ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފީއަލީ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި މުބީން ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Apr 2024 | 19:29
އެކި މަރުޙަލާތަކުގައި 19 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް އެބަދޭ: މުބީން

ރާއްޖޭގައި އެކި މަރުހަލާތަކުގައި 19 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފީއައްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

މުބީން ވިދާޅުވީ އިޤްތިސާދީ ގޮތުން މިހާރު ރާއްޖެ އޮތް ޙާލަތުން އެހެން ހާލަތަކަށް ގެންދިއުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް އެބަހުރިކަމަށެވެ. އަދި އޭގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް އޭގެ ނަފާ އެންމެ ބޮޑަށް ކުރާނެ މަޝްރޫޢުތަކަކީ އެއާޕޯޓުތަކުގެ މަޝްރޫޢުތައްކަމަށެވެ.

"އަޅުގަނޑާ އެންމެ ބޮޑަށް ހަވާލުކުރެވިފަ އޮތް މަސްޢޫލިއްޔަތު ކަމަށްވާ ރާޢްޖޭގެ އެކިއެކި ހިސާބުތަކުގައި އަޅުގަނޑުމެންގެ ކުންފުނީގެ ދަށުގަ މިހުރި އެއާޕޯޓުތައް ރަނގަޅަށް ހަރުދަނާކުރުމުގެ ތެރޭގަ ދިވެހިރާއްޖޭގެ ވައިގެމަގުން ރާއްޖޭގެ އެއް ރަށް އަނެއް ރަށަށް މުޅި ރާއްޖެ ގުޅާލުމާ އެއްކޮށް ރާއްޖޭގެ ޓޫރިޒަމް ސެކްޓަރ މިހާރު މި ބަދަލުވެގެން އަންނަ އައުމަށް ރާއްޖެއަށް މިއަންނަ ފަތުރުވެރިންގެ ޢަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެގެން މިއަންނަ އައުމުގެ އާޚިރު ނަތީޖާއަކަށް ވެގެން އަންނާނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އޭގެ ނަފާ ރައްޔިތުންގެ ޖީބާ ހަމައަށް ފޯރިގެން އައުން" 

މުބީން ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގައި 19 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި، ދައުރުގެ މިހާ ކުރީކޮޅު މިފަދަ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ދަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުން އެދޭ މިންވަރަށް ކަންތައްތައް ފަހިކޮށްދިނުމަށް ދެއްވާ އިސްކަމުގެ ސަބަބުން ކަމަށް މުބީން ވިދާޅުވިއެވެ.

މުބީން އިތުރަށް ވިދާޅުވީ ފީއައްޔަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ރަށެއްކަމަށާ، މިރަށުގައި ކުޅިވަރުގެ އެކިއެކި އިންތިޒާމުތައް އެންމެ ރަނގަޅަށް ތަރުތީބުކުރެވިފައި ނެތްކަމަށެވެ. އަދި އެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރާނެކަމަށެވެ.

މީގެ އިތުރުން މިސަރުކާރުން ކުރަމުން އަންނަ، ކައުންސިލްތައް ބާރުވެރިކުރުވުމުގެ މަސައްކަތްތަކަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން އަންނަ މަސައްކަތެއް ކަމަށްވެސް މުބީން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Aug 2026
މިނިސްޓަރު ޝަހީމް ސަޢުދީއަށް ފުރާވަޑައިގެންފި
މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
19 Aug 2026
ނުވަ ދުވަހުގެ ދަތުރުފުޅެއްގައި ޝެއިޚް އަބޫ ތައިމިއްޔާ ރާއްޖެ ވަޑައިގެންފި
މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އެންލައިޓްން" ގެ ނަމުގައި ގެންދާ މި ޕްރޮގްރާމް ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
19 Aug 2026
ޤުރްއާން އެސްއެސްސީ އިމްތިޙާނުގެ ޕައިލެޓް ޓެސްޓު ނޮވެމްބަރުގައި ބާއްވަނީ
ޤުރްއާން އެސްއެސްސީ އިމްތިޙާނު 2027 ގައި ރަސްމީކޮށް ފެށުމަށްޓަކައި މިއަހަރު ނޮވެމްބަރުގައި 10 ސްކޫލެއްގައި ޕައިލެޓް ޓެސްޓެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.
19 Aug 2026
"ހުވަފެނީ ތަސްވީރު" ލަވައިގެ ކިޔުންތެރިޔާ ދިމާކޮށްގެން ހަދިޔާއެއް ހޯދުމުގެ ފުރުސަތު
ލަވައިގެ އަޑުގެ ވެރިޔާއަކީ ކާކުކަން އެނގުމަށް ގިނަ ބަޔަކު ޝައުޤުވެރިވެފައި ތިބި ނަމަވެސް ކްރިއޭޓިވް ނެޓްވޯކުން ބުނާ ގޮތުގައި ލަވަކިޔުންތެރިޔާ އާއި ޕްރޮޖެކްޓާ ބެހޭ އިތުރު މަޢުލޫމާތު ހާމަކުރުމަށް ދެން މާ ގިނަ ދުވަހެއް ނުނަގާނެއެވެ
19 Aug 2026
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން ނުނިންމާ
އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާ ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
19 Aug 2026
އިންޑިއާގެ ސޮވެރިން ކްރެޑިޓް ރޭޓިން ޓްރިޕަލް ބީ މައިނަސްގައި ހިފަހައްޓައިފި
ފިޗުން ބުނެފައިވާ ގޮތުގައި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވި ލޮޅުންތަކާއެކުވެސް، އިންޑިއާގެ އިގްތިސާދީ ކުރިއެރުން ވަނީ ވަރުގަދަކޮށް ހިފެހެއްޓިފައެވެ.
19 Aug 2026
ޑޮލަރުގެ އަގުބޮޑުވާ ޚަބަރު ޝާއިޢުކުރާނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހެއް
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ މަތީ އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ޢާންމުކުރުން ކުށަކަށް ހެދުމަށް ބޭރު ފައިސާއާ ބެހޭ ބިލަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
19 Aug 2026
އެމްއެންޔޫގެ ނުވަ ވަނަ ތެވެލި ކޮންފަރެންސް ފަށައި، ޕްރޮފެސަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެމްއެންޔޫގެ ނުވަ ވަނަ ތެވެލި ކޮންފަރެންސް މެޑަމް ސާޖިދާ ހުޅުވައިދެއްވައި، ޔުނިވަރސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕްރޮފެސަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.