13 Apr 2024
އިސްރާއީލުން ކުއްޖަކު ގެއްލިގެން ފަލަސްތީނުގެ އަވަށެއްގައި ހަމަނުޖެހުން ހިންގާ އެކަކު ޝަހީދުކޮށްލައިފި
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ހުކުރު ދުވަހު ގެއްލުނު އިސްރާއީލުގެ 14 އަހަރުގެ ކުއްޖަކު ހޯދުމަށް އެތައް ސަތޭކަ ވޮލަންޓިއަރުންނެއް ފުލުހުންނާއި އިސްރާއީލުގެ ސިފައިންނާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ފުލުހުންނާއި އިސްރާއިޅުގެ ބައެއް ޢާންމު ރައްޔިތުން ވަނީ ރަމަﷲ ކައިރީގައި އޮންނަ އަލް މުޣައްޔިރު އަވަށަށް ވަދެ، ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަނީ ބޮޑު ހަމަ ނުޖެހުންތަކެއް ހިންގާފައެވެ.