ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Apr 2024 | 21:11
ގަމުން ދޫކުރު ގޯތިތައް ބޮޑުކުރުމުގެ ހުއްދަ ދޭނަން - ރައީސް މުޢިއްޒު

ލ. ގަމުން 2019 ވަނަ އަހަރު ދޫކުރި ގޯތިތަކުގެ ސައިޒް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ލ.ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުގައި ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން، ވިދާޅުވީ 2019 ވަނަ އަހަރު ދޫކޮށްފަައިވާ ގޯތިތަކުގެ ޖާގަ ކުޑަވުމަކީ ގަމުގެ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އެގޯތިތަކުގެ ޖާގަ ބޮޑުކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ލ. ގަމުގެ ހުސްބިންތަކުން 2،000 އަކަފޫޓުގެ 400 ގޯތި ދޫކޮށްފައެވެ. ގޯތި ލިބުނު ގިނަ މީހުން، ގޯތި ކުޑަކަމަށް ބުނެ ކައުންސިލަށް ޝަކުވާ ހުށަހެޅުމުން، ގޯތި ބޮޑުކޮށްދިނުމަށް އެދި ޕްލޭނިން މިނިސްޓްރީއަށްވެސް ހުށަހެޅިއެވެ. ނަމަވެސް މައްސަލައަށް ޙައްލެއް ނުލިބި، ލ.ގަމު ރައްޔިތުންވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި މުޒާހަރާވެސް ކޮށްފައެވެ.

"އެންމެ މުހިންމު ކަމަކީ ހަމަ ހުރިހާ ރައްޔިތުންނަށްވެސް ގެދޮރުވެރިކަން. މިހާރު ފެށިފައިވާ މަޝްރޫއަކުންނެއް ނުފުދޭނެ. ސަތޭކަ ހައުސިން ޔުނިޓު ނޫނިއްޔާމު ސަތޭކަ ގެއަކީ އެއީ އެއްވެސް ވަރަކަށް ފުދޭ މިންވަރެއް ނޫން. އެހެންވީމަ އަޅުގަނޑު ވަޢުދު ވީ ފަދައިން ހަމަ އެކަން ކުރިއަށް ގެންދާނަން."

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަލްސާގައި ރައީސް ވިދާޅުވީ ހައްދުންމައްޗަކީ އެންމެކުރީންސުރެވެސް ތަރައްގީ ނުވެ އޮތް ތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރައްވާނެ ކަމަށެވެ. އެގޮތުން ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލް ގަމުގައި ޤާއިމްކުރައްވާނެކަމަށާއި، ގަން ރީޖަނަލް ހޮސްޕިޓަލް އަޕްގްރޭޑުކުރުމާއެކު ގަމަކީ ޞިއްޙީގޮތުން ވަރުގަދަ ނާރެހަކަށް ހައްދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.