އިންތިޚާބު އޮބްޒާރވްކުރައްވަން ވަޑައިގެންނެވި ބައިނަލްއަޤްވާމީ އޮބްޒާވަރުން - ފޮޓޯ: އީސީ
ހަބަރު
22 Apr 2024 | 20:57
އިންތިޚާބުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ - ބޭރުގެ އޮބްޒާވަރުން

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ވިހި ވަނަ އިންތިޚާބަކީ ވަރަށް ފުރިހަމަ އިންތިޚާބެއްކަމަށް ބައިނަލްއަޤްވާމީ އޮބްޒާވަރުން ވިދާޅުވެއްޖެއެވެ.

އިންތިޚާބު އޮބްޒާރވްކުރައްވަން ވަޑައިގެންނެވި ބައިނަލްއަޤްވާމީ އޮބްޒާވަރުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިންތިޚާބުގެ ކަންކަން ދިޔައީ ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށް ކަމަށާއި ވޯޓުލާ މަރުކަޒުތަކުން ފެނުނީ ވަރަށް ތަހުޒީބު ބައެއް ކަމަށެވެ.

މީގެ އިތުރުން އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް އައިސްފައިނުވާކަންވެސް އޮބްޒާވަރުން ފާހަގަ ކުރައްވާ އިންތިޚަބަށާއި އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ތަޢުރީފުކުރެއްވިއެވެ.

"އަހަރުމެންގެ ޓީމުގައި 9 ޤައުމަކުން 19 އޮބްޒަރވަރުން ހަރަކާތްތެރިވި. އޮބްޒަވޭޝަން ކުރިއަށް ގެންދިޔައީ 4 ޓީމަކަށް ބަހާލައިގެން. އިންތިޚާބުގެ ހުރިހާކަމެއްވެސް ގަޑިއަށް ފަށާ ނިންމިކަން ފާހަގަކުރެވުނު. އެގޮތުން ބޫތުތައް ގަޑިއަށް ހުޅުވުނު"

ޗީފް އޮބްޒާރވަރ ޑރ. ޝަހަބުއްދީން ޔައުޤޫބް ވިދާޅުވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ބައިނަލްއަޤްވާމީ 45 އޮބްޒާވަރުންނާއި އެއް މޮނީޓަރުން ހަރަކާތްތެރިވިއެވެ.ޗީފް އޮބްޒާވަރުގެ އިތުރުން އެހެން ބައިނަލްއަޤްވާމީ އޮބްޒާވަރުންވެސް ވަނީ އިންތިޚާބު ދިޔަ ގޮތަށް ތަޢުރީފުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކޮށްފި
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
02 Jul 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދި އިލްތިމާސްއެއް
ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި، ފުރައްސާރަ ރައްދުވާފަދަ ބަހުރުވަ ބޭނުންކޮށް، އެފަރާތްތައް މުޖުތަމައުއިން އެކަހެރިކުރުވާފަދަ އަމަލުތައް ސޯޝަލް މީޑިއާގެ މަންސަހުތަކުގައި ދައުރުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"
02 Jul 2026
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރެފި އެވެ.
02 Jul 2026
މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދޭ، ވަޒީރުގެ ކަންބޮޑުވުން
"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އެކަށެއްކަހާސް ދަރިވަރުން ސުކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ,"`
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
02 Jul 2026
ދުންފަތުން ނަގާ ޑިޔުޓީ ކުޑަކުރާ ބިލް ތަސްދީޤުކުރައްވައިފި
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ -/4 (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
02 Jul 2026
ހިތަދޫ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
އަމުރުގައި ބުނެފައިވާގޮތުން، އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ.