މ.މުލި - ފޮޓޯ: އިމްތިޔާޒު އަފީފު
ހަބަރު
18 Apr 2024 | 17:17
މުލީގެ ބައެއްގެ ގޮތުގައި ބޯހުރާ ކަނޑައަޅުއްވައިފި

މ. މުލީގެ ބައެއްގެ ގޮތުގައި އެ ރަށާ ޖެހިގެން އޮންނަ ބޯހުރާ ކަނޑައަޅުއްވައިފި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ކަނޑައަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރަށް 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ގެނައި އިސްލާހުގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ބޯހުރާއަކީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ދަށުގައި އޮތް 37 ހެކްޓަރުގެ ރަށެކެވެ. އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައި އޮތް ނަމަވެސް ކުރީގެ ސަރުކާރުން، ރިސޯޓު ތަރައްޤީކުރާ ރަށްރަށުގެ ލިސްޓުން ބޯހުރާ ވަނީ އުނިކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ބައެއް ފަޅު ރަށްތަކާއި ފަޅުތައް މީހުން އާބާދުވެފައިވާ އެހެން ރަށްރަށުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވަމުންނެވެ.

އެގޮތުން ދާދި ފަހުން އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގެ ބައެއްގެ ގޮތުގައި އެ އަތޮޅު މާފަރުފަޅު ހަމަޖައްސާފައިވާއިރު، އއ. ބޮޑުފޮޅުދޫގެ ބައެއްގެ ގޮތުގައި އއ. ވެލިދުއްގައި ވަނީ ހަމަޖައްސަވާފައެވެ. އަދި ނ. މާފަރުގެ ބައެއްގެ ގޮތުގައި ނ. ފަރުމުއްޔާއި ކަނޑިންމާހުރާ ހަމަޖައްސަވާފައިވާއިރު، ހއ. ތުރާކުނުގެ ބައެއްގެ ގޮތުގައި ވަނގާރު އަދި އުކުޅަހުގެ ބައެއްގެ ގޮތުގައި އއ. ގަލަގިލި ފަޅު ވަނީ ހަމަޖައްސަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.