އެމެރިކާ ސިފައިންގެ މީހަކު ސީރިއާގެ އިރުއުތުރުގެ ޤާމިޝްލީގައި ޕެޓްރޯލް ކުރަމުން ދަނީ [ފައިލް: އޮރްހާން ޤަރެމަން/ރޮއިޓަރސް]
ހަބަރު
22 Apr 2024 | 18:27
ސޫރިޔާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިރާޤުން ހަމަލާ ދީފި

ސޫރިޔާގެ އިރުއުތުރުގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒަކަށް ޢިރާޤުން ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް މި ޙަމަލާ ދީފައި ވަނީ، ޢިރާޤުގެ ޛިމާރީގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ކަތާއިބު ޙިޒްބުﷲ އިންނެވެ. މި ޙަމަލާ ދޭން ޛިމާރީން ފަސް ރޮކެޓް އުދުއްސައިލާފައިވެއެވެ.

ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން އެމެރިކާ ސިފައިންނަށް ޙަމަލާ ދީފައި ވަނީ ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސުދާނީ، އެމެރިކާގެ ރައީސް ޖޯ ބައިޑަނާ ބައްދަލު ކުރެއްވުމަށް، އެމެރިކާގެ ވެރިރަށް ވޮޝިންގޓަނަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލެއްވުމަށް ފަހު އެނބުރި ވަޑައިގެންނެވުމާ ދިމާކޮށެވެ.

މި ޙަމަލާއާ ގުޅިގެން ކަތާއިބު ޙިޒްބުﷲ ޖަމާޢަތުން ބުނެފައި ވަނީ މިއީ ޙަމަލާތަކުގެ ފެށުން ކަމަށާއި ޢިރާޤުގެ އިތުރުން މެދުއިރުމަތީގެ އެހެން ޤައުމުތަކުގައި ގާއިމުވެ ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަށްވެސް ޙަމަލާދޭން އަލުން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ކަތާއިބު ޙިޒްބުاللهން ބޭނުން ކޮށްފައިވާ ހަތިޔާރުތައް ސިފައިންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށާ މި ހަމަލާތައް ތަޙްޤީގުކުރަމުން ދާކަމަށް ޢިރާޤުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

މީގެ ދެދުވަސް ކުރިން އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ޢިރާޤުގެ އަސްކަރީ މަރުކަޒެއްގައި ބާރުގަދަ އެއްޗެއް ގޮވައި، ޢިރާޤުގެ ސަލާމަތީ ބާރުގެ މެންބަރެއް ވަނީ ޝަހީދުވިއެވެ. މި ގޮވުމުގެ ފަހަތުގައި ވަނީ ކޮން ޤައުމެއްކަން އަދި ސާފުވެފައި ނުވިނަމަވެސް އެއީ އެމެރިކާއިން ދިން ވައިގެ ޙަމަލާއެއް ކަމަށް ގިނަ ބަޔަކު ދަނީ ތުޙުމަތު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ