06 May 2024
ކުރިއަށް އޮތް ހަތަރު މަހު، ޢާންމުކޮށް ވެހޭވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ: މެޓް އޮފީސް
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އަހަރުގެ ޖޫން, ޖުލައި, އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ޢާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނަށް އެ ހަތަރު މަހު، ވާރޭވެހޭނީ ޢާންމުކޮށް ވެހޭ މިންވަރަށްވުރެ މަދުން ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.