މޯލްޑިވިއަން އިން މިއަދު، އަލަށް ގެނައި އޭޓީއާރު 600-42 މަރުކާގެ މި މަތިންދާބޯޓު - ފޮޓޯ: މޯލްޑިވިއަން
ހަބަރު
08 May 2024 | 21:07
މޯލްޑިވިއަން އިން އޭޓީއާރް 600-42 މަރުކާގެ 4 ވަނަ މަތިންދާބޯޓު ރާއްޖެ ގެނެސްފި

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ޒަމާނީކޮށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މުޅިން އާ އޭޓީއާރު 600-42 މަރުކާގެ އިތުރު މަތިންދާބޯޓެއް ގެނެސްފިއެވެ.

މޯލްޑިވިއަން އިން މިއަދު، އަލަށް ގެނައި އޭޓީއާރު 600-42 މަރުކާގެ މި މަތިންދާބޯޓަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކާއެކު އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެކެވެ.

މިއީ ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު މޯލްޑިވިއަން އިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގަނެގެން ގެންނަ އޭޓީއާރް 600-42 މަރުކާގެ އާ ދެބޯޓުގެ ތެރެއިން އެއް ބޯޓެވެ. މޯލްޑިވިއަން އިން މީގެ ކުރިންވެސް ވަނީ އޭޓީއާރްގެ ތިން ބޯޓު ރާއްޖެއަށް ގެނެސްފައެވެ. އެއީ، 600-42 މަރުކާގެ އެއް ބޯޓާއި، 600-72 މަރުކާގެ ދެ ބޯޓެވެ.

މޯލްޑިވިއަން އިން ހާމަކުރެއްވި ގޮތުގައި، ފްލީޓަށް މިއަދު އަލަށް ގުޅުނު މަތިންދާބޯޓުގެ ސަބަބުން މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރެވި އަދި ރޫޓުތަކަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރެވި ދިވެހިންނަށާއި ފަތުރުވެރިންނަށްވެސް ކަނެކްޓިވިޓީ އިތުރުކުރެވި، ފަސޭހަކަމާއެކު ދަތުރުތައް ހަމަޖެއްސޭނެއެވެ.

މި ބޯޓު މިއަދު ހަވީރު ރާއްޖެ އައިސްފައިވާއިރު، މި މޭލުދަނޑި ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެއެވެ. އެ ރަސްމިއްޔާތުގައި ދަޢުވަތު އެރުވުނު ޚާއްސަ މެހެމާނުންނާއި ކުންފުނީގެ މުވައްޒަފުންނާއި ދާއިރާގެ މުހިންމު ބައިވެރީންވެސް ބައިވެރިވެފައިވާކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް އިޔާސް ވަނީ ކުންފުނީގެ އިސްތިރާޖީ ރޭވުންތައް ތަރައްޤީކުރުމަށްޓަކައި އައު މަތިންދާބޯޓުފަހަރުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.

"އަޅުގަނޑުމެންގެ ފްލީޓަށް އިތުރުވާ މި އައު މަތިންދާބޯޓާއެކު ފަސިންޖަރުންނަށް ކުރެވޭ ތަޖުރިބާ އަދި އޮޕަރޭޝަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. މި ބޯޓުން ތަފާތު ހިތްހަމަޖެހުމެއް ދަތުރުވެރިންނަށް ލިބިގެންދާނެކަމަށާ އެގޮތުން މި މަތިންދާބޯޓުގެ އެތެރޭގެ ފިނިހޫނުމިން ކޮންޓްރޯލްކުރެވިފައިވާ ރަނގަޅު ނިޒާމަކާއި އަޑުތައް އިވޭ މިންވަރު ދަށްކުރެވުން ހިމެނޭ. މީގެ އިތުރުން ޒަމާނީ އެވިއޮނިކްސް އާއި ޚާއްސަ ފިއުލް އިކޮނޮމީއަކީ އަޅުގަނޑުމެންގެ ފުޅާވަމުން އަންނަ ނެޓްވޯކްގެ ޕާފޯމަންސް އިތުރަށް ރަނގަޅުކުރެވި ދެމެހެއްޓުމަށްކުރާ މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެން. ޒަމާނީ މި އައު މަތިންދާބޯޓަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށްވާ ޙާލު ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އަޅުގަނޑުމެންދޭ ޚިދުމަތް ރަނގަޅުކުރެވި ކުރާއިތުބާރު އިތުރުވާނެކަމުގެ އުއްމީދުކުރެވޭ."

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ޚާއްސަ މެހެމާނުންނަށް މަތިންދާބޯޓުގެ އެތެރޭގައިވާ ތަނަވަސް ކެބިން އާއި ޒަމާނީ ނެވިގޭޝަން ސިސްޓަމްތަކާއި ތިމާވެއްޓާ ރައްޓެހި ޑިޒައިން ވަނީ ދައްކާލާފައެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓު ކުރަމުންދާއިރު، މީގެ ތެރޭގައި އެއާބަސް 320A މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.