މ. މުލީ އެއާރޕޯޓް ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
20 May 2025 | 14:00
ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭ 300 އެއްހާ މަޝްރޫއުގައި ސޮއި ކުރެވޭނެ: ރައީސް މުޢިއްޒު

ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި 300 އެއްހާ ތަރައްޤީގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެއްބަސްވުންތަކުގައި ސޮއި ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މ. މުލީ އެއާރޕޯޓް ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މ އަތޮޅުގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދުފުޅެއް ފުއްދަވާނެ ކަމަށެވެ. އެ ވަޢުދުތައް ފުއްދުމަށް ޢަމަލީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާ، އެއްވެސް ވަޢުދެއް މަތީން ހަނދުމަފުޅު ނުނެތޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިއާއެކު ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސަބަބުތަކާއި ހުރެ ހުއްޓިފައިހުރި ގިނަ މަޝްރޫޢުތަކެއް ހުރި ކަމަށެވެ. 

މިހާރު އޭގެ ތެރެއިން ވަރަށް ގިނަ މަޝްރޫޢުތައް ރީ ސްޓާޓް ކުރުމަށް މިވަނީ ހުރިހާ ކަމެއް ނިމިފައި. އޭގެ ތެރެއިން އަލަށް ފެށުމަށާ އަދި ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތަކެއް ފެށުމަށް އަޅުގަނޑުމެން މިހާރުވެސް ވާނެ 390 އެކި ކުންފުނިތަކާ ސޮއި ކޮށްފައި. މި ސަރުކާރުން. މި އަހަރުގެ ތެރޭގައި. އެއީ ސަރުކާރުގެ އެކިއެކި ކުންފުނި ތަކުގެ ތެރެއިން ކުރާ މަސައްކަތް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 

އެ މަސައްކަތްތައް ހަވާލުކުރެވުނީ އެ ކުންފުނިތަކުން އެހެނިހެން މަޝްރޫޢުތައްވެސް ހިންގަމުންދާ ރަށްރަށުގައި ކަމަށާަ، އެފަދައިން ކަން ކުރެއްވީވެސް ޚަރަދު ކުޑަކޮށް ކަންކަން ކުރިއަށް ގެންދެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. 

އަދި އެ މަސަކަތްތައް ބާރަށް ކުރިއަށް ގެންދިޔުމަށް ކޮންމެ ހަފްތާއަކުވެސް އެމަނިކުފާނު މިނިސްޓަރުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާ ކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން، މި ހިނގަމުންދާ ހަފްތާއާއި ކުރިއަށްއޮތް ދެތިން ހަފްތާތެރޭގައި 300 އަށްވުރެ ގިނަ މަޝްރޫޢުގައި ސޮއިކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިހަފްތާ ތެރޭގައި، އަދި ކުރިއަށްއޮތް ދެތިން ހަފްތާތެރޭގަޔާއި އެކީގައި، އަދި އިތުރު ގާތްގަނޑަކަށް 300 އެއްހާ މަޝްރޫޢުގައި ސޮއި ކުރެވޭނެ. އޭގެ ތެރޭގައި ޕްރައިވެޓް ސެކްޓާއާ ގުޅުވާލާ މަޝްރޫޢުވެސް ހިމެނޭ. އެހެންވީމާ 700 ނޫނީ 800 އެއްހާ މަޝްރޫޢު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން، މި ގާތްގަނޑަކަށް ހަތަރު މަސްތެރޭގައި އަޅުގަނޑުމެން މި ހަވާލު ކުރަނީ ކުންފުނިތަކާ. ބާރު ސްޕީޑްގައި މަސައްކަތްތައް ގެންގޮސް ނިންމުމަށް. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 

އެހެންކަމުން، އެކި ދާއިރާތަކުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުރިއަށް ގެންދިޔުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށާ، އެކަން ކުރެވޭނެ މަގުފަހި ކޮށްދެއްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.