ރައްޔިތުންގެ މަޖިލީހުގެ ރައީސް, މުހައްމަދު އަސްލަމް --- ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ހަބަރު
13 Apr 2024 | 17:23
އަސްލަމް އަންނަނީ ކޯޓުތަކަށް ނުފޫޒު ފޯރުވަމުން - މިނިސްޓަރ ޝިޔާމު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް، ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ދާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ، މި މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް، އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި އަސްލަމްދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ކެމްޕެއިން ޖަލްސާގައި އަސްލަމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވުމުން ދޭހަ ވަނީ ސަރުކާރުން އެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވައި އަތް ބާނަމުންދާ މިންވަރު ކަމަށެވެ.

ޔާމީންގެ ޝަރީއަތެއް އެންމެ ފަހުން ބޭއްވީ މީގެ ހަތަރު މަސް ދުވަސް ކުރިން ކަމަށާއި، ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އައްޑޫގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި އަސްލަމް ވަނީ ޔާމީން އިސްވެ އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބާއްވަން ކުރި މަސައްކަތަށްވެސް ސަރުކާރުން ހުރަސް އެޅި ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

އަސްލަމަށް ރައްދު ދެއްވަމުން، ވަޒީރު ޝިޔާމު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްލަމް އެއިރުވެސް އަދި މިހާރުވެސް ހުންނެވީ ޖޭއެސްސީ ޙިޞާރުކޮށްގެން ކޯޓުތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ. އަދި 21 އޭޕްރީލްގައި އެކަން ނިމުމަކަށް ގެންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަސްލަމު ޖަލްސާގައި ދެއްކެވި ވާހަކައަކަށް ޝުޖާއުވެސް ވަނީ އެކްސްގައި ރައްދު ދެއްވާފައެވެ. ޝުޖާއު ވިދާޅުވެފައިވަނީ ޔާމީންގެ މައްޗައް އިއްވާފައިވާ ޙުކުމުގެ މައްސަލައިގައި، އެމްޑީޕީގެ ސަރުކާރުގައި އަސްލަމާ ވެސް ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ދުވަހު އަސްލަމް ވިދާޅުވީ، ޔާމީން އޮންނަން ޖެހޭނީ ޖަލުގައި ކަމަށާއި މިނިވަނެއް ނުކުރެވޭނެ ކަމަށް ވިދާޅުވި ކަމަށެވެ.

ޔާމީނުގެ ޝަރީއަތާ ގުޅިގެން މައްސަލަ ބަލާ ހައިކޯޓުން އެންމެ ފަހުންވިދާޅުވެފައިވަނީ، ކޯޓުގައި ހުރި ގިނަ މައްސަލަތަކުގެ ތެރެއިން، ޔާމީނުގެ ޝަރީޢަތް ލަސްވަމުންދާ ކަމަށް ކޯޓުން ނުދެކޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.