ދެކުނު ކޮރެއާގެ ބޮޑުވަޒީރު ހަން ޑަކްސޫ
ދުނިޔެ
12 Apr 2024 | 17:06
ދެކުނު ކޮރެއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ބޮޑުވަޒީރު ހަން ޑަކްސޫ އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރު ހަން ޑަކްސޫ އިސްތިއުފާ ދެއްވާފައިވަނީ، ބުދަ ދުވަހު އޮތް ދެކުނު ކޮރެއާގެ މަޖިލީހުގެ އާންމު އިންތިޚާބުގައި އެ ގައުމުގެ އިދިކޮޅު ޕާޓީއިން ބޮޑު އަޣުލަބިއްޔަތެއް ހޯދުމާ ގުޅިގެން ބުރާސްފަތި ދުވަހުގެ ހެނދުނެވެ.

މި އިންތިހާބުން ބަލިވެ ވަޑައިގަތުމުން، ބޮޑުވަޒީރު ހަން ޑަކްސޫގެ އިތުރުންވެސް ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައެވެ. އެގޮތުން ރައީސްގެ ސެކެޓްރީންގެ އިތުރުން ޗީފް އޮފް ސްޓާފާއި ޗީފް އޮފް ސެކިއުރިޓީ ފޯ ޕޮލިސީ، އަދި ވެރިކަން ކުރާ ޕާޓީގެ ރައީސް ހާން ޑޮންގް ހޫން އިސްތިއުފާ އަށް ހުށަހަޅުއްވާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ބުދަ ދުވަހުގެ އިންތިޚާބުގައި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ (ޑީޕީކޭ) އާއި އިދިކޮޅު ކުދި ޕާޓީތައް ގުޅިގެން ވަނީ ގައުމީ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 192 ގޮނޑި ކާމިޔާބު ކޮށްފި އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވައި، ދައުލަތުގެ ގިނަ ކަންކަން ހަމަޔަކަށް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށާއި ގައުމުގެ އިގުތިސޯދާއި އާންމު ދިރިއުޅުން ރަނގަޅު ކުރުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޮލް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި