އީރާނުން ފޮނުވާލި ޑްރޯނެއް --- ފޮޓޯ: އީރާނުގެ އަސްކަރިއްޔާ
ދުނިޔެ
14 Apr 2024 | 08:49
އިރާނުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފަށައިފި

އީރާނުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފަށައިފިއެވެ.

ރޭ މެންދަމު އީރާނުން ވަނީ އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، ގިނަ ޢަދަދެއްގެ ޑްރޯނާއި މިސައިލް ފޮނުވާލާފައެވެ. އިރާނުން ފޮނުވާލި ޑްރޯންތައް ދިމިޝްޤާއި އިރާޤުގެ މަތިން އިސްރާއީލާ ދިމާލަށްދަތުރުކުރަމުން ދާއިރު، އީރާނުންން ފޮނުވާލި ފުރަތަމަ ބެޗުގެ ޑްރޯންތައް މިހާރު ވަނީ އިސްރާއިލުގެ ވައިގެ ސަރަހައްދަށް ވަދެފައެެވެ. އިސްރާއިލުގެ އަޔަން ޑޯމް އިން މިހާރު ބައެއް ޑްރޯންތައް ވައްޓަމުން ދާއިރު، އިސްރާއީލުގެ ބައެއް އަވަށްތަކަށް ޑްރޯންތަކުގެ ހަމަލާތައް އަމާޒުވެފައިވާ މައުލޫމާތު ލިބެއެވެ.

އިސްރާއީލުން އީރާނަށް ދިން ހަމަލާއެއްގައި އެ ޤައުމުގެ ދެ ޖެނެރަލަކު ޝަހީދުވުމުން، އިރާނުން ވަނީ އިސްރާއީލަށް ހަމަލާ ދޭނެކަމުގެ އިންޒާރު ދީފައެވެ. އަދި ބަދަލުގައި އިތުރު ހަމަލާއެއް ދީފި ނަމަ، ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.

ލުބުނާނުގެ ޙިޒްބުﷲ އިންވެސް އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް މިސައިލްތައް ފޮނުވަމުން ދާއިރު، ޔަމަނުންވެސް ވަނީ ގިނަ އަދަދެއްގެ ޑްރޯންތަކެއް އިސްރާއީލާ ދެކޮޅަށް ފޮނުވާލާފައެވެ.

ޙަމަލާ ތަކާ ގުޅިގެން މިހާރު އިސްރާއީލުގައި ވަނީ ކުއްލި ޙާލަތު އިޢުލާން ކޮށްފައެވެ.

ހަނގުރާމައާ ގުޅިގެން އިރާނުގެ ފޮރިން މިނސްޓަރު ވިދާޅުވެފައި ވަނީ އެެމެރިކާއަށް ވާނީ އިންޒާރު ދީފައިކަމަށެވެ.

"ކުރިން ނުދެކޭ ވަރުގެ ރައްދެއް އަހަރެމެން އިސްރާއީލަށް ދޭނަން" 

އީރާނުގެ ޑިފންސް މިނިސްޓަރ ވިދާޅުވިއެވެ.

އެމެރިކާއިން އިސްރާއީލުގެ ދިފާއުގައި ނުކުމެއްޖެ ނަމަ ރަޝިޔާއިންވެސް އީރާނުގެ ދިފާޢުގައި ނުކުންނާނެ ކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ.

އިސްރާއީލުން އަންދާޒާ ކުރި ވަރަށްވުރެ އީރާނުގެ ހަމަލާތައް ވަރުގަދަ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވާއިރު، ގިނަ އަދަދެއްގެ މީހުން ޒަޚަމްވެދާނެކަމަށް ތައްޔާރު ވުމަށްވެސް ނަތަންޔާހޫ ވަނީ ހޮސްޕިޓަލް ތަކަށް އަންގާފައެވެ. މިހާރު އިސްރާއީލުގެ ރައްޔިތުންނަށް ވަނީ ބަންކަަރު ތަކަށް ވަނުމަށްވެސް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި