މާލޭގައި ކެމްޕެއިނަށް ދިދަފަތި ދަމާފަ -- ފޮޓޯ: ގެޓީ އިމޭޖްސް
ހަބަރު
15 Apr 2024 | 09:41
ކެނޑިޑޭޓުންނާ ގުޅޭގޮތުން ދޮގު ވާހަކަ ނުފެތުރުމަށް އެްޗްއާރުސީއެމް އިން އިލްތިމާޒުކުރައްވައިފި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި ޕާޓީތަކާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އިލްތިމާސްކޮށްފިއެވެ.

އެޗްއާރްސީއެމުން އިއްޔެ ޢާންމުކުރި ނޫސްބަޔާނުގައި ބުނެފައި ވަނީ އިންތިޚާބުތަކުގައި ތާޢީދު ހޯދުމަށް މަސައްކަތް ކުރުމަކީ އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެނޑިޓޭޓަކަށްވެސް ޤާނޫނު އަސާސީއިން ލިއްބައިދޭ އިންތިޚާބީ ޙައްޤެއް ކަމަށެވެ. އަދި ކޮންމެ ރައްޔިތަކުމެ އިޚްތިޔާރުކުރާ ކެނޑިޑޭޓަކަށް ތާޢީދުކޮށް ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ޤާނޫނު އަސާސީއިން ކޮންމެ ރައްޔިތަކަށްވެސް ލިއްބައިދޭ އަސާސީ ޙައްޤެއްކަމަށެވެ.

އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބާއްވަނަ ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ވަކި ކެންޑިޑޭޓަކަށް ތާޢީދު ހޯދުމަށް ވޯޓަށް ނުފޫޒުފޯރުވުމަށް ކުރާ އެކިކަހަލަ ޢަމަލުތައް މީޑިޔާތަކުންނާއި މީސްމީޑިޔާއިން ލިބެމުންދާތީ އެޗްއާރްސީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވަޒީފާގެ ބިރުދެއްކުން ފަދަ ޢަމަލުތައް ކޮށް ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައިއެވެ.

ހަމަ އެއާއެކު، ކެނޑިޑޭޓުންނާ ގުޅޭގޮތުންނާއި ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ޙަޤީގަތާ ޚިލާފު ދޮގުވާހަކަތައް، ފަތުރަމުންދާކަމަށާޢި ރިޝްވަތު ދިނުމާއި، ވޯޓު ގަނެ ވިއްކުމާއި، ކެމްޕޭނު ހަރަކާތްތަކަށް ހުރަސްއެޅުންފަދަ ކަންކަމުގެ މައުލޫމާތު ލިބެމުން ދާތީ، އެއްވެސް ކެނޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަށް ނުވަތަ އެއްވެސް ފަރުދެއްގެ ވޯޓު ދިނުމުގެ ޙައްޤަށް އުނިކަމެއް އަތުވެދާނެ ކަންކަމާ ދުރުހެލިވުމަށް އެޗްއާރުސީއެމް އިން ވަނީ އިއްޔެ ނެރުނު ބަޔާނުގައި އިލްތިމާޒުކުރައްވާފައެވެ.

މީގެ އިތުރުން އެޗްއާރްސީއެމް އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދުވަސް ކުޑަތަންވެފައިވާ ހިނދުގައި ރިވެތި އަޚްލާޤާއި އުސޫލުތައް މަތީ ދެމިތިބެ، މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކާ އެއްބާރުލުން ދިނުމަށް އެދިލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭގޮތުގައި، ހަވާ އެރުވުން އޮންނާނީ މިރޭ 22:00 ހާއިރު ހުޅުމާލޭގެ އިރުމަތީ ފަރާތުގައެވެ. މި ހަރަކާތް ގާތްގަނޑަކަށް 3 މިނެޓުގެ ވަގުތަކަށް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
03 Jul 2026
ޕެނަލްޓީ ޖެހުމުގެ ކުރީން ރޮނަލްޑޯ ދެފަހަރު "ބިސްމި" ކި؟
ޕެނަލްޓީ ޖެހުމުގެ ސިކުންތުކޮޅެއް ކުރިން ރޮނަލްޑޯ އަމިއްލަ ނަފްސާ ވާހަކަދައްކަނިކޮށް ފެނުނުއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އެވަގުތު ދެ ފަހަރަށް ކިޔާފައިވަނީ "ބިސްމިިالله" އެވެ.
03 Jul 2026
ޚާމަނާއީގެ ޖަނާޒާގައި ދަރިކަލުން ބައިވެރިވެވަޑައެއް ނުގަންނަވާނެ: ރިޕޯޓް
އިންޑިއާގައި ހުންނަވާ އާޔަތުالله ޚާމަނާއީގެ މަންދޫބު، އާޔަތުالله ޙަކީމް އިލާހީއާ ހަވާލާދީ "އޭއެންއައި" ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދެމުންދާ އިންޒާރުތަކާއި ފާރަލުންތަކުގެ ސަބަބުން، މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ ނުރައްކާތެރި ކަމެކެވެ.
03 Jul 2026
ދަރިވަރުން ސްކޫލަށް ހާޒިރު ނުވުމުގައި ޒިންމާ ނަގާނީ ކޮން ބައެއް؟
އުނގެނުމާއި، އަޚުލާޤާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ދަރިވަރުންގެ ކާމިޔާބީ އަށްޓަކައި ޤަވަޢިދުން ސްކޫލަށް ޙާޒިރުވުމަކީ ނުހަނު މުހިންމު ކަމެކެވެ. ދަރިވަރުން ޤަވައިދުން ސްކޫލަށް ޙާޒިރުނުވާނަމަ، އޭގެ ނޭދެވޭ އަސަރުކުރަމުން ދަނީ ހަމައެކަނި އެ ދަރިވަރަށް އެކަންޏެއް ނޫނެވެ
03 Jul 2026
ކޮރްއޭޝިއާ ބަލިކޮށް ޕޯޗްގަލް ގަދަ 16 އަށް
މެޗު ނިމެން ދަނިކޮށް ފަހުވަގުތު ކޮރްއޭޝިއާއިން ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް، ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ
03 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކޮށްފި
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
02 Jul 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދި އިލްތިމާސްއެއް
ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި، ފުރައްސާރަ ރައްދުވާފަދަ ބަހުރުވަ ބޭނުންކޮށް، އެފަރާތްތައް މުޖުތަމައުއިން އެކަހެރިކުރުވާފަދަ އަމަލުތައް ސޯޝަލް މީޑިއާގެ މަންސަހުތަކުގައި ދައުރުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"