އިސްރާއީލުގެ ފޮރިންމިނިސްޓަރ ކަޓްޒް - ފޮޓޯ: ޔޮނަޓަން ސިންޑަލް/ފްލެޝް90)
ހަބަރު
17 Apr 2024 | 23:13
އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިސްރާއީލުން ގިނަ ޤައުމުތަކެއްގައި އެދިއްޖެ

އިސްރާއީލުން އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައިފިއެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރު ކަޓްޒް އަންގާރަ ދުވަހު ވިދާޅުވީ 32 ގައުމަކާ ގުޅިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެދިފައިވާ ކަމަށެވެ. އެގޮތުން އީރާނުގެ މިސައިލް މަޝްރޫއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އިއުލާން ކުރުމަށް ގޮވާލާފައިވާކަމަށް ވެސް ކަޓްޒް ބުންޏެވެ.

"މިސައިލްތަކާއި ޔޫއޭވީތައް ޖެހުމަށް އަސްކަރީ ރައްދު ދިނުމާ އެކު އަޅުގަނޑު މިދަނީ އީރާނާ ދެކޮޅަށް ޑިޕްލޮމެޓިކް ހަމަލާއެއް ލީޑް ކުރަމުން،" 

އެކްސްގައި ކެޓްޒް ވިދާޅުވި އެވެ.

އިސްރާއީލުން މި ފިޔަވަޅު އެޅުމަށް ގޮވާލަނީ އީރާނުން ހޮނިހިރު ދުވަހު އިސްރާއީލަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އީރާނުން ދިން 99 އިންސައްތަ ހަމަލާތައް އެކި ޤައުމުތަކުގެ އެހީގައި ހުއްޓުވުނު ކަމަށާއި ލިބުނު ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ދެކުނުގައި ހުރި އަސްކަރީ މަރުކަޒެއް ހިމެނޭ ގޮތަށް ކުދިކުދި ގެއްލުންތައް ލިބުނުކަމަށް އިސްރާއީލން ވަނީ ބުނެފައެވެ.

އީރާނުން ހޮނިހިރު ދުވަހު 300 އަށް ވުރެ ގިނަ ޑްރޯން އާއި ކްރޫޒް މިސައިލް އަދި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިސްރާއީލަށް ދިން ހަމަލާތަކަކީ ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އިސްރާއީލުން ސީރިއާއަށް ދިން ހަމަލާގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރުޖީސީ) ގެ ޤުދުސް ފޯސްގެ ދެ ކޮމާންޑަރުން ހިމެނޭ ގޮތަށް 13 މީހުން ޝަހީދު ވިއެވެ.

ކޮމެންޓް
ކޮރަކަލި
ޓެރިސްޓުންނަކީ ކޮންބައެއްކަ މުޅިދުނިއަށް ހާމަވެގެން ހިގަެއްޖެ އެބައިގަޑަކީ ޒަޔަނިސްުޔޫދީނާއި އެބައޮގަޑައް އެހީތެރި ވާމީހުން
18 Apr 2024
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ