16 ރަށް ހިއްކުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމް.އެފް.އެމް.ސީ) އިން އެޓޯލް ވަރކްސް ޕްރައިވެޓް ލިމިޓެޑް އާއި އެކު ސޮއިކުރުން - ފޮޓޯ: އެމް.އެފް.އެމް.ސީ
ހަބަރު
08 May 2024 | 19:26
ފުރަތަމަ ފަހަރަށް ރާއްޖޭގެ ފަޅެއްގައި 16 ރަށް ހިއްކުމަށް ބަޔަކާ ހަވާލުކޮށްފި

ފުރަތަމަ ފަހަރަށް ރާއްޖޭގެ ފަޅެއްގައި 16 ރަށް ހިއްކުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމް.އެފް.އެމް.ސީ) އިން ބަޔަކާ އެކު ސޮއި ކޮށްފިއެވެ.

މިއަދު އެމް.އެފް.އެމް.ސީ އިން ނެރުއްވި ބަޔާނެއްގައި ވަނީ މިއަދު ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ ކޮންޓްރެކްޓެއްގައި ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އެޓޯލް ވަރކްސް ޕްރައިވެޓް ލިމިޓެޑް އާއި އެކު ސޮއި ކޮށްފައިފާކަމަށެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ކ. އަތޮޅު ގާފަރު ފަޅުގައި، ހިއްކާ 16 ރަށުގެ ތެރެއިން 14 ރަށް ޕްރައިވެޓް ރަށްތަކެއްގެ ގޮތުގައި އަދި 2 ރަށް ލަގްޒަރީ ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ކ.ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިންވެސް ހިއްކިގެން ދާނެއެވެ.

އެމް.އެފް.އެމް.ސީ އިން ހާމަކުރެއްވި ގޮތުގައި މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36،503،863.92 (ތިރީސް ހަ މިލިޔަން ފަސް ސަތޭކަ ތިން ހާސް އަށް ސަތޭކަ ފަސްދޮޅަސް ތިނެއް ޕޮއިންޓު ނުވަދިހަ ދޭއް) ޔޫ.އެސް ޑޮލަރު ޚަރަދު ވާނެއެވެ.

އަދި އެމް.އެފް.އެމްސީ. އިން އަންދާޒާކުރާ ގޮތުގައި، ހިއްކުމުގެ މަސައްކަތަށް 3،747،792 (ތިން މިލިޔަން ހަތް ލައްކަ ސާޅީސް ހަތް ހާސް ހަތް ސަތޭކަ ނުވަދިހަ ދޭއް) ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެއެވެ. އެހެން ކަމުން ކިއުބިކް މީޓަރަކަށް 7.8 (ހަތެއް ޕޮއިންޓު އަށެށް) ޔޫ.އެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 (ނަވާވީސް މިލިޔަން ދުއިސައްތަ ތިރީސް ދެ ހާސް ހަތްސަތޭކަ ހަތްދިހަ ހަތަރެއް) ޔޫ.އެސް ޑޮލަރު ޚަރަދުވާނެކަމަށް ބެލެވޭ ކަމަށްވެސް އެމް.އެފް.އެމްސީ އިން ވަނީ ހާމަ ކުރައްވާފައެވެ. އެ ކޯޕަރޭޝަނުން ވިދާޅުވިގޮތުގައި މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ ހިއްކުމުގެ މަޝްރޫޢުތަކަށް ދާ ޚަރަދަށްވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެކެވެ.

މި މަޝްރޫޢަށް ދާ ޚަރަދު އެމް.އެފް.އެމް.ސީ އިން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމާ، އެރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކާ، އާމްދަނީ ހޯދައިގެންނެވެ.

ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުން ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް، އެމް.އެފް.އެމްސީ އިން ވިދާޅުވެއެވެ.

ކ.ގާފަރު ފަޅަކީ ސަރުކާރުން އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްޤީކުރުމަށް އެމް.އެފް.އެމް.ސީ އަށް ހަވާލުކޮށްފައިވާ ފަޅެކެވެ. އެމް.އެފް.އެމް.ސީ އިން ހާމަ ކުރެއްވި ގޮތުގައި މި ފަޅު ތަރައްޤީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓަރ ޕްލޭން މިހާރު ވަނީ ނިމިފައެވެ.

ޖުމްލަ 106.91 ހެކްޓަރު (1،069،100 ސްކޮޔަރ މީޓަރު) ގެ ބިން ހިއްކިގެންދާ މި ބިޔަ މަޝްރޫޢުއަކީ މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ އެންމެ ފުރަތަމަ މަޝްރޫޢު ކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.