ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު
ހަބަރު
23 Apr 2024 | 21:49
ނަޒްރާއަށް ގޮނޑި ނުލިބުނީ ފައިސަލްގެ ސަބަބުން - މަހުލޫފު

މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ވިހިވަނަ އިންތިޚާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވި ނަޒްރާ ނަސީމަށް ގޮނޑި ކާމިޔާބުނުކުރެވުނީ، ނަޒްރާގެ ބޭބެ އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ސަބަބުން ކަމަށް ނަޒްރާގެ ފިރިކަލުން، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ތުހުމަތުކޮށްފި އެވެ.

އެމްޑީޕީގެ ގުރޫޕަކަށް މިއަދު މަހުލޫފް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ގޮނޑި ގެއްލުވާލީ ސީދާ ފައިސަލް ކަމަށެވެ. އަދި އެންޓި-ކެމްޕެއިން ކުރުމަށް އާއިލާއާއި ދަންނަ އެތައް ބަޔަކަށް ފައިސަލް ގުޅާފައިވާ ކަމަށްވެސް މަހުލޫފް ތުހުމަތުކޮށްފައިވެއެވެ.

އާއިލާގެ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ދިޔައީ ނަޒޫ އާ ދެކޮޅަށް މަސައްކަތް ކުރަމުން. މިކަން ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަށް އަދި ނަޒޫގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭ. މިކަމުގަ އަޅުގަނޑުމެން މިތިބީ ދޫދޭ ގޮތަކަށް ނޫން

މަހުލޫފު ވިދާޅުވިއެވެ. 

އިންތިހާބުގައި ނަޒްރާއަށް ގޮނޑި ގެއްލުނީ 48 ވޯޓުގެ ތަފާތުންނެވެ.

މަހުލޫފް ތުހުމަތު ކުރެއްވި ގޮތުގައި، އެ މައްސަލަ ފެށުނީ އާއިލީ މައްސަލައެއްގެ އިތުރުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ފައިސަލްގެ ބަދަލުގައި ރަނިންމޭޓަކަށް އަސްލަމް ޚިޔާރުކުރި ހިސާބުންނެވެ. އެ ކަން އެގޮތަށް ކުރެއްވުމުން ފައިސަލް ވަނީ އެ ދުވަސްވަރު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ގެކެމްޕެއިނުންވެސް ދުރަށް ވަޑައިގެންފައެވެ. 

މަހުލޫފްގެ މެސެޖު ސޯޝަލް މީޑިއާގައި ލީކްވުމާއެކު ބަލި ޤަބޫލުކުރާ ކަމަށާ ނަމަވެސް މިއީ މިކަން ހިނގާދިޔަ ގޮތް ކަމަށް އަދި ނަޒޫގެ ޓީމުން ދޫނުދޭނެ ކަމަށް މަހުލޫފް "އެކްސް"ގައި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ޙަސަނުދަރި
ވަރަށް މަޖާ!😁
23 Apr 2024
ޢައިސަން
ގޮސް ޑީއާރުޕީ ގަ އޮވެބަލަ
23 Apr 2024
ޚަބަރު
މަހުލޫފު ހަޖަމުކޮށްބަލަ އެއީ ފައިސަލު ކުރިކަމެއްނޫން ޤުދުރަތުގެނިޔާ
24 Apr 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.