މޯލްޑިވިއަންގެ ބޮޓް މުލީ ރަންވޭގައި.. ފޮޓޯ: މޯލްޑިވިއަން
ހަބަރު
25 May 2025 | 10:24
މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މުއްޔަށް ފަށައިފި

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މ.މުލީ އެއާޕޯޓަށް އިއްޔެ ފަށައިފިއެވެ.

މުލީ އެއާޕޯޓް ހުޅުވާފައިވަނީ މިހިނގާ މެއިމަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. މުލީ އެއާޕޯޓްގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިންވެސް ރީޖަނަލް އެެއާޕޯޓުން ވަނީ މުލީ އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް މިމަހުގެ 8 ވަނަ ދުވަހު ހުޅުވާލާފައެވެ. އެއާއެކު މިމަހު 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ޑޮމެސްޓިކް އެއާލައިންތަކަށް މުލީ އެއާޕޯޓަށް ދަތުރުތައް ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މޯލްޑިވިއަނުން އިއްޔެ ވަނީ ޝެޑިއުލް ދަތުރުތައް މުއްޔަށް ފަށާފައެވެ. މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ވީއައިއޭއިން މުއްޔަށްދިއުމަށް ފުރާފައިވަނީ، 15:30 ގައެވެ. އަަދި އެ ފްލައިޓް މުލިން ވީއައިއޭއަށް ދިއުމަށް ނައްޓާލީ 16:45 ގައެވެ. މި ދަތުރުތައް ކޮންމެ ހޮނިހިރު ދުވަހަކު ބޭއްވުމަށް އެ އެއާލައިނުން ވަނީ ތާވަލްކޮށްފައެވެ.

މުލީ އެއާޕޯޓާ ގުޅޭގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ އެ އެއާޕޯޓް ވެގެންދާނީ މުލީގެ އިތުރުން އަތޮޅުގެ ތަރައްޤީއަށްވެސް މުހިއްމު އެއާޕޯޓެއްގެ ގޮތުގައެވެ. 

މުލީ އެއަރޕޯޓުގެ އަމަލީ މަސައްކަތް 2021 ވަނަ އަހަރުގެ އޮގަސްޓްމަހު ފަށައި، 2023 ވަނަ އަހަރުގެ މެދުތެރޭގައި ޚިދުމަތްދޭން ރާވާފައި އޮތް ނަމަވެސް، އެކި ސަބަބުތަކާހުރެ އެއާޕޯޓުގެ މަސައްކަތްތައް ލަސްވީ އެވެ.

މިއީ މުލަކަ އަތޮޅުގައި ތަރައްގީ ކުރި ފުރަތަމަ އެއާޕޯޓެވެ. 1200 މީޓަރު ދިގު އަދި 30 މީޓާރު ފުޅާ ރަންވޭއަކާއެކު ތަރައްގީކޮށްފައިވާ މި އެއަޕޯޓުގެ މަޝްރޫއަށް ސަރުކާރުން 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.