ރައީސް މުޙައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ހަބަރު
20 Apr 2024 | 11:15
މެނިފެސްޓޯއަށް އިހުމާލުވީ ބަޔަކު މަޖިލީހަށް ގެނެސްގެން ދެން ވާނެ ފައިދާއެއް ނެތް - ރައީސް ނަޝީދު

މިދިޔަ ސަރުކާރުން މެނިފެސްޓޯގައި އޮތް އެއްވެސް ކަމެއް ނުނިންމާ ކަމަށާއި މެނިފެސްޓޯއަށް އިހުމާލުވީ ބަޔަކު މަޖިލީހަށް ގެނެސްގެން ދެން ވާނެ ފައިދާއެއް ނެތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީއިން މިދިޔަ ވެރިކަމުގެ ދަޢުރު ނިންމާލީ ވަޢުދުވި ކަންކަމާ ޚިލާފަށް ކަމަށެވެ.

އެގޮތުން ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެއިރު އިޢުލާނުކުރި މެނިފެސްޓޯގައި ހިމަނާފައިވީނަމަވެސް ބޯހިޔާވަހިކަމުގެ ނަމުގައި ރައްޔިތުންނަށް ވަނީ އޮޅުވާލާފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މެނިފެސްޓޯގައި އޮތީ ވެށިފެހި މާލެ ޕްރޮގްރާމް ހިންގުމަށް. އެނޫން ބޯހިޔާވަހި ކަމުގެ ޕްރޮގްރާމެއް މާލޭ ސަރަހައްދުގައި ހިންގާކަށް ވޭތުވެދިޔަ ސަރުކާރުގައެއް ނެތް. އެ ޕްރޮގްރާމެއް ނުހިންގި" 

ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސް ނަޝީދުގެ ވެރިކަމަށް ފަހު އުފެއްދުނީ މަދު ތަނެއްކަމަށްވެސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެންމެ ފަހު ވަގުތުގަ އެތައް ކަމެއް ނުރަނގަޅު އެތައް މަގަކުން ގޮސް އަދިވެސް އަދިވެސް މީހަކަށް ގެއަކަށް ނުވަދެވޭ. 5 އަހަރު، 6 އަހަރު، 7 އަހަރު ވެގެން ދަނީ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އުފެއްދި ތަނަކަށް ނޫނިއްޔާ މަދު ތަނަކަށް އަޅުގަނޑުމެންނަށް ވަދެވިފައި މިތިބީ" 

ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ދަތުރުފަތުރާއި ޓެކްސް ނެގުންފަދަ، 2008 ގައި ގެނެވުނު މުހިންމު ބަދަލުތަކުގެ ބޭނުން ރައީސް ޞާލީހްގެ ސަރުކާރުން ނުހިފާ ކަމަށާއި، ދަޢުރު ނިމުނު އިރުވެސް އެކަންކަމުގެ މަންފާ ރައްޔިތުންނަށް ނުލިބޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އީޤްތިޞާދު ކުރިއެރުވުމުގެ ނަމުގައި ދަރަނި ދައްކަން ސުކޫކު ބޮންޑު ވިއްކުމުން ދައްކަން ޖެހޭ ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި ދަޢުލަތަށް ލިބޭ އާމްދަނީގެ 20 އިންސައްތައަކީ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 120 އިންސައްތައަކީ ދަރަނިކަމަށް ވިދާޅުވެ ރައީސް ނަޝީދު ފާޑުވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޞާލިޙުގެ ވެރިކަމުގައި މަޖިލީހުގެ ސުޕަމެޖޯރިޓީވެސް ލިބިފައި އޮވެމެ ސަރުކާރުގެ މެނިފެސްޓޯއަށް އިހުމާލުވުމުން، އަލުން އެ ބޭފުޅުން މަޖިލީހަށް ގެނެސްގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް