މުލީގައި ތަރައްޤީ ކުރާ އެއާޕޯޓު-- ފޮޓޯ: ދައުލަތުގެ މީޑިއާ
ހަބަރު
23 Dec 2024 | 09:28
މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މާރިޗު މަހު ޓެސްޓް ފްލައިޓް ޖައްސަނީ

މުލަކަ އަތޮޅު މުލީގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ނިންމައި ކުރިއަށް އޮތް އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު  ޓެސްޓް ފްލައިޓް ޖެއްސުމަށް އަމާޒުކުރާކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ، މުލީ އެއާޕޯޓު 2025 ވަނަ އަހަރުގެ މާރިޗު މަހަށް ނިންމުމަކީ އަމާޒެއްކަމަށެވެ. މިހާރު ކުރިއަށްދަނީ އެއަރޕޯޓު ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައްކަމަށެވެ.

މިގޮތުން މުލީ އެއާޕޯޓަށް ބޭނުންވާ ވެހިކަލާއި މެޝިނަރީއާއި ވަޞީލަތްތައް ހޯދުމުގެ އިތުރުން އޮފީސް ބައިގެ މަސައްކަތް ނިންމުމާއި އަލިފާން ނިއްވުމަށް މީހުން ނަގައި ތަމްރީންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން މުބީން ފާހަގަކުރެއްވިއެވެ.

އެއަރޕޯޓަށް ބޭނުންވާ ވެހިކަލާއި މެޝިނަރީއާއި ވަޞީލަތްތައް ހޯދުމުގެ އިތުރުން އޮފީސް ބައިގެ މަސައްކަތް ނިންމުމާއި އަލިފާން ނިއްވުމަށް މީހުން ނަގައި ތަމްރީންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

މުބީން ވިދާޅުވިއެވެ.

މުލީ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް 2021 ވަނަ އަހަރުގެ އޮގަސްޓްމަހު ފަށައި، 2023 ވަނަ އަހަރުގެ މެދުތެރޭގައި ޚިދުމަތްދޭން ރާވާފައި އޮތް ނަމަވެސް، އެކި ސަބަބުތަކާހުރެ އެއާޕޯޓުގެ މަސައްކަތްތައް ވަނީ ލަސްވެފައެވެ.

މިއީ މުލަކަ އަތޮޅުގައި ތަރައްޤީ ކުރާ ފުރަތަމަ އެއާޕޯޓަށްވާއިރު، 1200 މީޓަރު ދިގު އަދި 30 މީޓާރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ މި އެއަޕޯޓުގެ މަޝްރޫއަށް ސަރުކާރުން 221 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.