މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
25 Apr 2025 | 18:39
މުއްޔަށް އުފާވެރި ދުވަހެއް: މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

މ. މުލީ ގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓް މަޝްރޫއު ނިމި މިއަދު ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މުލި އެއާޕޯޓަށް ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ޖައްސާފައިވާ ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެށި މަޝްރޫއު ނިމި އެއާޕޯޓް ހުޅުވަން މިހާރު އޮތީ ތައްޔާރުވެފަ އެވެ.

ސަރުކާރުން ދަނީ މި މަހުގެ 31 ވަނަ ދުވަހު ނުވަތަ އަންނަ މަހުގެ ފުރަތަމަ ދުވަހު އެއާޕޯޓް ހުޅުވަން ތައްޔާރުވަމުންނެވެ.

މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ މި މަސް ނިމުމުގެ ކުރީން އެއާޕޯޓް ހުޅުވަން ކަމަށެވެ. 31 ވަަނަ ދުވަހު އެއާޕޯޓް ނުހުޅުވިއްޖެނަމަ އެންމެ ފަސް ވެގެން އަންނަ މަހުގެ ފުރަަތަމަ ދުވަހު އެއާޕޯޓް ހުޅުވާނެ ކަމަށެވެ.

މުލީ އެއަރޕޯޓުގެ އަމަލީ މަސައްކަތް 2021 ވަނަ އަހަރުގެ އޮގަސްޓްމަހު ފަށައި، 2023 ވަނަ އަހަރުގެ މެދުތެރޭގައި ޚިދުމަތްދޭން ރާވާފައި އޮތް ނަމަވެސް، އެކި ސަބަބުތަކާހުރެ އެއާޕޯޓުގެ މަސައްކަތްތައް ލަސްވީ އެވެ.

މިއީ މުލަކަ އަތޮޅުގައި ތަރައްގީ ކުރި ފުރަތަމަ އެއާޕޯޓެވެ. 1200 މީޓަރު ދިގު އަދި 30 މީޓާރު ފުޅާ ރަންވޭއަކާއެކު ތަރައްގީކޮށްފައިވާ މި އެއަޕޯޓުގެ މަޝްރޫއަށް ސަރުކާރުން 221 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.