މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
20 May 2025 | 13:44
މިއީ ފެށުމެއް، މުލީގެ ތަރައްޤީއަށް ކުރަން ހުރި ކަންކަން ކުރިއަށް އޮތް ތަނުގައި ފެށޭނެ: ރައީސް މުޢިއްޒު

މުލީ އެއާޕޯޓް ހުޅުވިގެންދިޔުމަކީ އެ ރަށުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތަކުގެ ފެށުން ކަމަށާ، ކުރިއަށް އޮތް ތަނުގައި އެ ރަށުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ދާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މުލަކު އަތޮޅުގެ ފުރަތަމަ އެއާޕޯޓް، މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މުލީގައި އެއާޕޯޓް ހުޅުވިގެން ދިޔުމަކީ ވަރަށް ގިނަ ކަންކަމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. 

އާދެ މިއަދު މިއީ ހަމަ ފެށުމެއް. އިރާދަކުރެއްވިއްޔާ މިރަށުގެ ތަރައްޤީއަށް ކުރަންހުރި ބައިވަރު ކަންކަން އެބަހުރި. އަޅުގަނޑު ވަޢުދުވެފައި ހުރި ވަރަށްގިނަ ކަންކަންވެސް އެބަހުރި. އޭގެ ތެރާެގައި ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުން، މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުން. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނަން. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މީގެ އިތުރުން މުލަކު އަތޮޅުގައި ރީޖަނަލް ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީއާ އެކު ސޮއި ކުރެވިފައިވާ ކަން ފާހަގަކުރައްވައި ރައީސް ވަނީ ސިއްޙީ ޚިދުމަތްތައް ރަނގަޅުކޮށްދިނުމަކީ އެންމެ އިސްކަމެއް ދެއްވާ އެއް ކަންތައް ކަމަށެވެ. 

ހަމަ އެހެންމެ ގެދޮރުވެރިކަމަކީވެސް ނުހަނު މުހިންމު ޚިދުމަތެއް ކަމަށާ، 57 ރަށެއްގައި ގެދޮރުވެރިކަމުގެ މަޝްރޫއު ފެށުމަށް މިހާރު އިއުލާން ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރޭގައި މުލީގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓް ހިމެނޭނެ ކަމަށްވެސް ވިދާަޅުވިއެވެ. 

300 ހައުސިންގ ޔުނިޓް އެޅުން ވެގެންދާނެ ތިޔަ ބޭފުޅުންގެ ހުވަފެންތަކުގައި ވަރަށް ގިނަ ކުލަތައް ޖެހޭނެ ކަމަކަށް. ޚާއްސަކޮށް ޒުވާނުންނާއި، ގެދޮރުވެރިކަން ނެތް ފަރާތްތަކަށް. މި ރަށަށް އަންނަން ބޭނުންވާ ފަރާތްތަކަށް. އަޅުގަނޑު ވަރަށް އެދެން މިގޮތަށް އިންފްރާސްޓްރަކްޗަރ ޤާއިމް ކުރެވޭ ރަށްތަކަކީ ސަރަހައްދީ ގޮތުން ތަރައްގީ ކުރުމުގެ ވިސްނުމުގައި އެހެން ރައްޔިތުންވެސް ބައިވެރިވާ ރަށްތަކަށް ވާން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، ނާލާފުއްޓާއި މުއްޔާއި ކޯޒްވޭ އަކުން ގުޅުވާލުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމަށާ، އެ މަޝްރޫޢުގެ އަމަލީ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫޢު އަކީ އިޤްތިޞާދީ މަސައްކަތެއް ކަމަށާ، އެއިން ގިނަގުނަ އިޤތިޞާދީ ނަފާ ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.