އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަމަالله ކައިރީގައި އޮންނަ މުޣައްޔިރު އަވަށުގައި ގެއްލިގެން ހޯދަމުންދާ އިސްރާއީލުގެ ފުރާވަރުގެ ކުއްޖަކު ހޯދުމުގެ މަސައްކަތުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކާއި ވޮލަންޓިއަރުން ބައިވެރިވަނީ --- ފޮޓޯ: ޖާފަރު އަޝްތިއްޔާ/އޭއެފްޕީ
ދުނިޔެ
13 Apr 2024 | 18:34
އިސްރާއީލުން ކުއްޖަކު ގެއްލިގެން ފަލަސްތީނުގެ އަވަށެއްގައި ހަމަނުޖެހުން ހިންގާ އެކަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ކުއްޖަކު ގެއްލިގެން ފަލަސްތީނުގެ އަވަށެއްގައި ހަމަނުޖެހުން ހިންގާ އެކަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ހުކުރު ދުވަހު ގެއްލުނު އިސްރާއީލުގެ 14 އަހަރުގެ ކުއްޖަކު ހޯދުމަށް އެތައް ސަތޭކަ ވޮލަންޓިއަރުންނެއް ފުލުހުންނާއި އިސްރާއީލުގެ ސިފައިންނާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ފުލުހުންނާއި އިސްރާއިޅުގެ ބައެއް ޢާންމު ރައްޔިތުން ވަނީ ރަމަﷲ ކައިރީގައި އޮންނަ އަލް މުޣައްޔިރު އަވަށަށް ވަދެ، ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަނީ ބޮޑު ހަމަ ނުޖެހުންތަކެއް ހިންގާފައެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އަލް މުޣައްޔިރު އަވަށުން ހަމަނުޖެހުން ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އިސްރާއީލު ފުލުހުންނާއި ޢާންމު ރައްޔިތުން ވަނީ، ފަލަސްތީނުގެ ބައެއް މީހުން ޒަޚަމްކޮށްފައި ކަމަށް ފަލަސްތީނުގެ ވަފާ ނޫސް އެޖެންސީން ބުނެއެވެ. އެގޮތުން މިހާތަނަށް 25 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޒަޚަމްކޮށްލާފައިވާއިރު އެކަކު ވަނީ ޝަހީދު ކޮށްލާފައެވެ.

ނިރުބަވެރި އިސްރާއީލުން އަލް މުޣައްޔިރު އަވަށުގައި ހިންގި ހަމަނުޖެހުންތަކުގައި ޝަހީދުކޮށްލާފައިވަނީ ޢުމުރުން 26 އަހަރުގެ ޖިހާދް އަލް އަލިޔާ ނަމަކަށް ކިޔުނު ޒުވާނެކެވެ. މި ޒުވާނާ ޝަހީދުކޮށްލާފައިވަނީ ބަޑި ޖަހާފައެވެ. ބަޑި ޖެހީ އިސްރާއިލު ސިފައިންކަމެއް ނުވަތަ ހަމަނުޖެހުން ހިންގި ޢާންމު ރައްޔިތުން ކަމެއް ސާފެއް ނުވެއެވެ.

އިސްރާއީލު ސިފައިން ވަނީ ޝަހީދުވި މީހާގެ ހަށިގަނޑު އޭނާގެ އުފަން ރަށަށް ގެންދިޔަ ކޮންވޯއީއަށް ބަޑިޖަހާ، އާއިލާއަށް، ޖަނާޒާއެއް ބާއްވަންވެސް ހުރަސް އަޅާފައެވެ.

އިސްރާއީލުގެ ޢަންމު ރައްޔިތުން ވަނީ، ފަލަސްތީނުގެ އަލްމުޣައްޔިރުގެ އިތުރުން ދޫމާއާއި، ރަމަالله އަދި ނަބްލޫސްގެ އިރުދެކުނުގެ އެހެން ރަށްތަކަށް ވެސް ހަމަލާދީފަ އެވެ. ދޫމާގައި އިސްރާއީލު ސިފައިން ބަލަން ތިއްބާ، އިސްރާއީލު މީހުން، ބައެއް ގެތަކާއި ކާރުތަކުގައި އަލިފާން ރޯކޮށްފައިވާ ކަމަށް އެ ސަރަހައްދުގެ މީހުން އަލްޖަޒީރާއަށް ކިޔައިދިނެވެ. އަދި ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި މަދުވެގެން އަށް މީހެއްގެ ގައިގައިވަނީ އަލިފާންވެސް ޖެހާފައެވެ.

ގެއްލިގެން ހޯދަމުންދިޔަ އުމުރުން 14 އަހަރުގެ އިސްރާއީލު ކުއްޖާގެ ހަށިގަނޑު މަރާލާފައި އޮއްވާ، ދޫމާއިން ފެނިފައިވާކަމަށް އިސްރާއީލު ސިފައިން ވަނީ ރިޕޯޓުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ