ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
23 May 2024
13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
މިއަދު ފުލުހުން ހާމަކުރެއްވި ގޮތުގައި އުތުރުގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މޭ މަހު 19 ވަނަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ދަނީ ތަޙްޤީގު ކުރަމުންނެވެ.
23 May 2024
އެމްއެންޑީއެފް ކޯސްޓްގާޑުގެ 17 ސިފައިން ސީ ވިޝަން އޮޕަރޭޓަރ ކޯސް ފުރިހަމަކޮށްފި
އެމްއެންޑީއެފް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ސީ ވިޝަން އޮޕެރޭޓަރ ކޯހުގައި ބައިވެރިވެ، ދިވެހި ކޯސްޓުގާޑުގެ 17 ސިފައިން ކާމިޔާބުކަމާއެކު އެ ކޯސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ސީ ވިޝަން އޮޕެރޭޓަރ ކޯހަކީ، ރާއްޖޭގެ ކޯސްގާޑަށް އަމާޒުކޮށް އެމެރިކާ ކަނޑުގެ ސިފައިންގެ ހަތްވަނަ ފްލީޓުން ހިންގި ކޯހެކެވެ.
23 May 2024
މިރޭގެ މޫސުންވެސް ވަރަށް ގޯސް: ހއ. އަތޮޅުން ވ. އަތޮޅަށް އޮރެންޖު ސަމާލު
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި، މިރޭގެ މޫސުންވެސް ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފި އެވެ. މިރޭ ހއ. އަތޮޅުން ވ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ 19:15 އިން ފެށިގެން 23:15 އާ ހަމައަށެވެ.
23 May 2024
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ތަސްދީޤު ކުރައްވައިފި
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
23 May 2024
ޗައިނާ އިން ރާއްޖެއަށް 1,500 ޓަނުގެ ފެން ހަދިޔާކޮށްފި
ޗައިނާ އިން ރާއްްޖެއަށް 1,500 ޓަނުގެ ފެން ހަދިޔާކޮށްފި އެވެ. މިއަދު ރާއްޖޭގެ ޚާރިޖީ ވުޒާރާގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖެއަށް ފެން ހަދިޔާކުރި ކަމުގެ ލިޔުން ޚާރިޖީ ވަޒީރު މޫސާ ޒަމީރުއާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލީ ޖިން އެވެ.
23 May 2024
ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު އަލްސަންވެސް ޕީއެންސީއަށް!
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާއަށް އިންތިޚާބުވި މެންބަރު މުޙައްމަދު އަލްސަން އަޙްމަދު މިއަދު ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.
23 May 2024
މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައިގެން ނަމެއް ދޭން ހުށަހަޅައިފި
މާލޭގެ މޭޔަރ، އާދަމް އާޒިމް ވިދާޅުވީ މާލޭގައި ނަން ނުދީ އޮތް ދެ މަގެއް އެބައޮތް ކަމަށާއި އެތަނުން މަގަކަށް ނުވަތަ އެހެން މަގަކަށް ނަމަވެސް ފަލަސްތީނު ހިނގުން ފަދަ ނަމެއް ކިޔަން ފެނޭތޯ ކައުންސިލުގެ ލަފަޔަކަށް އެދި ހުށަހަޅާ ކަމަށެވެ.
22 May 2024
އެޗްޑީސީގެ ޗެއަރމަން، ޒުހޫރު މަޤާމުން ވަކިކޮށްފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން މިރޭ ބުނެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން  (އެޗްޑީސީ)ގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ޒުހޫރު އެމަޤާމުން މިއަދުންފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ޒުހޫރު އެ މަޤާމުން ވަކި ކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
22 May 2024
މޫސުން ވަރަށް ގޯސް: ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮރެންޖް ސަމާލު
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި، މޫސުން އިތުރަށްވެސް ގޯސްވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފި އެވެ. މިރޭ ބ. އަތޮޅުން މ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ 19:30 އިން ފެށިގެން 22:30 އާ ހަމައަށެވެ.
22 May 2024
ސައިޓްތަކާއި އާންމުން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރަން އެޗްޑީސީން އިލްތިމާސްކޮށްފި
އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މި ދުވަސްވަރަކީ މޫސުން ގޯސް، ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށް ވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން ހުޅުމާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުގައި ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ހުރިހާ ކޮންޓްރެކްޓަރުންނަށާއި ޢާންމު ފަރާތްތަކަށްވެސް އިލްތިމާސްކުރާ ކަމަށެވެ.
22 May 2024
ގެއްލިގެން ހޯދަމުންދިޔަ ބަންގްލަދޭޝްގެ މެމްބަރަކު އިންޑިއާގައި މަރާލާފައި އޮއްވާ ފެނިއްޖެ
ބަންގްލަދޭޝްގެ ވެރިކަން ކުރާ ޕާޓީގެ މެމްބަރަކު ގެއްލުނުތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުން އިންޑިއާގެ ކޮލްކަތާ ސިޓީގައި މަރާލާފައި އޮއްވާ ފެނިއްޖެ ކަމަށް ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ވިދާޅުވެއްޖެ އެވެ. ކޮލްކަތާގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކު މައުލޫމާތު ދެއްވި ގޮތުގައި، އަނާރުގެ ހަށިގަނޑު ފެނިފައިވަނީ މިއަދުގެ ވަގުތެއްގައި، ނިއު ޓައުންގެ ދޫކޮށްލާފައި އޮތް ގެއަކުންނެވެ.
22 May 2024
ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ބިދޭސީއަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ހާމަކުރެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ، ހުޅުމާޅޭ ފުރަތަމަ ފިޔަވަހީގެ ލަންސިމޫ މަގުގައެވެ. އަނިޔާވެފައިވާ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
22 May 2024
"ދަނޑުވެރި މަންފާ" ގެ ނަމުގައި ހިލޭ އެހީ ދޭ ސްކީމެއް ތަޢާރަފުކޮށްފި
"ދަނޑުވެރި މަންފާ" ގެ ނަމުގައި ހިލޭ އެހީ ދޭ ސްކީމެއް ތައާރަފް ކޮށްފި އެވެ. މި ސްކީމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މި ސްކީމް ހުޅުވާލަން ނިންމާފައިވަނީ މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ. ހދ. އަދި ށ. އަތޮޅުން ހޮވާލާފައިވާ 26 ރަށެއްގައެވެ.
21 May 2024
އީރާނުގެ ރައީސް ފަސްދާނުލުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު އާދަމް ޝަރީފް ފުރާވަޑައިގެންފި
އީރާނުގެ ރައީސާއި ޚާރިޖީ ވަޒީރު ފަސްދާނުލުމާއި، އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަތުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު އުމަރު ފުރާ ވަޑައިގެންފިއެވެ.
21 May 2024
ލަންޑަނުން ސިންގަޕޯރަށް ދިޔަ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި، ގިނަ ބަޔަކު ޒަޚަމްވެ އެކަކު މަރުވެއްޖެ
ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯރ އެއަރލަިއންގެ ފްލައިޓު، ބޮއިންގް 777-300އީއާރު ވަނީ ރާޢްޖެ ގަޑިން، މިއަދު މެންދުރު 13:45 ހާއިރު ބެންކޮކަށް ޑައިވަރޓްކޮށް، ކުއްލި ގޮތަކަށް ޖައްސާފައެވެ. ސިންގަޕޯރ އެއަރލައިނުން މައުލޫމާތުދެއްވި ގޮތުގައި ބޯޓުގައި ތިބި 31 މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 73 އަހަރުގެ އިނގިރޭސި ފިރިހެނެކެވެ.
21 May 2024
މިފްކޯގެ އެމްޑީ، ސަމާހު މަޤާމުން ވަކިކޮށްފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން މިރޭ ބުނެފައިވަނީ މިފްކޯ ގެ ސީއީއޯ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުންފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
21 May 2024
އިޖުތިމާއީ ޙަރަކާތްތަކަށް އެހީވާން ބީއެމްއެލް އިން ''ބޭންކް ފަންޑް'' ތަޢާރަފުކޮށްފި
އިޖުތިމާއީ ޙާރަކާތްތަކަށް އެހީވާން ބީއެމްއެލް އިން ''ބޭންކް ފަންޑް'' ތަޢާރަފުކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތަޢާރަފުކުރި ބޭންކް ފަންޑަކީ ދެމެހެއްޓެނިވި އަދި އާ މަޝްރޫއުތަކެއްގެ ތެރެއިން ލޯކަލް އެންޖީއޯތައް މުޖުތަމައުގައި ބާރުވެރިކުރުވުމަށް ދޭން ނިންމާފަ ފަންޑެކެވެ.
21 May 2024
ބ. އަތޮޅުން މ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފި
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި ވައިގަދަވެ، ކަނޑު ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން މ.އަތޮޅަށް ރީނޑު ސަމާލު ނެރެފި އެވެ. ބ. އަތޮޅުން މ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ މިރޭ 20:30 އާ ހަމައަށެވެ.
21 May 2024
ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ފިޝަރީޒް މިނިސްޓްރީއިން ޚާއްސަ ހަރަކާތްތަކެއް ހިންގަނީ
މިއަދު މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން އެ ދުވަހާ ގުޅިގެން އެ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމުގައެވެ.
19 May 2024
އިރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމަށް ވައިގެމަގުން ކުރަމުންދިޔަ މަސައްކަތްތައް މެދުކަނޑާލައިފި
އެމަޖެންސީ ސާވިސަސް އޯގަނައިޒޭޝަންގެ ތަރުޖަމާނު ބާބަކް ޔެކްޓަޕަރަސްޓް ވިދާޅުވި ގޮތުގައި، އިރު އޮއްސުމާއެކު، ހެލިކޮޕްޓަރު ހޯދުމަށް، ވައިގެ މަގުން ކުރަމުން ދިޔަ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. އަދި އިތުރަށް އެ މަސައްކަތް ކުރިއަށް ގެންދެވެން ނެތުމުން، މިހާރު ވައިގެ މަގުން، ހެލިކޮޕްޓަރު ހޯދުން މެދުކަނޑާލާފައިވާކަމަށެވެ.
19 May 2024
ރައީސް ޑރ.މުޢިއްޒުގެ ކާމިޔާބީގެ ސިއްރަކީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން: އަބްދުއްރަޙީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ އެ މަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ކަމުގައި ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
19 May 2024
ރައީސީ އަވަހާރަ ވެއްޖެނަމަ ވެރިކަމާ ހަވާލުވާނީ ނައިބްރައީސް
އިރާނުގެ ޤާނޫނު އަސާސީގައި ބުނެފައި ވާގޮތުން ކުއްލި ޙާލަތެއްގައި އެ ޤައުމުގެ ރައީސް އަވަހާރަ ވެއްޖެ ނަމަ، ސުޕްރީމް ލީޑަރުގެ ހުއްދައާއެކު ވެރިކަމާ ހަވާލުވާނީ ނައިބު ރައީސެވެ. އެހެން ކަމުން، މިއަދުގެ ހެލިކޮޕްޓަރު ހާދިސާގައި ރައީސް، އިބްރާހީމް ރައިސީ އަވަހާރަވެއްޖެ ނަމަ، ވަގުތީގޮތުން ނައިބު ރައީސް، މުހައްމަދު މޮޚްބަރު ރައީސްގެ މަގާމަށް އަންނާނެ ކަމަށް ނޫސް ތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.
19 May 2024
އިރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް 40 ޓީމަކުން އެބަކުރޭ
އީރާނުގެ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ފަރުބަދަމަތީ ސަރަހައްދެއްގައި ދަތުރުފުޅުކުރައްވަނިކޮށް އީރާނުގެ ރައީސް އިބްރާހީމް ރައިސީ ދަތުރުފުޅު ކުރައްވާ ރަސްމީ ހެލިކޮޕްޓަރު ގެއްލިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ހާދިސާއާ ގުޅިގެން، އަދި އިރާނުގެ ދައުލަތުން، ރަސްމީ ބަހެއް ބުނެފައި ނުވިނަމަވެސް، މީޑިއާ ތަކުން ރިޕޯޓުކުރާގޮތުގައި، އެ ހެލިކޮޕްޓަރު ހޯދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު، އެ ހެލިކޮޕްޓަރު ހޯދުމުގެ މަަސައްކަތަށް ވަނީ 40 ޓީމު ފޮނުވާފައެވެ.
19 May 2024
އީރާނުގެ ރައީސް ރައީސީ ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރު ކުއްލި ހާލަތުގައި ލޭންޑްކޮށްފި
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރު ވަނީ ލޭންޑު ކުރުމުގެ ތެރޭގައި އެކްސިޑެންޓަކާ ދިމާވެފައެވެ. އެ ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ ވެސް ދަތުރުކުރައްވަމުން ގެންދެވިއެވެ.
19 May 2024
ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިންވެސް ޕީއެންސީއަށް
ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާއަށް އިންތިޚާބުވި މެންބަރު ޝާމިން ހަބީބުވެސް މިއަދު ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.
19 May 2024
ތިލަފުށީ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މައިލްސްޓޯން 1 ފުރިހަމަކޮށްފި
މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަ ކުރެއްވި ގޮތުގައި ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ނިމި، ތަރައްގީކުރުމުގެ ފިޔަވަހިތަކުގެ ތެރެއިން ފުރަތަމަ މައިލްސްޓޯން ފުރިހަމަވެފައިވާ ކަމަށެވެ.
19 May 2024
ފުލުހުންނަށް ބިރުދެއްކި ތިން މީހުންގެ ބަންދަށް ހަތް ދުވަސް
ފުލުހުން ހާމަކުރެއްވި ގޮތުގައި ދެ ފުލުހަކަށް ވަޅިން ބިރުދެއްކި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންވެސް ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
18 May 2024
އެތެރޭގެ އުދުހުންތަކުގައި 100 މިލިލީޓަރަށްވުރެ ގިނައިން ދިޔާތަކެތި ނުގެންދެވޭގޮތަށް ހަދައިފި
ދިވެހިރާއްޖޭގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން މިއަދު ވިދާޅުވީ އަތްދަބަހުގައި ދިޔާ ތަކެތި ގެންދެވޭނެ ގޮތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައި ދިޔާތަކެތި އަޅާފައި ހުންނަ ކޮންޓެއިނަރ ގެންދެވޭނީ 100 އެމްއެލް، އަށް ވުރެ ގިނަ ނުކޮށް ކަމަށާއި ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލްގެ 10 ކޮންޓެއިނަރު ކަމަށެވެ.
18 May 2024
ގަދަ ވަޔާއެކު މަރަދޫ ފޭދޫ ގެއެއްގެ ފުރާޅު އެއްލާލައިފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ، ޓިއުލިޕްމާ ގޭގެ ފުރާޅު މިއަދު 11:59 ހާއިރު ވަނީ އެއްލައިލާފައެވެ. އެހެންކަމުން، އެ ފުރާޅު މަގުމަތިން އެއްފަރާތް ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
18 May 2024
މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
އެމް.އެން.ޑީ.އެފް އިން ހާމަ ކުރެއްވި ގޮތުގައި ކ. މާފުށީ ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވިމަކުގެ މައުލޫމާތު މާފުށި ފަޔަރ ސްޓޭޝަނަށް ލިބުނީ، މިއަދު މެންދުރު 12:34 ހާއިރުއެވެ.