރަށެއްގައި ޢުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.
01 May 2024
މީޑިޔާތަކަށް އިންޒާރުދޭ މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި
ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދިވެހި މީޑިއާތަކާއި ނޫސްވެރީންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާ މީޑިއާތަކަށް އަރުވާކަމަށެވެ.
30 Apr 2024
ޙައްޖު ދަތުރުތަކުގެ ޚަރަދުކުޑަކުރުމަށް ޙައްޖު ކޯޕަރޭޝަން ރިއަލް އެސްޓޭޓަށް
މިއަދު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
30 Apr 2024
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ސަރވިސް ޗާރޓަރ އިފްތިތާހުކޮށްފި
އެންޓި- ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން މިއަދު ބުނީ އެ ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ފެންވަރުގައި ފޯރުކޮށްދެވޭ، ހިތްހަމަޖެހޭ ޚިދުމަތްތަކެއް ދެވޭ މުއައްސަސާއަކަށް ހެދުމުގެ މަޤުޞަދުގައި އެންޓި-ކޮރަޕްޝަންގެ ކޮމިޝަނުގެ ސަރވިސް ޗާޓަރ މިއަދު އިފްތިތާޙް ކޮށްފައިވާ ކަމަށެވެ.
30 Apr 2024
އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށަނީ
މިއަދު އެމްޓީސީސީއިން ހާމަ ކުރެއްވި ގޮތުގައި އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ސާމާނު މިއަދު ވަނީ މަސައްކަތް ކުރާ ތަނަށް ގެންގޮސްފައެވެ.
30 Apr 2024
ތިން ރަށެއްގެ ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލާން ހުޅުވާލައިފި
ތިން ރަށެއްގެ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އެގޮތުން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށާއި ގަމު ކައުންސިލްގެ މެންބަރުގެ ގޮނޑިއަށް އަދި މުލަކު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި އަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިގޮތުގައި މި ތިން ގޮނޑި ހުސްވެފައިވާތީ އެ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބާއްވާނީ ޖޫން 15 ގައެވެ.