ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ މަރުހަލާ އަވަސްކޮށް، ރަނގަޅު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އެމްއައިބީއިން އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ: އިކޮނޮމިކް މިނސްޓްރީ
ހަބަރު
02 May 2024 | 19:42
ވިޔަފާރި ރެޖިސްޓްރޭޝަން މަރުހަލާ އަވަސްކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ މަރުހަލާ އަވަސްކޮށް، ރަނގަޅު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނިގޮތުގައި، މިއީ ވިޔަފާރި ރަޖިސްޓްރޭޝަން ވެރިފިކޭޝަން ޕްރޮސެސް އަވަސްކޮށް މިހާރަށްވުރެ ރަނގަޅަށް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި ޑޭޓާ ހިއްސާ ކުރުމަށް ވެވޭ އެއްބަސްވުމެކެވެ.

މިއީ މިފަދައިން ޑޭޓާ ހިއްސާކޮށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި މިިނިސްޓްރީން މިފަދަ އެއްބަސްވުމެއް އެކުލަވާލި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި އެއްބަސްވުން ބިނާވެފައިވަނީ، ވިޔަފާރި ޕޯޓަލެއް ކަމަށްވާ ބޮލި އޭޕީއައިއަށެވެ. މި ޕޯޓަލް ފަރުމާކޮށްފައިވަނީ ވިޔަފާރިތަކުން ރަޖިސްޓްރޭޝަން ޑޭޓާއާއި އައިޑެންޓިޓީ ޔަގީންކުރުމަށް ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރުމުގެ މަގުސަދުގައެވެ. މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ފެށުމަށް ބޭނުންވާ ޑޮކިއުމަންޓުތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. 

މި ޕޯޓަލްގެ ސަބަބުން ރަޖިސްޓްރޭޝަން އަވަސްވުމާއި، ކަސްޓަމަރުންނަށް ދޭ ޚިދުމަތް ރަނގަޅުވުމާއި މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވުން ފަދަ އެތައް ފައިދާއެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ