އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުައްޠަލިބު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
20 May 2025 | 12:15
މުލީ އެއާޕޯޓު އެޅުމަށް ޖުމްލަ 540 މިލިއަން ޚަރަދުވި؛ މިއީ އަތޮޅުގެ އާބާދީގެ ބޮލަކަށް ލައްކައެއްހާ ރުފިޔާ: މުއްޠަލިބު

މުލަކު އަތޮޅުގެ ފުރަތަމަ އެއާޕޯޓް، މުލީ އެއާޕޯޓް އެޅުމަށް 540 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ކަމަށް އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުައްޠަލިބު ވިދާޅުވެއްޖެއެވެ. 

މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެ އެއާޕޯޓަކީ ވަރަށް ގިނަ މީހުންގެ ބުރަ މަސައްކަތް ކަމަށެވެ.

އަދި އެއާޕޯޓް ހުޅުވިގެންދަނީ، ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ވެރިއެއްގެ ބުރަމަސައްކަތުން ކަމަށާ، މުލި އެއާޕޯޓްގެ މަސައްކަތަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ އިސްކަމެއް ދެއްވައިގެން ނިންމަވަން އެދިލެއްވި އެއާޕޯޓް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވިގޮތިގައި، އެއާޕޯޓްގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވިފައިވަނީ އެމްޓީސީސީގެ ވެސް ވަރަށް ބުރަ މަސައްކަތުންނެވެ. އެހެންކަމުން ވަޒީރު ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.  

މިއަދު ހުޅުވިގެންދާ މަޝްރޫޢުއަށް ޖުމްލަ، 2014 ވަނަ އަހަރު ފެށުނު ބިން ހިއްކުމުގެ މަޝްރޫޢު އިން ފެށިގެން މިއަދު ހުޅުވުމާ ހަމައަށް، 540 މިލިއަން ރުފިޔާ ދަޢުލަތުން ވަނީ ޚަރަދު ކޮށްފައި. މިއީ މި އަތޮޅުގެ އާބާދީގެ ނިސްބަތަށް ބަލާ ކަމަށް ވާނަމަ ބޮލަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ. 

އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުައްޠަލިބު

އެހެންކަމުން، ސަރުކާރުން މުލަކުއަތޮޅަށް ކޮށްދިން މަސައްކަތް ބަލައިގަނެ، މުޅި އަތޮޅަށް ތަރައްގީ ގެނައުމަށް ރައްޔިތުން މަސައްކަތް ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. 

ޓޫރިޒަމްގެ އިންވެސްޓްމަންޓްތައް ގެނައުމަށް މަސައްކަތް ކުރުން. ފަތުރުވެރިކަމުގެ ގޮތުން ގެސްޓްހައުސް ވިޔަފާރިއަށް މަސައްކަތް ކުރުން. ހަމަ އެއާއެކު އާބާދީ ތަރައްގީ އެއްފަސް ކުރުމުގެ ނަމުގައި މި އަތޮޅު ދޫކޮށް ނުދިޔުން. (އޭގެ ބަދަލުގައި) އަތޮޅުގެ ކުދި ރަށްތަކުގައި ތިބި ރައްޔިތުން ބޮޑެތި ރަށްތަކަށް އެއްވެ، އާބާދީ ތަރައްޤީ އެއްފަސް ކުރުމަށް މަސައްކަތް ކުރުން. 

އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުައްޠަލިބު

އެތެރޭގެ އުދުހުންތަކަށް ހާއްސަ މުލި އެއާޕޯޓަކީ 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭ އަކާއި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވާ އެއާޕޯޓެކެވެ. އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އިންނެވެ. 

އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގައެވެ.

މުލީގައި ބިންހިއްކުމުގެ މަސައްކަތްކުރަން އެމްޓިސީސީ އާއި ހަވާލުކޮށް ސޮއި ކުރެވުނީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު 2014 ވަނަ އަހަރު އެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

ކޮމެންޓް
ހަޖަމު
ރައްޔިތަކަށް 100000 ޖެހުނީމާ އޭގެ މާނައަކީ 2025 ގެ އާސަންދަ ނިމުނީނޫންތޯ
20 May 2025
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.