ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
ޒައިނަބް ރިޔާޒް ވަހީދް
24 Apr 2024
މާޗު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި
މިދިޔަ މާރޗު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން 8 ލައްލައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަދު ޢަންމުކޮށްފައިވާ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މާރިޗު މަހުގެ ތަފާސް ހިސާބު ރިޕޯޓުން ދައްކާ ގޮތުގައި ބޭރުފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ފަންޑުން ވަނީ 59 މީހަކަށް ޖުމުލަ 878،682.88 ޚަރަދުކޮށްފައިވެއެވެ. މިއީ އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޢަދަދަށް ވުރެ 28 އިންސައްތަ އިތުރު ޢަދަދެކެވެ.
24 Apr 2024
ޣައްޒާއިން ފެނުނު ކަށްވަޅުތައް ތަޙުޤީގު ކުރަން އ.ދ. އިން ގޮވާލައިފި
ޣައްޒާއިން ފެނުނު ކަށްވަޅުތައް ތަޙުޤީގު ކުރަން އދ. އިން ގޮވާލައިފިއެވެ. އަދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން އިއްޔެ ގޮވާލާފައިވަނީ، ޣައްޒާއިން ފެނުނު އެތައް ބަޔަކު ވަޅުލާފައި ހުރި ބޮޑެތި ވަޅުގަނޑުތަކާބެހޭ ގޮތުން މިނިވަން ތަޙްޤީގެއް ކުރުމަށެވެ. މިދިޔަ ދެ ހަފްތާ ތެރޭގައި ޣައްޒާގެ ބޮޑު ދެ ހޮސްޕިޓަލެއް ކައިރިން ކަށްވަޅުތަކެއް ފެނިފައިވާއިރު އެ ވަޅުގަނޑުތަކުން ފެނުނު ގިނަ މީހުންނަކީ ކޮންބައެއް ކަމެއް އަދިވެސް ނުހޯދެއެވެ.
23 Apr 2024
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރަން މާދަމާ (24 އޭޕްރިލް) ހެންވޭރުގެ އަމީރު އަޙުމަދު މަގު، ބޮޑުތަކުރުފާނު މަގު، ދީފްރަމް ގޯޅި، ފިނިފެންމާ ގޯޅި، ގަލަދުން ގޯޅި، ހިތްފަސޭހަ ގޯޅި، ހުސްނުހީނާ މަގު، އަދި ކުރަނގި ގޯޅީގެ އިތުރުން މެހެލި ގޯޅި އާއި ރޯޝަނީ މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށެވެ.
23 Apr 2024
ގަދަ ވިއްސާރައިގެ ސަބަބުން އިންޑިޔާގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިއްޖެ
އިންޑިޔާގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިއްޖެއެވެ. އިންޑިޔާގެ ޓެލަންގާނާގެ ޕެޑަޕަލީގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިފައިވަނީ ބްރިޖުގެ ފަސް ކޮންކްރީޓް ގާޑަރުގެ ތެރެއިން ދެ ގާޑަރު ވެއްޓިގެންނެވެ. މިހާދިސާ ހިނގީ ރޭ 9.45 ހާއިރު އެސަރަހައްދަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުންނެވެ.
23 Apr 2024
ނަޒްރާއަށް ގޮނޑި ނުލިބުނީ ފައިސަލްގެ ސަބަބުން - މަހުލޫފު
އެމްޑީޕީގެ ގުރޫޕަކަށް މިއަދު މަހުލޫފް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ގޮނޑި ގެއްލުވާލީ ސީދާ ފައިސަލް ކަމަށެވެ. އަދި އެންޓި-ކެމްޕެއިން ކުރުމަށް އާއިލާއާއި ދަންނަ އެތައް ބަޔަކަށް ފައިސަލް ގުޅާފައިވާ ކަމަށްވެސް މަހުލޫފް ތުހުމަތުކޮށްފައިވެއެވެ.
23 Apr 2024
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ހީނާ ވަލީދު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، ހީނާ ވަލީދު ޢައްޔަންކުރައްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޗީފު ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. މިއީ، މި މަޤާމާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
23 Apr 2024
ސްރީލަންކާގެ އެޕެކްސް އެޑް މަރުކަޒުން އަސްލުނޫން ސެޓިފިކެޓެއް ދޫކުރަމުން ދާކަމަށް އެމްކިއުއޭ އިން ބުނެފި
މިއަދު އެމްކިއުއޭއިން ނެރުނު ބަޔާނުގައި ވަނީ އެޕެކްސް އެޑް އާ ގުޅޭގޮތުން އެ އޮތާރިޓީއަށް ޝަކުވާ ހުށަހަޅާފައިވާކަމަށެވެ. އަދި އެޕެކްސް އެޑް މަރުކަޒުގެ ކޯސްތަކުގައި އެމްކިއުއޭއިން ހުއްދަ ދީފައިވާކަމަށް ބުނެ އިސްތިހާރު ކޮށްފައިވާތީ އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.
23 Apr 2024
ތިނަދޫ ދާއިރާގެ ވޯޓުފޮށްޓެއް އަލުން ގުނަން ހުށަހެޅި މައްސަލައިގައި ބުރަދަނެއް ނެތް - އީސީ
މި މަހު 21 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިޚާބުގެ ތިނަދޫ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮށްޓެއް އަލުން ގުނައިދިނުމަށް އެދުނު މައްސަލައިގައި ބުރަދަނެއް ނެތް ކަމަށާ އަލުން ގުނަން ޖެހޭ ފަދަޙާލަތެއް ނެތްކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
23 Apr 2024
ކުޅުދުއްފުށީގައި 600 ކވ ގެ ދެ ޖަނަރޭޓަރު އިންސްޓޯލްކުރުމަށް ތައްޔާރުވެއްޖެ
ހދ.ކުޅުދުއްފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް 2 ޖަނަރޭޓަރ ފޮނުވާ، އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ، ހދ.ކުޅުދުއްފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކޮށްދިނުމަށް 600 ކިލޯވޯޓުގެ 2 ޖަަނަރޭޓަރު މިހާރު އެރަށަށް ފޯރުކޮށްދީފައިވާކަމަށެވެ. އަދި، ލަސްތަކެއް ނުވެ ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށާ ކަރަންޓުގެ މައްސަލަ ހައްލުވެގެން ދާނެކަމަށެވެ.
22 Apr 2024
ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުމަށް ލ.އަތޮޅުގައި ހަވާ އަރުވަނީ
ވިހިވަނަ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ލާމު އަތޮޅުގައި ހަވާ އަރުވަން ނިންމައިފިއެވެ.
22 Apr 2024
އިންތިޚާބުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ - ބޭރުގެ އޮބްޒާވަރުން
އިންތިޚާބު އޮބްޒާރވްކުރައްވަން ވަޑައިގެންނެވި ބައިނަލްއަޤްވާމީ އޮބްޒާވަރުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިންތިޚާބުގެ ކަންކަން ދިޔައީ ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށް ކަމަށާއި ވޯޓުލާ މަރުކަޒުތަކުން ފެނުނީ ވަރަށް ތަހުޒީބު ބައެއް ކަމަށެވެ.
22 Apr 2024
ސޫރިޔާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިރާޤުން ހަމަލާ ދީފި
ސޫރިޔާގެ އިރުއުތުރުގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒަކަށް ޢިރާޤުން ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް މި ޙަމަލާ ދީފައި ވަނީ، ޢިރާޤުގެ ޛިމާރީގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ކަތާއިބު ޙިޒްބުﷲ އިންނެވެ. މި ޙަމަލާ ދޭން ޛިމާރީން ފަސް ރޮކެޓް އުދުއްސައިލާފައިވެއެވެ.
22 Apr 2024
ވޯޓަށް ލިބުނު ތަރުހީބުގައި މާބޮޑޫ ފަރަޤެއް ނެތް - އީސީ
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ވިހިވަނަ އިންތިޚާބުގައި، ވޯޓަށް ލިބުނު ތަރުހީބުގައިވެސް ކުރީގެ މަޖިލިސް އިންތިހާބުތަކާ އަޅައި ބަލާއިރު މާބޮޑު ފަރަޤެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
21 Apr 2024
4 ދަޢުރަށް ފަހު އަސްލަމަށް ގޮނޑި ގެއްލިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ. މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާއަށް ހަތް ކެންޑިޑޭޓުން ވާދަކުރެއްވި އިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސިނާން (ސިނާ) އެވެ.
21 Apr 2024
ވިލިމާލޭ ދާއިރާގެ ގޮނޑި މުޙައްމަދު އިސްމާއީލަށް
ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ އިންތިޚާބުގައި ވިލިމާލެ ދާއިރާގެ ގޮނޑި މުޙައްމަދު އިސްމާޢީލް ކާމިޔާބު ކުރައްވައިފިއެވެ. ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓު މުޙައްމަދު އިސްމާއީލް މި ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ.
21 Apr 2024
އިނގުރައިދޫ ދާއިރާގެ ގޮނޑި ފަލާހު ކާމިޔާބު ކުރައްވައިފި
ރ.އަތޮޅު އިނގުރައިދޫ ދާއިރާގެ ގޮނޑި، އިބްރާހިމް ފަލާހް ކާމިޔާބުކުރައްވައިފިއެވެ. އިނގުރައިދޫ ދާއިރާގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީގެ ކެނޑިޑޭޓު އިބްރާހީމް ފަލާހް ކާމިޔާބުކުރައްވާފައިވަނީ، ވަގުތީ ނަތީޖާ ދައްކާގޮތުން ތަފާތުބޮޑު ނަތީޖާއަކުންނެވެ. މިހާތަނަށް ގުނައި ނިމުނު ވޯޓު ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން، ފަލާހް ވަނީ އިންނަމާދޫ، ރަސްމާދޫ އަދި އިނގުރައިދޫ ފޮށިންވެސް ގިނަ ވޯޓުތަކެއް ހޯއްދަވާފައެވެ.
21 Apr 2024
ނިލަންދޫ ދާއިރާގެ ގޮނޑި ރައީސްގެ ކޮއްކޯފުޅު ސައުދާ ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ނިލަންދޫ ދާއިރާގެ ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ޕީއެންސީގެ ފަރައިތުން ވާދަކުރައްވާ ކެންޑިޑޭޓް ފާތިމަތު ސައުދާ އެވެ.
21 Apr 2024
އަޒާން، ހިތަދޫ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާގެ ގޮނޑި އަހުމަދު އަޒާން ކާމިޔާބު ކުރައްވައިފިއެވެ. ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު އަދި ނޫސްވެރިޔާ އަހުމަދު އަޒާން ހިތަދޫ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ މައުލޫމާތު ލިބޭ ގޮތުގަިއ ހުރިހާ ފޮށްޓަކުންވެސް ކުރި ހޯދައްވައިގެންނެވެ.
20 Apr 2024
މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ޚިދުމަތް، މިއަދު ކ.މާފުށީގައި ރަސްމީކޮށް ފަށައިފިއެވެ. މި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، ޖެނެރަލް އޮފިސަރުންނާއި އަދި ސީނިއަރ އޮފިސަރުންވެސް ބައިވެރިވެލެއްވިއެވެ.
20 Apr 2024
ރާބަދި ޗެލެންޖް 2024 މިމަހު 25 ގައި ފަށަނީ
މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" މިމަހުގެ 25 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
20 Apr 2024
ޢިރާޤުގައި ބާރުގަދަ ގޮވުމެއް ގޮވާ ގިނަ ބަޔަކު ޒަޚަމްވެއްޖެ
ޢިރާޤުގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާކަމަށް ޢިރާޤުގެ ރަސްމީ ސަލާމަތީ ބާރެއް ކަމަށްވާ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (އެމްޕީއެފް) އިން ބުނެފައެވެ. އެމްޕީއެފް އިން ބުނިގޮތުގައި މި ގޮވުން ގޮވާފައި ވަނީ ޢިރާޤުގެ ވެރިރަށް ބަޣްދާދުގެ ދެކުނުން ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ކަލްސޯ އަސްކަރީ މަރުކަޒުގައި ހުންނަ ކޮމާންޑް ޕޯސްޓެއްގައި ރޭ ދަންވަރެވެ. އެމްޕީއެފް އިން ހާމަ ކުރެއްވި ގޮތުގައި މި ގޮވުމަކީ ވައިގެ ހަމަލާއެއްގެ ނަތީޖާއެވެ.
20 Apr 2024
ތިން ރަށެއްގައި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ތިން ރަށެއްގައި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ. އެގޮތުން ހޮސްޕިޓަލް އެޅުމަށް ހަވާލުކޮށްފައިވަނީ ނ.މަނަދޫ، ރ.އަލިފުށި އަދި މ.މުލީގައެވެ.
20 Apr 2024
އެމްޑީޕީގެ ވެރިކަމުގެ ވަނީ އިސްލާމްދީނުގެ ޙުރުމަތްކަނޑާފަ - ހީނާ
މިއަދު ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އިސްލާމްދީނަށް ދޭންޖެހޭ އިޙްތިރާމު ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަމަށެވެ. އެގޮތުން ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
20 Apr 2024
މެނިފެސްޓޯއަށް އިހުމާލުވީ ބަޔަކު މަޖިލީހަށް ގެނެސްގެން ދެން ވާނެ ފައިދާއެއް ނެތް - ރައީސް ނަޝީދު
މިދިޔަ ސަރުކާރުން މެނިފެސްޓޯގައި އޮތް އެއްވެސް ކަމެއް ނުނިންމާ ކަމަށާއި މެނިފެސްޓޯއަށް އިހުމާލުވީ ބަޔަކު މަޖިލީހަށް ގެނެސްގެން ދެން ވާނެ ފައިދާއެއް ނެތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
20 Apr 2024
ބައިނަލްއަޤްވާމީ އޮބްޒަރވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަރަކާތްތެރިވާން ބޭރުން ވަޑައިގެންނެވި އޮބްޒަރވަރުންނަށް މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން ބާއްވާފައިވަނީ ރޭ ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާއެއްގައެވެ.
18 Apr 2024
ދަޢުރުވަމުންދަނީ އޭސީސީން ފޮނުވި ފްލެޓް ލިސްޓު ނޫންކަމަށް އޭސީސީއިން ބުނެފި
މިއަދު ނެރުނު ނޫސްބަޔާނެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާކަމަށް އޭސީސީއިން ކަނޑައަޅާފައިވާ ކަމަށް ބުނާ ލިސްޓެއް މިހާރު މީސްމީޑިޔާގައި ދަޢުރުވަމުން ދާކަމަށާއި، އެ ލިސްޓަކީ އެ ކޮމިޝަނުގެ ލިސްޓު ނޫންކަން އެ ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
18 Apr 2024
ޝަރުޢީ ދާއިރާގެ މައްޗަށް ރައީސްގެ ނުފޫޒެއް ނެތްކަން މިއަދު ސާބިތުވެއްޖެ - ހީނާ
ޝަރުޢީ ދާއިރާގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނުފޫޒެއް ނެތްކަން މިއަދު ހާމަ ވެއްޖެ ކަމަށް ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ އިސް ތަރުޖަމާނު، އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
18 Apr 2024
ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އިއްވި 4 އަހަރުގެ ޖަލު ޙުކުމް ހައިކޯޓުން ބާޠިލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ޙުކުމްގެ ހައި ކޯޓުން ދެންމެ ބާޠިލްކޮށް، އަލުން އެ މައްސަލަ ބަލަން ޢަމުރުކޮށްފިއެވެ.
18 Apr 2024
މުލީގެ ބައެއްގެ ގޮތުގައި ބޯހުރާ ކަނޑައަޅުއްވައިފި
މ. މުލީގެ ބައެއްގެ ގޮތުގައި އެ ރަށާ ޖެހިގެން އޮންނަ ބޯހުރާ ކަނޑައަޅުއްވައިފި އެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ކަނޑައަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރަށް 2014 ވަނަ އަހަރުގެ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ގެނައި އިސްލާހުގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
18 Apr 2024
ރޭސިންގ އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ރޭސިންގ އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގެ ފަރާތުން މިނިސްޓަރ އަބްދުﷲ ރާފިއު އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.