ރާއްޖެގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މުޒާހަރާ ކުރަނީ-- ފޮޓޯ: ވޮއިސް
ހަބަރު
06 May 2024 | 22:42
ބިދޭސީންގެ މައްސަލަ - ޤަވާއިދާ ޚިލާފަށް އުޅޭ މީހުން ޑޮކްޓަރަށް ދައްކަނީ ޤަވާއިދާ އެއްގޮތަށް އުޅޭ މީހާގެ ނަމުގަ

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ވަރަށް ސީރިޔަސް މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ސަބަބުން، ދިވެހިންގެ އިތުރުން އެމީހުންނަށްވެސް ސީރިއަސް މައްސަލަތަކެއް ދިމާވާ ކަމަށެވެ.

އެގޮތުން ސިއްޙީ ޚިދުމަތްތައް ފަދަ އަސާސީ ޚިދުމަތްތައް ހޯދުމުގައި ވެސް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް މައްސަލަތަކާ ދިމާވެ، އެ މީހުން ދަނީ  އިތުރަށްވެސް ޤަވާއިދާ ޚިލާފު ކަންކަން ކުރަމުން ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"ޤަވާއިދާ ޚިލާފަށް އުޅުމުން ނުކުން ނަތީޖާ ތަކެއް އެބަހުރި، ވަރަށް ސީރިއަސް މައްސަލަތަކެއް އެބަހުރި. މިސާލަކަށް ބުނާ ކަމުގަ ވަންޏާ ހޮސްޕިޓަލަށް ދައްކަން އޭނަ މިޖެހެނީ. އޭނައަކީ ވަރަށް ބޮޑު ބައްޔެއް ތަޙައްމަލު ކުރަމުންދާ މީހެއް. އޭނަ ހޮސްޕިޓަލަށް ދައްކަމުންދާއިރު އޭނާގެ އަތަކު ވޯކު ޕާމިޓެއް ނެތް. ދެން ޤަވާއިދާ ޚިލާފު މި ވަނީ މިކަމުގެ ތެރެއިންވެސް. ޤަވާއިދާ އެއްގޮތަށް އުޅޭ މީހެއްގެ ވަރކް ޕާމިޓު ހިފައިގެން ގޮސްފަ މެމޯ ހައްދާފަ، ޤަވާއިދާ ޚިލާފަށް އުޅޭ މީހާ މި ޑޮކްޓަރަށް ދައްކަނީ. ޤަވާއިދާ އެއްގޮތަށް އުޅޭ މީހާއަށް ލިބޭ ބޭސް، މި ބޭނުން ކުރަމުން ދަނީ ޤަވާއިދާ ޚިލާފަށް އުޅޭ މީހާ"

ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ މިގޮތަށް ވާހަކަފުޅު ދައްކަވާފައިވަނީ، މިހާރު ކުރިއަށް ގެންދަމުންދާ އޮޕެރޭޝަން ކުރަނގީގެ ދަށުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން، އަދި ހިފާ ހައްޔަރު ކުރުމުގެ ވިސްނުމެއް ނެތް ކަން ފާހަގަ ކުރައްވާ، މިހާރު ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަ ކުރައްވަމުންނެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މުސާރަ ނުދިނުން ފަދަ މައްސަލަތައް ދިމާވެގެން، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މީހާ، އޭނާ ރާއްޖެ ގެންނަ ފަރާތް ނޫން އެހެން ފަރާތެއް ކައިރީ މަސައްކަތް ކުރަން ފިލާ ކަމަށާއި، ދެ ފަރާތުންވެސް ބޭނުން ނަމަ، ބިދޭސީ މީހާ، އެކެއްގެ ބެލުމުގެ ދަށުން އަނެކެއްގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ބިދޭސީ މީހާ ޤަވާއިދުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. 

މީގެ އިތުރުން ސްޓޭޓް މިނިސްޓަރު ވަނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން، އެމީހުންގެ އެތައް ޙައްޤުތަކެއްވެސް ގެއްލޭކަން ފާހަގަ ކުރައްވާ، އޮޕެރޭޝަން ކުރަނގީގެ ދަށުން، ވަރަށް އަވަހަށް ރާއްޖޭގައި މިހާރު ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރެވިގެން ދާނެކަމަށް ވިދާޅުވެފައެވެ.

އޮޕެރޭޝަން ކުރަނގި ގެ ނަމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން މަޝްރޫޢެއް ފަށާފައިވަނީ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު ހިންމަފުށީގައި ފެށި މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް 6 ގަޑިއިރުގެ ތެރޭގައި 164 ބިދޭސީންގެ މައުލޫމާތު ނެގިފައިވާކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. 

އޮޕެރޭޝަން ކުރަނގީގައި މިހާރު ކުރިއަށް ގެންދާ މަރުޙަލާއަކީ، ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގާ، އެމީހުންނަކީ ކާކުކަން ހޯދުމެވެ. މި މަސައްކަތް ކުރުމަށް ކައުންސިލް ތަކާއި ޢާންމު ރައްޔިތުންގެވެސް އެއްބާރުލުން ނުހަނު ބޭނުންވާކަން ސްޓޭޓް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް
އަހްމަދް ރަސީދު
ޙުރިހާ ބިދޭސީން ފޮނުވާލައި ގަޥާއިދާއި އެއްގޮތަށް ގެންނަނަވީ
07 May 2024
އަހްމަދް ރަސީދު
މޯލްޑިވްސް އިމިގްރޭސަން ބޮއްސުން ލާފައި. ނިދިފާ!
07 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.