ކުޅުދުއްފުށްޓަށް ފޮނުވި ޖަނަރޭޓަރެއް - ފޮޓޯ؛ ފެނަކަ ކޯޕަރޭޝަން
ހަބަރު
23 Apr 2024 | 16:45
ކުޅުދުއްފުށީގައި 600 ކވ ގެ ދެ ޖަނަރޭޓަރު އިންސްޓޯލްކުރުމަށް ތައްޔާރުވެއްޖެ

ހދ.ކުޅުދުއްފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް 2 ޖަނަރޭޓަރ ފޮނުވާ، އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ހދ.ކުޅުދުއްފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކޮށްދިނުމަށް 600 ކިލޯވޯޓުގެ 2 ޖަަނަރޭޓަރު މިހާރު އެރަށަށް ފޯރުކޮށްދީފައިވާކަމަށެވެ. އަދި، ލަސްތަކެއް ނުވެ ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާ ކަރަންޓުގެ މައްސަލަ ހައްލުވެގެން ދާނެކަމަށެވެ.

މީގެ ކުރިންވެސް ކުޅުދުއްފުށިން ބައެއް ވަގުތުތަކުގައި ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ވަނީ 800 ކިލޯވޯޓުގެ ޖަނަރޭޓަރެއް އިންސްޓޯލްކޮށްފައެވެ. ނަމަވެސް ކަރަންޓުގެ މައްސަލައަށް އެންމެ އެދެވޭ ހައްލެއް ނުލިބި ވަނީ ގިނަ ދުވަސްތަކެއް ވެފައެެވެ.

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަހުވެސް ބައެއް ރަށްރަށުގައި ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާއިރު 5 ރަށަކަށް ޖެންސެޓު ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ.

މިހާރަކަށް އައިސް ބައެއް ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވަނީ އިންޖީނުތައް މަރާމާތުނުކޮށް ގިނަދުވަސްވެގެން ކަމަށާއި، އަލަށް އިންސްޓޯލް ކުރެވޭ ޖަނަރޭޓަރުތަކާއެކު، ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާޢިމީ ޙައްލެއް ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ