23 Dec 2024
މުލީ އެއާޕޯޓަށް މާރިޗު މަހު ޓެސްޓް ފްލައިޓް ޖައްސަނީ
މުލަކަ އަތޮޅު މުލީގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ނިންމައި ކުރިއަށް އޮތް އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަކީ އަމާޒެއްކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.