ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ -- ފޮޓޯ: އެމްޑީޕީ
ހަބަރު
09 Apr 2024 | 23:25
ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގަ ހިންގާ ސިޔާސީ ހަރާކަތްތައް ބޮޑު ތަނުން ވަރުގަދަ ކުރާނަން - އަހުމަދު އީސާ

ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގަ ހިންގާ ސިޔާސީ ހަރާކަތްތައް ކުރިއަށްވުރެް ބޮޑު ތަނުން ވަރުގަދަ ކުރާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކަނޑައަޅުއްވާފައިވާ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

މެންބަރު އަހުމަދު އީސާ މިހެން ވިދާޅުވެފައި ވަނީ ރޭ އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މެންބަރު ވިދާޅުވީ ކުރިއަށް އޮތް ދިހަ ދުވަހު ގިނަ ސިޔާސީ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރޭވިފައި ވާކަމަށާ، ޢީދު ބަންދަށް ފަހު އެމްޑީޕީގެ ޓީމުތައް، ސިޔާސީ ޙަރަކާތްތައް ހިންގުމަށް ދަތުރުފަށާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ 70% ސަރަހައްދުތަކުގައި ސިޔާސީ ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"މި ޕާޓީއިން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގަ ހިންގާ ސިޔާސީ ހަރަކާތްތައް އަޅުގަނޑުމެން ބޮޑުތަކުން ވަރުގަދަ ކުރާނަން. އަޅުގަނޑުމެންގެ ކުރިއަށް އޮތް 10 ދުވަހުގެ ޕްލޭން ހެދި އެ ޕްލޭނާ އެއްކޮށް އަޅުގަނޑުމެންގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ޢީދު ބަންދަށްފަހު ފަށައިގަންނާނަން. އޭގެ މާނައަކީ މާދަމާ ނޫން އަނެއްދުވަހު އަޅުގަނޑުމެންގެ ލީޑަޝިޕް ޓީމުތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގެ ދަތުރުތަކަށް ފަށައިގަންނާނަން." 

އަހުމަދު އީސާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއިން ކެމްޕެއިން ކުރައްވާ ޓީމުތައް ލީޑު ކުރައްވާނީ އެ ޕާޓީގެ އެޑްވައިޒާ، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން، އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު، ކުރީގެ ޗެއަރ ޕާސަން މާރިޔާ ދީދީ އަދި އެމްޑީޕީގެރައީސް އަބްދުﷲ ޝާހިދެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު އަހުމަދު އީސާ ވިދާޅުވީ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ރާއްޖޭގެ 14 އަތޮޅެއްގައި އެމްޑީޕީގެ ލީޑަޝިޕް ޓީމުތައް ހަރަކާތްތެރިވުމަށް ރޭވިފައިވާކަމަށެވެ. އެގޮތުން ޓީމުތައް އުތުރުގެ ހުރިހާ އަތޮޅުތަކެއްގައި ހަރަކާތްތެރިވުމަށް ރާވާފައި ވާއިރު، ދެކުނުން ހަރަކާތްތެރިވުމަށް ރާވާފައި ވަނީ މ. އަތޮޅު، ފ. އަތޮޅު، ދ.އަތޮޅު، ތ.އަތޮޅު، ލ.އަތޮޅު، ގއ.އަތޮޅު އަދި ގދ.އަތޮޅުގައެވެ.

ކެމްޕެއިން ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުން, ދާއިރާތަކުގެ ހުރިހާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު އީސާ ވިދާޅުވިއެވެ. އެގޮތުން ޖަލްސާކުރެއްވުމުން ފަށައިގެން، ޕޯސްޓަރު ހިއްޕުމާއި ޑޯ-ޓު-ޑޯ ކެމްޕޭނުގައިވެސް އެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެކަމަށް މެންބަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.