އުފާ ފެސްޓިވަލް --
09 May 2024 | 22:32
ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް "އުފާ ފެސްޓިވަލް" ގެ ނަމުގައި ޚާއްސަ ކާނިވަލެއް

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި "އުފާ ފެސްޓިވަލް"ގެ ނަމުގައި ކުޑަކުދީންގެ ހަވީރެއް ބޭއްވުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ބާއްވާ މި ހަރަކާތަކީ ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި އުރީދޫއާ ވެސް ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި މި ޚާއްސަ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 އަދި 11 ވަނަ ދުވަހުގައެވެ.

"އުފާ ފެސްޓިވަލް" ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

ފެސްޓިވަލްގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހުކުރު ދުވަހުގެ ހަވީރު، ތަފާތު ގޭމް ސްޓޯލްތަކާއި ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން ރޮބޯމޭންގެ ހަރަކާތްތައް ފެނިގެންދާނެއެވެ. މީގެއިތުރުން ބައުންސިންގް ކާސަލް އަދި ތަފާތު މެސްކޮޓްތަކާއ، ރީޑިންގ ވިތް މިސް ޔޫލީ ކިޔާ ހަރަކާތެއްވެސް ހުކުރުދުވަހު ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ ޓްރަކް، އެމްޓީސީސީ ބަސް އަދި އެމްޕީއެލް ރީޗް ސްޓެކަރއަށް އަރާލުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

ހޮނިހިރު ދުވަހު ސްޓޯލްތަކުގެ ހަރަކާތަކުގެ ބަދަލުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފެންކުޅީގެ ތަފާތު ހަރަކާތްތަކެވެ. މިގޮތުން ފޯމް ބައުންސިންގް އިންފްލޭޓެބަލްއާއި ބައުންސިންގެ ކާސަލްގެ އިތުރުން ފެން ޖެހުމުގެ ކުޅިވަރު އޮންނާނެއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ 20:00 އިން 22:00 އަށް ވަރަށް ޚާއްސަ މޫވީ ނައިޓެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޚާއްސަ ފެސްޓިވަލް ނިންމާލުމުގެ ގޮތުން ހަވާއެރުވުން ވެެސް އޮންނާނެކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ