ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު --- ފޮޓޯ: އެކްސް
ހަބަރު
09 May 2024 | 17:25
ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އިންޑިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުއާއި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޖައިޝަންކަރުއާއި ބައްދަލުކުރައްވާ ވަނީ ރަސްމީ މަޝްވަރާ ތަކެއް ކުރައްވާފައެވެ. އެގޮތުން މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓާއި، ކެޕޭސިޓީ ބިލްޑިންގ ފަދަ ދާއިރާތަކުން ދެ ޤައުމުގެ އެއްބާރުލުން ފުޅާކޮށް ފުންކުރުމާ ގުޅޭ ގޮތުންނެވެ.

މި ބައްލުވުމާ ގުޅޭ ގޮތުން، ވަޒީރު ޒަމީރު އެކްސްގައި ވިދާޅުވީ ޑރ. އެސް ޖައިޝަންކަރާ ބައްދަލުވެވަޑައިގަތުމުން އުފާކުރައްވާކަމަށެވެ. އަދި އިންޑިޔާގެ ވެރިރަށް، ނިއުދިއްލީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު އޮތް، ޒަމާންވީ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވާ، އެ ގުޅުމުގެ ތެރެއިން ކުރެވެމުން އަންނަ މަސައްކަތްތައް އިތުރުކުރުމާއިމެދުވެސް މަޝްވަރާތައް ކުރެއްވިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިންޑިޔާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރުވެސްވަނީ މި ބައްދަލުވުމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ. އެގޮތުން، ރާއްޖެއާއި އިންޑިއާގެ ގުޅުން ބިނާވެގެން އަންނަނީ ދެ ޤައުމުގެވެސް މަސްލަހަތު ހިމެނޭކަންކަމުގެ މައްޗަށާއި ދެ ފަރާތުން ކޮށްދެމުންދާ ކަންކަމުގެ އިތުރުން އެއް ޤައުމުން އަނެއް ޤައުމާއިމެދު ޢަމަލުކުރަމުންދާ ގޮތުގެ މައްޗަށް ކަމަށް، ޑރ. ޖައިޝަންކަރު ވިދާޅުވިއެވެ.

ވަޒީރު މޫސާ ޒަމީރު، އިންޑިޔާއަށް ކުރެއްވި މި ދަތުރުފުޅަކީ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.