ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
ހަބަރު
12 Apr 2024 | 21:03
ލ.އަތޮޅުގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން ޕިކްނިކް އައިލެންޑެއް ތަރައްޤީކުރާނަން: ވަޒީރު ފައިސަލް

ލ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހަދަން ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ލ. ގަމުގައި ބޭއްވި ޖަލްސާގައި ވަޒީރު ފައިސަލް ވިދާޅުވީ ލ.އަތޮޅުގެ ތަރައްގީއަށް މި ސަރުކާރުން ވަރަށް ގިނަ ޕްރޮޖެކްޓުތަކެއް ރާވާފައިވާ ކަމަށާއި، ސަރުކާރުން ވި ވަޢުދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ. އެގޮތުން ލ.އަތޮޅުގެ ރައްޔިތުން ބޭނުން ކުރުމަށާއި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ޕިކްނިކް އައިލެންޑެއް ހަދަން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނެވި ލ.އަތޮޅުގަވެސް ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްގޮތަށް ޕިކްނިކް އައިލެންޑެއް އަޅުގަނޑުމެން ތަރައްޤީ ކުރާނަން. އެ އައިލެންޑަކީ މިތަނުގަ ދިރިއުޅޭ، ލ.އަތޮޅުގެ ރައްޔިތުންގެ ބޭނުމަށާ އަދި މިތާގަ ލޯކަލް ޓޫރިޒަމް ގެސްޓްހައުސްތައް ހިންގާ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަކަށް ހަަމަ ޖެހި އުސޫލުތަކުގެ ތެރެއިން އަޅުގަނޑުމެން އެކަން ފަހިކޮށްދޭންނަން." 

ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވިއެވެ.

ޕިކްނިކް އައިލެންޑްގެ އިތުރުންވެސް ގިނަ ޕްރޮޖެކްޓު ތަކެއް ލ.އަތޮޅުގައި ހިންގަން ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ވިޒިޓާ އިކޮނޮމީ ކައުންސިލުން މިހާރު ފާސްކޮށްފައިވާ ހެރިޓޭޖް ޕްރޮޖެކްޓް ލ.އަތޮޅުގައި ވެސް ހިންގާނެ ކަމަށް ވަޒީރު ވިދާޅުވިއިރު ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ގަމުގައި ހިންގަން ނިންމާފައިވާ 700 އެނދުގެ އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑު ޔަޤީންކުރަނީ އަދި ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ މި ފަސް އަހަރު ނިމޭއިރު އެންމެ މަދުވެގެން ވަން އައިލެންޑް ކޮންސެޕްޓުގެ 4 ރިސޯޓު ލ.އަތޮޅުގައި ތަރއްޤީކުރުން. އެ މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން." 

މިއަދު ގަމުގައި ބޭއްވި ޖަލްސާގައި ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވިއެވެ.

ވަޒީރު ފައިސަލް އިތުރަށް ވިދާޅުވީ، ލ.އަތޮޅުގެ ޓޫރިޒަމަށް އިންވެސްޓްކުރަން ބޭނުންވާ ވަރަށް ގިނަ އިންވެސްޓަރުން އެބަ ތިބި ކަމަށާއި، އެ ފަރާތްތަކާ އެކު ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.